ޑިމޮކްރެޓުންގެ ރިޔާސީ ކްނޑިޑޭޓް އިލްޔާސް ލަބީބް ރައީސް ނަޝީދު އާއިއެކު ގދ. ގައްދޫގައި

ހަބަރު

ހުވަދޫގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވާ އޭގެ މަންފާ އަތޮޅަށާއި ރާއްޖެއަށް ލިބެމުންދާތަނެއް ނުފެނޭ: ކެންޑިޑޭޓު އިލްޔާސް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޯގަސްޓު 2023 , ހޮނިހިރު 10:32   302

ހުވަދު އަތޮޅުގައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭ ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަން އެދެވޭ ގޮތެއްގައި ކުރިއަރުވާ އެ ސިނާއަތްތަކުން ލިބެންޖެހޭ ހަގީގީ މަންފާ މިހާރު ލިބެމުންދާ މަންޒަރު ނުފެންނަ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް ޕާޓީއިން މިހާރު ކުރިއަށް ގެންދާ ރިޔާސީ ކެމްޕޭނުގައި މިރޭ ގދ. ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް އިތުރަށް ވިދާޅުވީ ހުވަދޫއަކީ އެ ދެ ސިނާއަތުގައިވެސް ރާއްޖޭގައި ގުނާލެވޭ އަތޮޅެއް ކަމަށެވެ.

އަޅުގަނޑުމެން މުޅި ހުވަދޫއަށް ބަލާއިރު ފެންނަނީ މުސްތަގުބަލު އުޖާލާ އަތޮޅެއްގެ ގޮތުގައި، ގއ. ވެސް ގދ. ވެސް، މި އަތޮޅަކީ ޓޫރިޒަމަށް ފައްކާވެފަ އޮތް އަތޮޅެއް، މި އަތޮޅަކީ ދަނޑުވެރިކަން ކުރިއަރުވައިފި ނަމަ އެކަމުގެ މަންފާ މުޅި އަތޮޅަށް އަދި މި ސަރަހައްދުގައި ހުރި ޓޫރިސްޓު ފެސިލިޓީތަކާއި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި އަތޮޅެއް، މި އަތޮޅަކީ ރާއްޖޭގެ އެންމެ ވަރުގަދަ މަސްވެރިން ތިބި އަތޮޅު

~ އިލްޔާސް ލަބީބް

ނަމަވެސް އެ ސިނާއަތްތަކަށް އެދެވޭ އަޅާލުމެއް ސަރުކާރުތަކުން ނުދޭކަން އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މަހުގެ އެންމެ ދަށް އަގަކީ 25 ރުފިޔާ ކަމުގައި ކަނޑައެޅުމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރެއްވި އެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ރާއްޖެއިން ބާނާ މަސް އެކި ގޮތްގޮތަށް ތައްޔާރުކޮށް ނުވަތަ ޕްރޮސެސް ކުރުމަށްފަހު އެކްސްޕޯޓްކުރާނަމަ 10 އިންސައްތަ އިތުރު އަގެއް ލިބޭނެ ކަމަށެވެ. އަދި، މި ޕާޓީގެ ސަރުކާރެއްގައި އެކަން އެގޮތަށް ކުރިއެރުވުމަށް ގައްދޫގައި ގޭދޮށު މަސް ޕްލާންޓް [ފެކްޓަރީ] އެއް އެޅުމަށް އިލްޔާސް ވައުދުވެވަޑައިގެންނެވި އެވެ.

ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މިހާރު ހުވަދޫގައި ހުންނެވިއިރު، ކެންޑިޑޭޓާއި ޓީމު އެ އަތޮޅަށް ގޮސްފައިމިވަނީ ފުވައްމަލަށް ސިޓީއަށް ކުރި ކެމްޕޭން ދަތުރަށްފަހު އެވެ.

މިލިޔުމާއި ގުޅޭ

ފޮޓޯތައް

ރިޔާސީ އިންތިޚާބު 2023 (އެންމެ ފަސް)

ޓެގްސް: އިލްޔާސް ލަބީބް ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.