ރިޔާސީ އިންތިޚާބުގައި ވާދަކުރާ 8 ކެންޑިޑޭޓުން

ހަބަރު

ރިޔާސީ އިންތިޚާބު 2023 (އެންމެ ފަސް)

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ސެޕްޓެންބަރ 2023 , ބުރާސްފަތި 09:55   8746

ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބު ބޭއްވޭނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިޚާބެވެ. ޖުމްލަ 8 ކެންޑިޑޭޓަކު މިއިންތިޚާބުގައި ވާދަކުރެއެވެ.

މިއިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތުހަމަވީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު، 6 ސިޔާސީ ޕާޓީއަކާއި އަމިއްލަ 2 ކެންޑިޑޭޓުންނާއިއެކު ޖުމްލަ 8 ކެންޑިޑޭޓުން މި އިންތިޚާބަށް ކުރިމަތި ލާފައިވެއެވެ.

މިއިންތިޚާބުގައި 604 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި 65 ރިސޯޓަކާއި 5 ޤައުމެއް ވެސް ހިމެނެއެވެ.

މިއިންތިޚާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށް އިލެކްޝަންސް އިން ގެޒެޓްކޮށްފައިވާ ވޯޓާސް ލިސްޓުގައި ވެއެވެ. އޭގެ ތެރެއިން 27،006 މީހަކީ މުޅިން އަލަށް ވޯޓުލާ މީހުންނެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވީ 262،135 މީހަކަށެވެ.

އެންމެފަހުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބްރާހިމް މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ދެ ބޭފުޅުންގެ ވޯޓުގެ ފަރަޤު ހުރީ 38،653 ގައެވެ.

___________________________________________________

ވާދަކުރާ ކެންޑިޑޭޓުން

(1) މޯލްޑިވިއަން ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)

ކެންޑިޑޭޓް : އިބްރާހިމް މުޙައްމަދު ސޯލިޙް

ރަނިންގ މޭޓް : މުޙައްމަދު އަސްލަމް (އައްޑޫސިޓީ/ ހިތަދޫ އުތުރު ދާއިރާ)

(2) ދަ ޑިމޮކްރެޓްސް

ކެންޑިޑޭޓް : އިލްޔާސް ލަބީބް

ރަނިންގ މޭޓް : ހުސެން އަމްރު (ކުރީގެ އެސްޓީއޯ އެމްޑީ)

(3) ޕީއެންސީ

ކެންޑިޑޭޓް : ޑރ. މުޙައްމަދު މުޢިއްޒު

ރަނިންގ މޭޓް : ހުސައިން މުހައްމަދު ލަތީފް (ސެންބެ/ ފަރެސްމާތޮޑާ މެމްބަރ)

(4) ޖުމްހޫރީ ޕާޓީ

ކެންޑިޑޭޓް : ޤާސިމް އިބްރާހިމް

ރަނިންގ މޭޓް : އަމީން އިބްރާހިމް (ނައިބު ލީޑަރ)

(5) އެމްއެންޕީ

ކެންޑިޑޭޓް : މުޙައްމަދު ނާޒިމް (ކާނަލް)

ރަނިންގ މޭޓް : ޑރ. އަހުމަދު އަދީލް ނަސީރު (އައްޑޫ ސިޓީ)

(6) އަމިއްލަގޮތުން

ކެންޑިޑޭޓް : ފާރިސް މައުމޫން

ރަނިންގ މޭޓް : ޑރ. އަބްދުއް ސައްތާރު ޔޫސުފް (ސިއްޙީ ދާއިރާގައި އުޅުއްވި)

(7) އަމިއްލަގޮތުން

ކެންޑިޑޭޓް : އުމަރު ނަސީރު

ރަނިންގ މޭޓް : އަހުމަދު ސަލީމް (މާޒް ސަލީމް)

(8) އަމިއްލަގޮތުން

ކެންޑިޑޭޓް : ހަސަން ޒަމީލް (ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު)

ރަނިންގ މޭޓް : މަރިޔަމް އަލީ (އަނބި ކަނބަލުން)

___________________________________________________

ސޯޝަލްމީޑިއާ (އިތުރަށް ވިދާޅުވުމަށް) ...

___________________________________________________

ޚުލާސާކޮށް މިއަދު

  • ރައީސް ނަޝީދާއި ކެންޑިޑޭޓް އިލްޔާސް އައްޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައިފި
  • ކޯނީ ރިޕޯޓޭ ވިދާޅުވެ އަޅުގަނޑުމެންނަށް ބިރުދައްކަވަން އުޅުއްވާނެ ކަމެއް ނެތް - ނާޒިމް
  • ފެނާއި ކަރަންޓު ހިދުމަތުގެ އަގު ވިޔަފާރިތަކާއި ގޭބިސީތަކުގައި ފަރަގެއް ނުގެންގުޅޭނަން - ގާސިމް
  • މުއިއްޒު ވަށާލާފައި ތިބީ ޑިމޮކްރަސީ އާއި ވޯޓާ ގަބޫލު ނުކުރާ ބައެއް - މާރިޔާ
  • މި ސަރުކާރުގެ ބޭކާރު ޚަރަދުތައް އެތައް ގުނައަކަށް ގިނަ، އަދިވެސް ދަނީ ފައިސާ ޗާޕުކުރަމުން - މުއިއްޒު
  • ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަންތައް ފަހި ނުކުރެވުމަކީވެސް ދެވޭ އަނިޔާއެއް – އަދީލް
  • ރައީސް ސޯލިހް ނޫން ގޮތެއް ހޯދާއިރު އެގޮތަކީ ޕީޕީއެމެއް ނޫން، ގާސިމް - އަލީ ވަހީދު
  • ކޮންމެ 3 މަހަކުން ރިސޯޓް މުވައްޒަފުންނަށް ކުޑަ ޗުއްޓީއެއް ލިބޭގޮތް ހަމަޖައްސައިދޭނަން - މުޢިއްޒު
  • މި ސަރުކާރުގައި ގޯތި ލިބުނު އެއްވެސް ރައްޔިތެއްގެ އަތުން ގޯތި އަތުނުލާނަން - މުޢިއްޒު
  • އެމްޑީޕީގައި މިފަހަރު މެނިފެސްޓޯގެ ބަދަލުގައި އޮތީ ކޮންކްރީޓް މެޝިނެއް - ނަޝީދު
  • މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ މެންބަރު ޒަމީރުގެ ތާއީދު ޑރ.މުއިއްޒަށް

___________________________________________________

ޚުލާސާކޮށް އިއްޔެ

  • ރައީސް ސޯލިޙް އައްޑޫއަށް ވަޑައިގެންފި
  • އިލްޔާސް އާއި ރައީސް ނަޝީދު އައްޑޫ އަށް
  • ޔާމީނާ ބައްދަލުކުރުމުގެ އަޑުތައް ފާރިސް ދޮގެއް ނުކުރެއްވި
  • ކުރުސީގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި
  • ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ރާނިޔާވެސް ކެންޕޭނަށް ނިކުމެވަޑައިގެންފި
  • ހިޔާލު ތަފާތުވިޔަސް އަޅުގަނޑަށް ވޯޓު ދެއްވާ - ރައީސް ޞާލިޙް
  • ޕީޕީއެމްއަކީ މާޒީ، އެދެނީ ފާރިސްއަށް ވޯޓުދެއްވުމަށް - މައުމޫން
  • އަޅުގަނޑުގެ ވައުދުތައް ސަރުކާރުން ދަނީ ކޮޕީ ކުރަމުން – މުއިއްޒު
  • ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރިވެފައިވާކަން ގަބޫލުފުޅު ކުރަށްވައި ފާރިސް މައާފަށް އެދިވަޑައިގެންފި

___________________________________________________

ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބުކުރެވިފައިވާ ގޮތް

___________________________________________________

އިއްޔެގެ ކުރިއަށް [ޚުލާޞާކޮށް]

  • ފުވައްމުލަކު ބަނދަރު ތަރައްޤީނުވެ އޮތުމަކީ ބޮޑު އިހުމާލެއް - ޤާސިމް
  • ފަށާފައިހުރި މަޝްރޫޢުތައް ހުއްޓާނުލާ ބާރަށް ކުރިއަށްގެންގޮސް ނިންމާނަން - މުޢިއްޒު
  • މެޑަމް ފާތުންގެ ފެނިލުން، ރައީސް ޔާމީން މިނިވަން ކުރުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް - ޝިޔާމް
  • "ރައީސް ޔާމީން ދޫކޮށްލަން" ގޮވާލާ ބޭއްވި އެއްވުމުގައި ރައީސް ނަޝީދާއި މެޑަމް ފާތުން އެކުގައި ބައިވެރިވެވަޑައިގެންފި
  • ތަރައްގީއަށްވުރެ ޤައުމުގެ އަމިއްލަވަންތަކަން މާ މުހިއްމު - މުއިއްޒު
  • "ވެރިކަން ހޯދައިދެވުނީ މި ވަރުގެ ހިޔާނާތްތެރިންނަށް ކަމެއް ނޭނގެ" - ޤާސިމް
  • ވަޢުދުތައް ނުފުއްދާތީ ކުޅުދުއްފުށީގައި އިދިކޮޅުން އަޑު އުފުލައިފި
  • ކޯނީ ރިޕޯޓް ގެއްލިއްޖެ ކަމަށް ރައީސް ވިދާޅުވިއިރު، އެރިޕޯޓު ވެބްސައިޓްގައި އެބައޮތް
  • ކޮންމެ ސަރަޙައްދެއް ކުރިއެރުވުމަށް ތަސައްވުރެއް އެބައޮތް - އިލްޔާސް
  • ދެފުށްކެހެރިއަކަށް ނުވާނަން, ރައީސް ދޫކޮށެއް ނުލާނަން - ސިޔާމް
  • އިމްރާން ހުރީ މަޤާމަށްޓަކައި ދީން ވިއްކާލައިގެން, ހުރީ މުރުތައްދުވެފައި - އަދުރޭ
  • ގާސިމްގެ ވެރިކަމުގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000ރ. ގެ އާމްދަނީއެއް ލިބޭނެ - އަމީން
  • ރައީސް ޔާމީން ފާރިޝްއާއި ބައްދަލެެއް ނުކުރައްވާ - ޕީޕީއެމް
  • ރިޔާސީބަހުސް ބާއްވައިފި
  • ރާއްޖެ ވަންނަ ޑޮލަރުގެ 60 ޕަސެންޓް ބޭންކުތަކަށް މާރުކުރާ ގޮތަށް ހަދާނަން: ނާޒިމް
  • ބޯހިޔާވަހިކަމުގެ މައްސަލާގައި ކެންޑިޑޭޓުން ބޮޑު ބަހުސަކަށް
  • ކެމްޕޭނަށް ނާޒިމާއި ޓީމް ގދ. އަތޮޅަށް ފުރާވަޑައިގެންފި
  • ރާއްޖޭގައި މިހާރު އޮތީ ނާމާންކަން، އެކަން ބަދަލުކުރެވޭނީ ޑިމޮކްރެޓުންނަށް - އިލްޔާސް
  • ސްކޫލް ނިންމާ ފިރެހެން ކުދިން ދޮޅު އަހަރު ސިފައިންގޭގައި ޚިދުމަތްކުރުން މަޖުބޫރު ކުރާނަން - ޢުމަރު
  • ސްކޫލް ނިންމާ ފިރެހެން ކުދިން ދޮޅު އަހަރު ސިފައިންގޭގައި ޚިދުމަތްކުރުން މަޖުބޫރު ކުރާނަން - ޢުމަރު
  • ރައީސަކު ވިޔަސް، ކުށެއް ކުރައްވައިފިނަމަ، އަދަބު ދޭނަން - މުއިއްޒު
  • ރާއްޖޭގައި ބޭރު ސިފައިންގެ ބާރެއް ނޯންނާނެ - އިލްޔާސް
  • އާސަންދަ އުވާލައި ދެފުއްފެންނަ އައު އިންޝިއުރަންސް ނިޒާމެއް ތަޢާރަފްކުރާނަން - ފާރިސް
  • ރައީސް މަޢުމޫނާއި އިބްރާހީމް ނާސިރުގެ ޚާރިޖީ ސިޔާސަތު ވަރަށް ކަމުދޭ - ޤާސިމް
  • އަޅުގަނޑުމެންވީ އިންޑިޔާ ފަސްޓް ޕޮލިސީ ދޫކޮށްލަން - އުމަރު
  • ކަންމަތީ ފިހާރަތަކުން ނެގޭ ޓެކްސް ކަނޑާލާނަން - އިލްޔާސް
  • 130،000 ވޯޓު ކަށަވަރު ކޮށްފިން - ‏ރައީސް ޞާލިޙު
  • ބިދޭސީ ކުންފުނިތަކަކުން މުއިއްޒަށް ގިނަ އަދަދެއްގެ ފައިސާ!
  • އެމްޑީޕީގެ ފިކުރު ބަދަލެއްނުވޭ، ވަކިވީ ވަންހަނާ ފިކުރެއް - އަސްލަމް
  • ބްރިޖަށް އިތުރު ދެ ލޭން، ރޭލު ތައާރަފުކުރަނަން - ރައީސް ސާލިޙް
  • ނުހެދި ހުރި ރިސޯޓްތައް ހަދަން އެހީތެރިވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް - ގާސިމް
  • ޑޭޓާ ބަލަހައްޓަނީ އަޅުގަނޑު، %56 އަށް ވުރެ މަތިން ރައީސަށް ވޯޓު ލިބޭނެ: ފައްޔާޒް
  • ރަށްރަށަށް ފޮނުވާ ފުލުހުންނަށް ވެސް ވޯޓުލެވޭނެ
  • އެމްޑީޕީ ޖަލްސާ ނުނިމެނީސް މީހުން ފުރަން ގޮސްފި
  • މުއިއްޒު އުޅުއްވަނީ ޔާމީން ހިމާޔަތް ކުރަން، ރައްޔިތުންނަށް ވެރިކަން ކުރާކަށް ނޫން: ގާސިމް
  • މި ސަރުކާރުން އެކަށަހެޅީ އާސަންދައާއެކު ސަލާންޖެހުމުގެ ސަޤާފަތެއް: އިލްޔާސް
  • އެއްބަނޑު އެއްބަފާ ބޭފުޅުންގެ ތާއީދަކަށް ނޭދެން، ގުޅުމަށް އަސަރެއް ނުކުރޭ - ފާރިސް
  • ޗައިނާއާ ރާއްޖެއާ ކުރިން އޮތް ގާތް ގުޅުން ބާއްވާނަން - މުއިއްޒު
  • އުފާވެރި އަމާން ރާއްޖެއެއް ނޫން "ދަރަނި ރާއްޖެއެއް" - ޢަލީ ވަޙީދު
  • ސަރަހައްދީ އާބާދީ ސެންޓަރުތައް ހެދުމަށް ސިޔާސަތެއް ހުށަހަޅަނީ ހަމައެކަނި ނާޒިމް - ދުންޔާ
  • ދީނަށް ލޯބިކުރާ ކޮންމެ މީހަކު އެމްޑީޕީއަށް ވާނީ ހަރުކަށި ފިކުރުގެ މީހަކަށް - އަދުރޭ
  • 8000 މީހުންގެ އާބާދީއެއް އޮތް ތިނަދޫއަށް ސިޓީ ދަރަޖަ ދެއްވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވެއްޖެ
  • މުއިއްޒުގެ ވެރިކަމެއްގައި ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުވާނެކަމަށް ވިދާޅުވެއްޖެ
  • ބަހުސް ކެންސަލް ކޮށްފައިވަނީ ކަނޑައެޅިގެން ރައީސް ޞާލިހް ނުފޫޒު ފޯރުވައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ
  • ދަރަނި ދަންތުރަ އިން ގައުމު ސަލާމަތްކޮށް ދޭނަން - މުޢިއްޒު
  • މާލޭގެ ސަރަހައްދުގެ ސުކޫލުތަކުގެ 500 އެއްހާ ޓީޗަރުން ރިޓަމެންޓާއި ދެކޮޅަށް ޕެޓިޝަނެއް އަނެއްކާވެސް ހުށަހަޅައިފި
  • ރައީސް ސޯލިޙް ރިޔާސީ ބަހުސްކުރަން ބޭނުންފުޅުވެއްޖެ، ފަސްކުރުމަށް ޑިމޮކްރެޓުންގެ ރުހުމެއް ނެތް
  • އަޅުގަނޑުގެ ވެރިކަމެއްގައި ސިޓީތަކެއް ސިއްރެއް ނުވާނެ، ވަގުތުން ނޫހުގައި ޖަހައިދޭނަން - ގާސިމް
  • ރައީސް ޞޯލިޙް އުޅުއްވަނީ ހަމަނުޖެހުން އުފައްދަން، އެޖާގަ ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ
  • ޚިޔާލު ތަފާތުވާނަމަ ހަމަ ނުޖެހުން އުފެދޭނެކަމަށް ރައީސް ސޯލިޙް ވިދާޅުވެއްޖެ
  • 10 މެމްބަރުންނާއި އެކު ކޯރަމް ހަމަނުވެ މިއަފުގެ ޖަލްސާ ވެސް ކެންސަލް
  • ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ބާރު އަޅަމުންދާކަމަށް އެމްއެންޕީ އިން ބުނެ މައްސަލަ ހުށަހަޅައިފި
  • އުމަރު ފިޔަވައި ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފި
  • އުމަރަށް
  • އެންމެ 13 މެމްބަރުން، ކޯރަމް ހަމަ ނުވުމުން މިއަދުގެ މަޖިލިސް ޖަލްސާ ވެސް ނުބޭއްވުނު
  • އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާ ދޭނަން - ޤާސިމް
  • 55 އަހަރުވުމުން ރިޓަޔާކުރާ މީހުންނަށް އެލެވެންސެއް ދޭނަން - އަމީން/ޖޭޕީ
  • ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ހުއްޓުވަން އިލްޔާސް ވަޢުދުވެވަޑައިގެންފި
  • އިންތިއާއި އާޒިމް ހޯމަ ދުވަހު އައްޑޫއަށް
  • ވެށިފަހި މާލެ ވިޝަން ލޯންޗިން 27 އޯގަސްޓުގެ ރޭ ބްރިޖްވިއު ޕްލެޓްފޯމުގައި
  • ގިނަބައެއްގެ ފާޑުކިޔުމަށްފަހު، ރައީސް ސޯލިޙް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެއްޖެ
  • އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ކަނޑާލާނަން - ޢުމަރު
  • މަޖިލީހުގެ 3 ވަނަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ
  • ޤާސިމްގެ ވެސް ސިޔާސަތަކީ އިންޑިއާ އިސްކުރުން
  • ދަރަނި ނެގުމުގައި ދޭ މީހާ ދިނަސް، ކާމީހާ ކާންވާނީ ބަލައިގެން - ޤާސިމް
  • މިފަހަރުގެ އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވޭ
  • ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތް ކުރައްވަނީ ނާޖާއިޒު މަންފާ ހޯދުމުގެ ބޭނުމުގައި - ޢަލީ ހުސެން
  • މެމްބަރުން ގަނެގެން ގެންދެވި ނަމަވެސް އެ ގެންދެވެނީ ހަމައެކަނި މެމްބަރު ކަމަށާއި އެމެންބަރުގެ އާއިލާގެ ވޯޓު ވެސް ލިބޭނެ ކަމާ މެދު ޝައްކު - ރައީސް ނަޝީދު
  • ނާޒިމް ގއ. އަތޮޅަށް ވަޑައިގެންފި
  • ގާނޫނު އަސާސީގައި ދެ ވަނަ ރިޔާސީ ދައުރަކަށް އެއްވެސް މީހަކަށް ކުރިމަތިނުލެވޭ ގޮތަށް ބަދަލުކުރަންޖެހޭ - ޤާސިމް
  • ޑިމޮކްރެޓުން ފަންޑް ރެއިޒް ކުރުމުގެ މަސައްކަތް ފަށައިފި
  • ހަސަން އަފީފު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނެއްކާވެސް ދެއްވައިފި
  • ޤައުމާއި ރައްޔިތުންގެ މިނިވަންކަމާމެދު ވިސްނާ ފިކުރުކޮށް ވޯޓުދެއްވާ - މަސީޙް
  • ރައީސް ޞާލިޙް ތ. އަތޮޅަށް ވަޑައިގެންފި
  • ބޭންކުން ގެއްލޭ ފަރުދުންގެ ފައިސާގެ ޒިންމާ ބޭންކުން ނަގަން ޖެހޭނެ - އަމީން/ޖޭޕީ
  • ވޯޓު ކަރުދާސް ޗާޕުކޮށް ނިންމައި، ޗެކްކޮށް، ޕެކްކުރަން ފަށައިފި
  • ހިޔާ ކުންފުނި ފްލެޓްތަކުގެ މަޝްރޫޢު އަލުން ކުރިއަށްގެންދާނަން - މުޢިއްޒު
  • ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފި
  • ވަކި ގައުމަކަށް ހާއްސަކަމެއް ނުދޭނަން - މުއިއްޒު
  • ފުވައްމުލަކަށް ވަޑައިގަތުމުން މުއިއްޒަށް މަރުހަބާ ކިޔަން ފެހި ކުލަ ބޭނުންކުރުމުން ސަރުކާރު ފަޅިން މައްސަލަ ޖައްސައިފި
  • ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙު އެންމެ ބޮޑު ނަތީޖާ އެއް ހޯއްދަވަނީ މާލޭ ސިޓީން - މޫސާ މަނިކު
  • ގޯއްޗާއި ފުލެޓް ލިބޭނީ ރައީސް ސޯލިހްގެ ސަރުކާރު ދެމެހެއްޓުމުން - ފޭދޫ މެމްބަރު ނިހާދު
  • ރައީސް ނަޝީދުގެ އެދިލެެއްވުމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
  • ރާއްޖޭގައި ކޮރަޕްޝަން އޮތީ ހައްދުފަހަނަ އަޅާފައި - ރައީސް ވަޙީދު
  • ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށް ހަބަރު ފެތުރޭއިރު ދިވެހިރާއްޖޭގައި އިންޑިއާ ރުޕީސް ބޭނުން ކުރަން މަގުފަހިކުރަން ސަރުކާރުން މަސައްކަތް ފަށައިފި
  • ބޭރު ގައުމަކުން ނަގާފައިވާ ބޮޑު ލޯނަކާހުރެ ގައުމުގެ މިނިވަންކަމަށް މިވަނީ ބުރޫއަރާފައި - މުޣުނީ
  • ކިތަންމެ ވަރެއްކުރިޔަސް އިންޑިޔާ ސިފައިން ރާއްޖޭގައި ނެތްކަމަކަށް ނުވާނެ - ޢަލީ ހުސެން
  • ޤާސިމް ރާއްޖޭގެ އުތުރުގެ ތިން އަތޮޅަކަށް (ހދ، ށ، އަދި ނ. އަތޮޅަށް)
  • ރައީސް ޞާލިޙް ގެންދަވަނީ ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލީހުގެ މެމްބަރުންނާއި އެހެން މީހުންނަށްވެސް ރިޝްވަތު ދެއްވަމުން - ރައީސް ނަޝީދު
  • ގެ ހެދީ ލޯނު ނަގައިގެން - މުޢިއްޒު
  • ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމުގައި ބަހައްޓަން އިންޑިއާއިން ބޭނުންވާ - ޤާސިމް
  • ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވެސް ބައިވެރިވެވަޑައިނުގަތުމަށް ރައީސް ޞާލިޙު ނިންމަވައިފި
  • މަކަރު ހަދައި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ފުލުހުންގެ އެދުމަކަށް އަލްހާންގެ ޕާސްޕޯޓް ހިފަހައްޓައިފި
  • ވޯޓާސް ލިސްޓުތަކުގައި އަދި ގިނަ ކެންޑިޑޭޓުން ސޮއިކުރަން ނުފަށާ
  • ކޮންމެ ރަށެއްގެ ބަނދަރުމަތީ މިސްކިތެއް ބިނާކޮށްދޭނަން - ޤާސިމް
  • އިބޫގެ ސަރުކާރު ގެންނަން ކުރި މަސައްކަތުގެ ނަތީޖާއަކީ ބޮޅެއް - އަމީން
  • ވޯޓުގެ ކުރިން ފައިސާގައި ހިފައި، ފަހުން މިނިވަންކަމުގެ ވާހަކަ ދައްކަން ކެރިގެން ނުވާނެ - މުޢިއްޒު
  • ފިތުނަ ނުފަތުރާ، އެމްޑީޕީ އަކީ އެހާ ފަސޭހައިން ރޫޅޭނެ ޕާޓީ އެއް ނޫން - އަސްލަމް
  • އިންޑިއާ އިން އެކަނި 3 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ ނަގާފައި
  • ރައީސް ސޯލިޙް ވެފައިވާ ވަޢުދުތަކުގެ އެއްވެސް އަސާސެއް ނެތް - ނަވާޒް/ ޖޭޕީ
  • ޔާމީނަކީ އިނޮސަންޓް ބޭބީއެއް ނޫން - ގާސިމް
  • އަނާރާ އާއި ޝޭޚް ޝަހީމުގެ ތާޢީދު މުޢިއްޒު އަށް
  • ދަރުބާރުގެ ކުރިމަތީގައި ކެމްޕޭން ފޮތި ދެމުން މަނާކޮށްފި
  • ޤައުމަށް ބޭނުންވަނީ އިޚްލާޞްތެރި ޒުވާނުން - ހުކުރު ޚުތުބާ
  • ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން - ގާސިމް
  • މުއިއްޒު ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގެކޮޅު 15 ބުރިއަށް އުފުލާފައި - ގާސިމް
  • ޔާމީނު ޖަލުގައި އޮތީ ކުށެއް ނުކޮށެއް ނޫން - ގާސިމް
  • އެފްކޮންސް އަށް ކަނޑުގެ ބްރިޖެއް ނޭޅޭނެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި
  • ރާއްޖޭގައި ބޭރު ސިފައިން ތިބޭ ކަމަށް ދައްކާ ވާހަކަތަކަކީ "ބުހުތާނު ދޮގެއް" - ރައީސް ސޯލިޙް
  • އަޅުގަނޑުގެ ވެރިކަމެއްގައި ޒަކާތް ނުދައްކާ ފަރާތްތަކަށް އަދަބުދޭނަން - ޒަމީލް
  • ރިޔާސީ ބަހުސްގެ ދަޢުވަތު މުޢިއްޒު ޤަބޫލުކުރައްވައިފި
  • މަޝްރޫޢުތައް ހުރީ އަންނަނީގައި - އަދުރޭ
  • އެންމެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކަށް އެމަނިކުފާނަކީ ކާޅެއް، އަނެއް ޕާޓީއަށް ބާޒެއް ކަމަށް ވަޙީދު ވިދާޅުވެއްޖެ
  • މުޒާހަރާތަކުގައި ނުހައްގުން ވާނުވާ ބަންދުގައި ބޭއްތިބި މީހުންގެ އަދަދު 600 އަށްވުރެ ގިނަ، ބައިތިއްބާ ގިނަ މީހުންނަށް ބަދަލުވެސް ނުދޭ - ޢަލީ ހުސެން
  • ގައުމު ހަވާލުކުރިއިރު އޮތް 45،000 އަކަ ކިލޯ މީޓަރު ގެއްލުވާލީމަ މިއީ ހިޔާނާތެއްނޫންތަ؟ - ޢަލީ ހުސެން
  • ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުން ދުވަހަށް ފަސްކޮށްފި
  • ޑްރަގާ ދެކޮޅު ސިޔާސަތަކީ އެހެން އެއްވެސް ކެންޑިޑޭޓަކަށް ގެންގުޅެން ކެރޭނެ ސިޔާސަތެއް ނޫން - ޢުމަރު
  • އައްޑޫ ވައުދުނާމާގައި 40 ވައުދެއް ހިމެނޭއިރު، އެއިން ކޮންމެ ސުވާލަކަށް ޖަވާބު ރައްޔިތުންނަށް ދޭން ޖެހޭނީ އެކަންނުވެގެން "ނޫން" ޖަވާބު އެކަނި - އެމްއެންޕީގެ ރަނިންގ މޭޓް އަދީލް
  • މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 27.6 ބިލިއަން ރުފިޔާއަށް އަރައިފި (20 އިންތަ އިތުރު)
  • ފްލެޓު ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިތުރު 7 ދުވަސް ދީފި
  • ޕާކިން ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް މުޢިއްޒު ވަޢުދުވެވަޑައިގެންފި
  • ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން މާދަމާއިން ފެށިގެން 27ގެ ނިޔަލަށް
  • މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމުން ފުރައްސާރަކުރާތީ ވަޙީދު ނުރުހުން ފާޅުކުރައްވައިފި
  • މިރޭ 8 ޖަހާއިރު މާފަންނު ސޯޝަލް ސެންޓަރުގައި އެމްޑީޕީއިން އިވެންޓެއް ބާއްވަނީ
  • ބައިހޯދަން ނުދާކަމަށް ވިދާޅުވެ ގާސިމް ރައީސަށް ރައްދުދެއްވައިފި
  • ރައީސް އަށް ޓެކްސްގެ ކަންތައް ހިނގާ ގޮތް ނޭނގޭ - ރައީސް ނަޝީދު
  • ފަސް އަހަރުން މަގެއް ނުހެދުނު ބަޔަކަށް އެޅޭނީ ކޮން އެއާޕޯޓެއް - އަދުރޭ
  • ނަހުލާ މަގާމުން ވަކިކުރިޔަސް މައްސަލައެއް ނެތް - ޤާސިމް
  • ނަހުލާ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ - ޤާސިމް
  • ވަޙީދު އަށް ރިޔާސީ ޓިކެޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް - އަދުރޭ
  • މަޑުމައިތިރި، މަޑުން ހިނގާ ވެރިން ހޮވައިގެން، ޤައުމަށް ހާސިލުވީކަމެއް ނެތް - ޢުމަރު
  • އިންތިޚާބާއި ކައިރިކޮށް ބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް ސަރުކާރުން ސިޔާސަތަށް ބަދަލު ގެނެސްފި
  • ރާއްޖޭގެ ސިފައިންނަށް ނުވަދެވޭ ބައެއް ތަންތަން ރާއްޖޭގައި ހުރި ކަމަށް އަޑު އިވިވަޑައިގަންނަވާ - ޤާސިމް
  • އިންޑިއާގެ ސިފައިން ބައިތިއްބާފަ އޮތީ ކޯލީޝަން އާއި މަޝްވަރާކުރުމެއް ނެތި - ޤާސިމް
  • ބަހުސްގައި ބައިވެރިނުވާން ރައީސް އުޒުރު ދައްކާވާތީ ޑިމޮކްރެޓުންގެ ސްޕޯކްސްޕާސަން އިމްތިޔާޒް ކަންބޮޑުވުން ފާޅުކުރައްވައިފި
  • ވިޔަފާރިއެއް ފަށަން ހުށައަޅަތާ 15 ދުވަހުގެ ތެރޭގައި ހުއްދަދީ، މަލީ އެހީދޭނަން - އިލްޔާސް
  • ނާޒިމްގެ ސަރުކާރެއްގައި 3000 ލީޓަރު ފެނާ 100 ޔުނިޓު ކަރަންޓު ހިލޭދޭނެކަމަށް ވިދާޅުވެއްޖެ
  • އިންޑިއާ އިން ގައުމުގެ މިނިވަންކަމާއި ބެހި މިހާރު ކުޅެމުންއެދަނީ ދިވެހިންގެ ލެޔާ - އަލީ ހުސެއިން
  • ދެވަނަ ބުރަކަށް ދާން ނުޖެހޭނެކަމަށާއި އެކަމާއި ނުވިސްނުމަށް އެމްޑީޕީގެ މެމްބަރުންނަށް ރައީސް ސޯލިޙް އިލްތިމާސްކުރައްވައިފި
  • ޔާމީންގެ މައްސަލައިގެ އަޑުއެހުން ކެންސަލް
  • އޭސީސީ ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައި
  • މަޖިލީހުގެ މެމްބަރުންގެ ޢަދަދު އިތުރުވަމުން ދާދިއުން ހުއްޓުވާނަން - ރައީސް ސޯލިޙް
  • މުޢިއްޒު އައްޑޫ އިން ނޫނު އަތޮޅަށް ދަތުރުފައްޓަވައިފި
  • ނާޒިމްގެ ޖަލްސާ މިރޭ އައްޑޫގައި
  • ވެހިން މިއަދު ތިބީ ލޯނެއްގެ އަޅުވެތިކަމުގެ ދަށުގައި - ޤާސިމްގެ ރަނިންމޭޓް އަމީން
  • ރައީސް ސޯލިހު، 182 ރަށުގެތެރެއިން 102 ރަށަށް ޒިޔާރަތް ކުރައްވައިފި ކަމަށް އެމްޑީޕީއިން ބުނެފި
  • ރިޔާސީ ކެންޑިޑޭޓުންގެތެރެއިން ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވެފައިވާއިރު ބާކީ އޮތް ދެ ހަފްތާ ތެރޭގައި 80 ރަށަކަށް ދަތުރުކުރައްވަން ޖެހޭ
  • ކޮއްކޯފުޅު ފާރީސް ދޫކުރައްވައި، ޔުމްނާ މައުމޫން ރައީސް ސޯލިޙް އާއިއެކު ނިކުންނަވައިފި
  • ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ދޭން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި
  • ހަނިމާދޫ އެއާޕޯޓު އިންޑިއާ އަތުން އަތުލާނެ - ޤާސިމް
  • އަޅުގަނޑުގެ ވެރިކަމެއްގައި ނަގާ ލޯނު ހޭދަކުރާނީ އާމްދަނީ ލިބޭނެ މަގުތައް ހޯދަން - ޤާސިމް
  • ވެރިކަން ލިބިއްޖެނަމަ ހދ. އަތޮޅުގައި މަދުވެގެން 5 ރިސޯޓު ހަދާނަން - ޤާސިމް
  • ޑިމޮކްރެސްޓް ސަރުކާރެއްގައި އިކޮނޮކިމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ތަމްސީލްކުރައްވާނީ އައްޑޫ ބޭފުޅުން - އެމްޕީ އަހުމަދު ރަޝީދު
  • ރައީސް ސޯލިހުގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަނބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި
  • ހިތަދުއާއި ހުޅުމީދޫ ބްރިޖުން ގުޅާލުމުގެ މަޝްރޫޢު ޙަގީޤަތަކަށް ހަދާނަން - މުޢިއްޒު
  • އުޅެއުޅެ މިސަރުކާރަކަށް ބްރިޖެއް ނޭޅުނު - މުޢިއްޒު
  • ރާއްޖެ އަޮތީ އަޅުވެތިވެފައި - މުނައްވަރު
  • އައްޑޫ ރައްޔިތުން އުފާކޮށްދޭނަން - މުޢިއްޒު
  • މެމްބަރު ސިރާޖުގެ އެމްޑީޕީ ދޫކޮށް މުޢިއްޒު އާއިއެކު
  • ނާޒިމް 22 އޯގަސްޓުގައި އައްޑޫއަށް ވަޑައިގަންނަވަނީ
  • އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ޔާމިން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަ - ޤާސިމް
  • ޢަމްރު، މުއިއްޒު، އަސްލަމް އައްޑޫގައި ދޮރުން ދޮރަށް
  • ކަޅުބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް
  • އުތުރާއި ދެކުނުގައި އާބަން ސެންޓަރުތައް ޤާއިމްކުރާނަން - ނާޒިމް
  • ރިޔާސީ ބަހުސްގައި ރައީސް ފެންނާނީ ވަގުތު އޮތްނަމަކަމަށް މާރިޔާ ވިދާޅުވެއްޖެ
  • ގްރީން ޓެކްސްގެ %50 އަތޮޅު ކައުންސިލްތަކަށް ލިބޭގޮތް ހަދާނަން - އިލްޔާސް
  • މިއީ ބޮޑު މުސީބާތެއް ކަހަލަ ސަރުކާރެއް، ވެރިކަން ދަމަހައްޓަން ކުރަންޖެހޭކަމެއް ނޯންނާނެ - ޤާސިމް
  • ގަން އެއަރޕޯޓުން މުޢިއްޒު އަދި އަމްރު އަށް މަރުޙަބާ ދަންނަވައިފި
  • ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރުކުރާނަން - މުޢިއްޒު
  • އަޅުގަނޑެކޭ އެއްފަދައިން ދިވެހި ރައްޔިތުން ކުރިއަރައިދިއުން އެދެން - ޤާސިމް
  • އަމްރު، އިންތި، އަދި ސިއްޕެ 21 އޯގަސްޓުގައި އައްޑޫއަށް، އެރޭ ހިތަދޫގައި ބައްދަލުވުމެއް ބާއްވަނީ
  • މުއިއްޒު 21 އޯގަސްޓުގައި އައްޑު އަށް ވަޑައިގެން ހިތަދޫގައި ޖަލްސާއެއް ބާއްވަނީ
  • އެމްޑީޕީގެ ރަނިންމޭޓް އަސްލަމް 21 އޯގަސްޓުގައި އައްޑޫއަށް
  • އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް 22 އޯގަސްޓުގައި އައްޑޫއަށް
  • ޕާޓީތަކުގެ މެމްބަރުން ކަށަވަރު ނުވާތީ ކޮމިޓީތައް އެކުލަވާނުލެވި ޖަލްސާ ނިންމާލައިފި
  • ރައީސް ސޯލިޙް ބ.ފުޅަދޫގައި
  • މުޢިއްޒު އަށް އެދުވަހު ނުކުރެވުނު ކަމެއް ދެންވެސް ނުކުރެވޭނެ - ރައީސް ޞޯލިޙް
  • މޫސާ ސިރާޖު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންފި
  • ރައީސް ސޯލިހާ ގުޅޭ އެންމެ ހިތާމަވެރި ކަމަކީ ދައުރުގެ މެދުން އިންތިހާބެއް ބާއްވާނެ ކަމަށް ވައުދުވެ މެނިފެސްޓޯގައި ލިޔެ އެކަން ނުކުރެއްވުން
  • ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބަޔަކަށް ބާރު ހިންގިގެން ނުވާނެ - މުޢިއްޒު
  • ޖަމިއްޔާތަކުން ސިޔާސީ މަސައްކަތް ނުކުރުމަށް އިމްރާން ގޮވާލައްވައިފި
  • މުއިއްޒަކީ ވެސް ޔާމީންގެ އަނިޔާވެރިކަމުގެ ބައިވެރިއެއް - މާރިޔާ
  • ފުޅަދޫ ފަޅުގައި ރިސޯޓެއް ހަދަން ހުޅުވާލުމަށް - ރައީސް ސޯލިޙް
  • ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ކުދި ރަށްތައް ލިބޭނީ ލިސްޓުގެ އެންމެ ފުލުގައި - ޢަބްދުއްﷲ ޝާހިދު
  • ގޯތި ލިބުނު މީހުންނަށް ގެދޮރޮ އަޅައިދޭނަން - މުޢިއްޒު
  • ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާނަން - މުއިއްޒު
  • ހިޔާ ލިސްޓުން އުނިކުރި އެންމެންނަށް ފްލެޓް ދޭނަން - މުޢިއްޒު
  • މުއިއްޒުގެ މެނިފެސްޓޯ ގައި 3 ފަޅެއް ހިއްކައި، 20 އަހަރުން 65،000 ގެދޮރު
  • ރައީސް ސޯލިހާއި ދެވަނަ ބުރެއްގައި ނުގުޅޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ
  • މުނައްވަރު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމައިފި
  • އަސްލަމް، މުޢިއްޒު ހޯމަ ދުވަހު އައްޑޫއަށް
  • ޙައްޤުބަސް ބުނާތީ ކޮންމެ ފަހަރަކު ލިބެނީ ނިކަމެތިކަން - ޤާސިމް
  • ވަޒީފާ ނުލިބެނީސް ސްޓޫޑަންޓު ލޯނު ދައްކާކަށް ނުޖެހޭނެ - އިލްޔާސް
  • މުޢިއްޒުގެ ވާހަކަ ދައްކަނީ ޗެލެންޖަކަށް ވެގެނެއް ނޫން - މާރިޔާ
  • ރައީސް ކުރައްވަނީ ސާފު ކެމްޕެއިނެއް، ޔާމީނަށް ވީހެން ނުވާނެ - މާރިއާ
  • ރައީސް ޞޯލިޙް އާލާސްކަންފުޅާ، ކެމްޕޭން މަޑުޖެހިފައި
  • އިލްޔާސް އާއިއެކު ޑިމޮކްރެޓުން ނ. އަތޮޅަށް
  • މުޢިއްޒުގެ މެނިފެސްޓޯ އިފްތިތާހުކުރުން މިރޭ [20 އޯގަސްޓް]
  • ރިޔާސީ އިންތިހާބުގައި ބޭރުގެ 143 އޮބްޒާވަރުންނާއި 22 މޮނީޓަރުން ބައިވެރިވާނެ
  • ފާރިސް ކ.އަތޮޅުގެ ރަށްތަކުގައި ކެމްޕޭނުގައި
  • ގިނަ ހުށަހެޅުންތަކަކާއި އެކު، ނާޒިމްގެ ތަރައްޤީގެ ޕްލޭން ޢާއްމުކޮށްފި
  • ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް އެއާކޮންޑިޝަން ކޮށްދޭނަން - ޤާސިމް
  • އަތޮޅުތަކުގައި ޑޮލަރު އޭޓީއެމް ޚިދުމަތް ފަށާނަން - މުޢިއްޒު
  • ކޮވިޑުގެ ތެރޭގައި ދިޔަ ދުވަސްތަކުގައި މި ސަރުކާރުން ގެއްލުވާލި އެތައް ސަތޭކަ މިލިއަން ރުފިޔާއަށް ވީގޮތް އަދިވެސް ކިޔާނުދެވޭ - މުޢިއްޒު
  • ގެ އަޅަން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ޕްރޮގްރާމެއް ހިންގާނަން - އިލްޔާސް
  • ހަމައެކަނި އާބަންކޯގެ ދަރަނިވެސް ނިސްބަތުން ލަންކާގެ ދަރަންޏަށްވުރެ ބޮޑު - އަލީ ހުސެއިން
  • ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރަށް ޙަމަލާ ދީފި
  • މުއިއްޒު ކާފު އަތޮޅު ގުރައިދޫއަށް ވަޑައިގަތުމުން އެމްޑީޕީ ސަޕޯޓަރުން މާރާމާރީ ހިންގައިފި، އެކަކު ހައްޔަރުކޮށްފި
  • ރައީސް އަދިވެސް އުޅުއްވަނީ އާލާސްކަންފުޅާ - މާރިޔާ
  • ވ. އަތޮޅުގައި ޕިކްނިކް ގޮސް އުޅެވޭނެ ރަށެއް ޤާއިމުކޮށް ދޭނަން - މުއިއްޒު
  • ވަކި ގައުމަކުން ކޮންމެހެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ރައީސް ކަމަށް އިންތިހާބު ކުރަން ކޮންމެހެން ބޭނުންވޭ - ޤާސިމް
  • ޕްރައިމަރީން ޕީއެޗްޑީއަށް ހިލޭ ކިޔަވައިދެވޭ ގޮތް ހަދާދޭނަން - ނާޒިމް
  • މަސް ގަންނަ އެންމެ ކުޑަ އަގަކީ 20 ރުފިޔާ ކަމަށް ހަދާނަން - މުއިއްޒު
  • ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުން ސަރުކާރުން ބޭރުބަޔަކާ ހަވާލުކޮށްފައި - ވަޙީދު
  • އަދުރޭ ވިދާޅުވަނީ ޓިކެޓް ހޯދަން ވަހީދު "އައީ ބާޒެއް ހެން" - އަދުރޭ
  • މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހޮނިހިރު ދުވަހުގެރޭ އައްޑު އަށް
  • ކެމްޕޭނަށް ހުރަސްއެޅުން ބަލައެއް ނުގަނެވޭ - އިމްރާން
  • ރަފިއްޔާއަށް އެ ޕާޓީގެ ކައުންސިލް މެމްބަރަކު ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
  • ސިވިލް ކޯޓް ފަޅާލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި
  • ރިޔާސީ އިންތިހާބު އެއްވެސް ބަޔަކަށް އެއްބުރަކުން ނުނިންމޭނެ - އަލީ ވަހީދު
  • ޔާމީންގެ ދިފާއުގައި ވަޙީދު ކުރެއްވި އެއްވެސް ކަމެއް ނެތް - އަދުރޭ
  • ހުޅުމާލެއިން ހިއްކަން އުޅޭކަމަށް ބުނާ ފަޅުގެ ސަރަޙައްދު އޮތީ ސިޓީކައުންސިލްގެ ދަށުގައި - މުޢިއްޒު
  • ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތަކަށް މާލީ އެހީދޭނެ ނިޒާމެއް ގާއިމް ކުރާނަން - ފާރިސް
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު، ހޮނިހިރު ދުވަހު ގެޒެޓްގައާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރާނެ
  • ރިޔާސީ ޓިކެޓް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިން - ވަޙީދު
  • ފަސް އަހަރުތެރޭ 1،000 ފަގީރުން ހައްޖަށް ފޮނުވާނަން - މުޢިއްޒު
  • ގުރުއާން ހިތުދަސްކުރާ ގައިދީންނަށް އަދަބު ލުއިކޮށް މައާފުކުރަން އުސޫލެއްއެކުލަވާލާނަން - ޤާސިމް
  • 6،000 ޓޫރިސްޓު އެނދު އުތުރުގައި އަޅާނަން - ޤާސިމް
  • ޤާސިމް ބޮޑުތިލަދުންމަތީގައި
  • ޖީއެސްޓީ %3އަށް ކުޑަކުރާނަން - ފާރިސް
  • ބޮޑު ތިލަދުންމަތީގައި ޓޫރިޒަމަށް އިންވެސްޓްކުރާނަމަ 3އަހަރު ޓީޖީއެސްޓީ މަޢާފްކޮށްދޭނަން - އިލްޔާސް
  • އާދީއްތަ ދުވަހު މުޢިއްޒުގެ މެނިފެސްޓޯ އިޢްލާންކުރުން ހުޅުމާލޭގައި
  • ޕީއެސްއެމް ރިޔާސީ ބަހުސް ސެޕްޓެމްބަރު 1 ގައި
  • ރާއްޖެއިން ލޯނު ނަގަނީ ނުދެއްކޭނެ މިންވަރަށް - ޤާސިމް
  • މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރަކަށް ރުކުމާ
  • ހުޅުމާލޭގައި އާއްމުން ގެތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހަދައިފި
  • ދިއްދޫ ސިޓީއަކަށް ހަދައިދޭނަން - އިލްޔާސް
  • ކޮންމެ ތަނަކުންވެސް ބޭސްފަރުވާކުރެވޭނެ އިންޝިއުރަންސް ކާޑެއް ތަޢާރަފްކުރާނަން - ނާޒިމް
  • ޓުރިޒަމް މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ސްކީމެއް ތަޢާރަފްކުރާނަން - މުޢިއްޒު
  • ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކުރައްވާނެކަމށް މުޢިއްޒު ވިދާޅުވުމުން ރިސޯޓު މުވައްޒަފުން ނުރުހުން ފާޅުކޮށްފި
  • ކިހާދޫ ކައުންސިލް އެމްޑީޕީއަށް އެއްކޮށް ގެއްލިއްޖެ
  • ކެމްޕެއިންގައި ޤާސިމް ހދ. އަދި ށ.އަތޮޅަށް
  • ޔާމީނުގެ ބަންދުގެ ޝަކުވާ ޕީޕީއެމުން އީޔޫމަންދޫންނަށް ހުށަހަޅައިފި
  • ޔާމީންގެ ޝަރީއަތުގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތްބާނާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
  • ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ވަޒީރަކަށް އަރާމު ނުކުރެވޭނެ ކަމަށާއި އުޅެންޖެހޭނީ މަސައްކަތުގައި - އިލްޔާސް
  • މާދަމާ ޤާސިމް ބޮޑު ތިލަދުންމައްޗަށް
  • މުޢިއްޒަކީ ބޯވައެއްހެން ކުލަ ބަދަލުކުރައްވާ ބޭފުޅެއް: މާރިޔާ
  • އެޖްރިކަލްޗަރަލް ކޮލެޖެއް އުފައްދާނަން - ޖޭޕީ
  • ޖޭޕީގެ މެނިފެސްޓޯ ގައި ޢުމުރުން ދުވަސްވީ މީހުންގެ ޢިނާޔަތް 7000ރ އަށް
  • ޔާމީންގެ އަނިޔާވެރިކަމަށް އަނބުރާ ނުދެވޭނެ - ޔުމްނާ
  • އާލާސްކަންފުޅާ އުޅުއްވާތީ ދަތުރުތައް ކެންސަލްކޮށް ރައީސް މާލެއަށް
  • ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިޙް އއ. އަތޮޅަށް ވަޑައިގެންފި
  • މުއިއްޒު އަކީ އުފެދުމުގައި ވެސް އިޚްލާޞްތެރިއެއްކަމަށް އަދުރޭ ވިދާޅުވެއްޖެ
  • ސަރުކާރުގެ އިޖްތިމާޢީ ސަޔާސަތު ހާމަކޮށްފި
  • އަތޮޅުތަކުގެ ފްލެޓުގެ ކުލި 2000ރ އަށް ކުޑަކުރާނަން - ނާޒިމް
  • ދިރާސީ އާއަހަރުގެ ފެށުން ޖެނުއަރީ އަށް ބަދަލުކުރާނަން - މުއިއްޒު
  • ހަމަޖެހުން ގާއިމުވެފައި މިއޮތީ ގޭންގުތަކާއި ގުޅުން ނެތް ސަރުކާރެއް އޮތުމުން - ރައީސް ސޯލިޙް
  • ޑިމޮކްރެޓްސް އިން ޓްރެޒަރީއާއި މާލީބާޒާރު އިސްލާހުކުރުމަށް އެ ޕާޓީގެ ވެރިކަމެއްގައި ކުރާނެ 58 ކަމެއް
  • ޔާމީނު މިނިވަންކުރަން ކޮށްދެވޭނެ ކަމެއް އަދި ނެތް: ރައީސް
  • ކުޅުދުއްފުށީގެ ގިނަ ވޯޓު ލިބޭނީ އެމްޑީޕީއަށް - އިންތި
  • މިނިސްޓަރު ގޯތި ދިނުމަކީ ޢައިރު ޤާނޫނީ ކަމެއް - ރައީސް ނަޝީދު
  • އަސާސީ ކަންކަމަށް ވަޢުދެއް ނުވާނަން - އަމްރު
  • އެމްއެންޕީ އިން އައްޑޫސިޓީ ހިތަދޫގައި ޖަގަހައެއް ހުޅުވައިފި
  • 4545 މޮނިޓަރުން، 3607 އޮބްޒާވަރުން ނަން ހުށަހަޅާފައިވޭ - އިލެކްޝަންސް
  • ޕީޕީއެމްގެ ވެރިކަމެއްގައި ބޮޑުތިލަދުންމައްޗަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ - ޝާހިދު
  • ނާޒިމްގެ މެނިފެސްޓޯގެ ތެރެއިން މާލެ ސަރަހައްދުގެ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހު ލޯންޗްކުރަނީ
  • އާދޭސް ދަންނަވާ އިރު ފުރުސަތު ނުދެއްވަންވީ ކީއްވެތޯ: ގާސިމް
  • މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު
  • ވޯޓުލާން ދެތިން ހަފުތާއަށްވީމާ ވޯޓުލާ މީހުންނަށް ހިލޭ ބިންބަހާލުމަކީ ދެވޭ ރިޝްވަތެއް - ދުންޔާ
  • އަސާސީ ކަންކަން ފުއްދަން ވައުދުވެ، ރިބަން ކެނޑުން ގޯސް - އަމްރު
  • ދަރިވަރުންގެ ލޯނު މަޢާފުކޮށްދިންކަމުގެ ލިޔުން ވިލާ ފައުންޑޭޝަނުން މިމަހު ފަހުކޮޅު ހަވާލުކުރަނީ
  • އިންޑިއާއާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އައު އުސްމިންތަކަކަށް ދާނެ - ޤާސިމް
  • އިލްޔާސް ޑިމޮކްރެޓުންނާއިއެކު ކެމްޕޭނަށް ހއ. އަދި ހދ. އަތޮޅަށް
  • ސުޕްރީމް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް 3 މަސް ތެރޭގައި ތަންފީޒުކުރާނަން - އުމަރު
  • މުއިއްޒު ގެ މެނިފެސްޓޯއެއް ނެތްކަމަށް މާރިއާ ދީދީ ވިދާޅުވެއްޖެ
  • ސިޔާސީ ބޭނުމަށް ދިން ވަޒީފާތަކުން މީހުން ވަކި ނުކުރާނަން - މުޢިއްޒު
  • ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި
  • ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް އީޔޫގެ އެހީތެރިކަމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
  • އެއްވެއުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ފޯރުކޮށްދޭނެކަމަށް މުޢިއްޒު ވިދާޅުވެއްޖެ
  • ޕީޕީއެމް ޕީއެންސީން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުވަދު އަތޮޅަށް
  • ރައީސް ސޯލިޙް އަށް ލިބަވަޑައިގަންނަވާނީ 15-20 ޕަސެންޓް ވޯޓުކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
  • ހޯޑެއްދޫގައި އެމްޑީޕީ ޖަގަހަ އަށް ގެއްލުން ދީފި
  • "ބިންވެރިޔާ ސްކީމް" ގެ ދާއިމީ ލިސްޓު ނެރެފި
  • ދިވެހިރާއްޖޭގައި ޓެކްސް މިހާރު ބޮޑު ބުރައަކަށްވެއްޖެކަމަށާއި ނިޒާމު ބަދަލުކުރައްވާނެކަމަށް ޢުމަރު ވިދާޅުވެއްޖެ
  • ރޮޒޭނާގެ ނަމުގައި ގޯއްޗެއް ނެތްކަމަށް ވިދާޅުވެއްޖެ
  • ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވާނެކަމަށް ޢުމަރު ވިދާޅުވެއްޖެ
  • ދިއްދޫގައި އެއަރޕޯޓެއް އަޅައިދޭނެކަމަށް މުޢިއްޒު ވިދާޅުވެއްޖެ
  • ޤައުމީ ޕްލޭންތައް ހަދާނީ ރައްޔިތުންގެ ވޯޓުން - ފާރިސް
  • ޤާސިމްގެ ސަރުކާރެއްގައި ކޮންމެ ރަށެއްގައި ހިލޭ ވައިފައި ޒޯނެއް ހުންނާނެކަމަށް ވިދާޅުވެއްޖެ
  • މިހިރީ ރައީސް ޞާލިޙާއެކު ކަމަށް ކާނަލް ނާޒިމްގެ ކޮއްކޮ ޢާޒިމް ވިދާޅުވެއްޖެ
  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯއްދަވާނެކަމަށް ނާޒިމް ވިދާޅުވެއްޖެ
  • ކުޑަ ރަށްރަށަށް ޚަރަދު ނުކުރައްވާނެކަމަށް ޒަމީލު ވިދާޅުވެއްޖެ
  • ވަށަފަރު ރައްޔިތުން އެދޭ ހުރިހާކަމެއް ކޮށްދޭނަން - މުޢިއްޒު
  • ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމަށް ވަޢުދުވުމުން ޒައިދުގެ ތަޢުރީފް ފާރިސް އަށް
  • ގޭންގުތައް ރޫޅާލައި ރަށުތެރެ އަމާން ކުރާނަން - ޢުމަރު
  • ހިތްހަމަ ނުޖެހިވަޑައިގެން، ފައްޔާޒްގެ ކޮއްކޮ އިބްރާ އެމްޑީޕީއިން ވަކިވެވަޑައިގެންފި
  • ބަރަހަނާ ވެބްސައިޓްތައް ބްލޮކުކޮށް ސްޕާތައް ބަންދުކުރާނެކަމަށް ފާރިސް ވިދާޅުވެއްޖެ
  • ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުން އަންގާރަ ދުވަހު
  • ޑްރަގްގެ މައްސަލައަށް ޕްލޭނެއް އޮވެ، މިސަރުކާރުން ވަނީ އިޙުމާލުވެފައި - ހަސަން ލަތީފް
  • ޖީއެސްޓީ 3 ޕަސެންޓަށް ހަދާނަން - ފާރިސް
  • "އިންވެސްޓްމަންޓް ބޭންކު" ތައާރަފުކުރާނެކަމަށް ޤާސިމް ވިދާޅުވެއްޖެ
  • ފާޓީތަކުގައި ނެތް މީހުންގެ ތާޢީދު އަޅުގަނޑަށް އެބައޮތް - ފާރިސް
  • ކެމްޕޭންތަކަށް ހުރަސްއަޅާ ކަމުގެ ޝަކުވާލިބޭކަމަށް އިލެކްޝަންސް އިންބުނެފި
  • ފެނާއި ކަރަންޓާއި ކާޑުގެ އަގު ހެޔޮކުރާނަން - ފާރިސް
  • މުޢިއްޒު ރައީސް ޔާމީން ސަލާމަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
  • ޕީޕީއެމާ ކޯލިޝަން ހެދުން ފަސޭހައެއް ނޫން, ނިންމާނީ ޕާޓީން - އިންތި
  • ރައީސް ޔާމީން ގެއަށް ބަދަލުކުރިކަމަށް ފަތުރަނީ ސައްޙަ ޚަބަރެއް ނޫން - ކަރެކްޝަންސް
  • ރައީސް ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އިއްވި ޖޫރިމާނާގެ އަދަބު ފަސްކޮށްދޭން ހައި ކޯޓުން އާދީއްތަ ދުވަހު އަމުރުކޮށްފި
  • ރައީސް ޔާމީންގެ ފަރާތުން ހުކުމް ފަސްކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުމުން ޖަލު ހުކުމް ފަސްކޮށް ނުދެވޭނެ ކަމަށް ނިންމައިިފި
  • ރައީސް ސޯލިޙް ޖެހޭނީ އިލްޔާސްގެ ފަހަތަށް އަރަން - ރައީސް ނަޝީދު
  • ރައްޔިތުންނަށް އަނިޔާނުކޮށް ވެސް ކެމްޕޭން ކުރެވޭނެ - ރައީސް ނަޝީދު
  • ރައީސް ސޯލިޙް ބަލިވާނީ ދެރަގޮތަކަށް، ދެވަނަ ބުރަކަށް ނުދާނެ - ރައީސް ނަޝީދު
  • އިންޑިއާގެ ލޯނުތަކަށް ބަރޯސާނުވެ ދިވެހިން ހިންދަމާލަން ޖެހޭ - އުގައިލް
  • ޖަލުގައި ހުރެގެން ވެސް ކުރީގެ ރައީސް ޔާމީންގެ ކަމަަަކީ މީހުންނަށް ލަނޑުދިނުން - އިމްރާން
  • ރިޔާސީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން އަދިވެސް ހަމަނުވޭ - އިލެކްޝަންސް
  • ޢުމަރުގެ މެނިފެސްޓޯ: ޑްރަގަށް ފަރުވާދިނުމަށް ޚާއްޞަ ރަށެއް ކަނޑައަޅާނެ - އުމަރު
  • ކެމްޕޭނުގައި ދައުލަތުގެ ވަސީލަތް ބޭނުން ނުކުރަން އޭސީސީން އެދިއްޖެ
  • މިއީ އެމްޑީޕީގެ ރޫހު ނޫންކަމަކަށް މީހުންނެއް ނުދެކޭނެ: ރައީސް ނަޝީދު
  • ރައްޔިތުންގެ ޢާމްދަނީ މިދަނީ ދުވަހުން ދުވަހަށް ދަށަށް، މިނޫން ގޮތެއް ހޯދަން ޖެހޭ - އިލްޔާސް
  • މަޖިލީސް މެންބަރުންގެ ރީކޯލް ވޯޓު ނެގުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ - ފާރިސް
  • ރައީސް ޔާމީންގެ ފޮޓޯ ޖެހި ޕޯސްޓަރު ކެމްޕޭންގައި ބޭނުންކުރެވޭނެކަމަށް އިލެކްޝަންސް އިން ބުނެފި
  • އިލެކްޝަނުން އަނެއްކާވެސް ރީރެޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލައިފި
  • ސިޔާސީ ވާހަކަ ދައްކަންވީ، ހަޖަމް ކުރެވޭނެ - ރައީސް ސޯލިޙް
  • ޕީޕީއެމްގެ ކެނޑިޑެސީ ކުޑަ ޕާޓީއަކުން ޖަހައިގަނެގެން ހިނގައްޖެ: އަމީން
  • ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދާނަން - މުއިއްޒު
  • ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ - ޤާސިމް
  • ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަމަށް ފުރުޞަތުދޭނަން - ނާޒިމް
  • ރައީސް ސޯލިހު ކުޅުއްވަނީ ފިލްމެއް، އެ ފިލްމަށް ރައްޔިތުން ނުހެއްލޭނެ - ރައީސް ނަޝީދު
  • ވަޢުދުވުމައްފަހު ވަޢުދު ފުއްދުމަށް ދަސްކުރީ ރައީސް ޔާމީންގެ އަރިހުން - މުޢިއްޒު
  • ގިނަ ރައްޔިތުން ތިބޭ ތަންތަނަށް އިސްކަންދޭނަން - މުއިއްޒު
  • ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އޮބަހައްޓައި އެމީހުންގެ މިނިވަންކަން ނަގާލާލައިފި - އިލްޔާސް
  • ސިޔާމް މުހައްމަދަކީ ލިބުނު ބޮޑު އެސެޓެއް - ރައީސް ސޯލިޙް
  • ބޮޑެތި ރަށްތައް ދޫކޮށްލުމަށްފަހު ކުދި ރަށްތައް ފުރަތަމަ ތަރައްގީ ކުރުމުން ތަރުތީބު އޮޅޭ - މުޢިއްޒު
  • އަނިޔާ ދިނުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވޭ - ރައީސް ޔާމީން
  • ޒަމީލްގެ ވަޢުދު: އެންމެ ކުޑަ އުޖޫރައަކީ 20،000 އާއި 25،000 ރުފިޔާ
  • މަސްވެރިން ޕެންޝަން ސްކީމުގައި ހިމަނާނަން - އިލްޔާސް
  • ދަރިން ބަލަން ގޭގައި މަޑު ކުރާ ބެލެނިވެރިއަކަށް މަދުވެގެން 20،000ރ. ދޭނަން - ޒަމީލް
  • ރިލްވާން ގެއްލުވާލިތާ 9 އަހަރުވެފައިވާއިރު އިންސާފު ހޯދައިނުދެވުނުކަމަށް ޑިމޮކްރެޓުން ބުނެފި
  • ދަ ޑިމޮކްރެސްޓްގެ ވެބްސައިޓް ލޯންޗުކޮށްފި
  • ޖޭޕީގެ ފުރަތަމަ އަތޮޅުތެރޭ ރަސްމީ ޖަލްސާ ހޮނިހިރު ދުވަހުގެރޭ މާމިގިލީގައި
  • ޕީޕީއެމް އިން ދަ ޑިމޮކްރެޓްސް އާއި ގުޅޭތާ ހަފްތާއެއް ތެރޭގައި ރައީސް ޔާމީން ޖަލުން ނެރެދޭނަން - ރައީސް ނަޝީދު
  • ސިޔާސީ ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ނެތް - ރައީސް ސޯލިޙް
  • ދީނީ ޢިލްމުވެރިޔާ ޑރ.ޢަލީ ޒާހިރުގެ ތާޢީދު ޕީޕީއެމް އަށް
  • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޕްލޭނެއް އެބައޮތް: ރައީސް
  • ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ކުއްލިއަކަށް ޚިޔާލު ބަދަލުވެ ރައީސް ޞާލިޙަށް ތާޢީދުކޮށްފި
  • މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފި
  • ކެމްޕޭންކުރުމަށް ރައީސް ސޯލިޙް ނ. އަތޮޅަށް
  • ފުރަތަމަ 100 ދުވަސްތެރޭ ޢަރަބިއްޔާ މައްސަލަ ޙައްލުކުރާނަން - ޤާސިމް
  • ރައީސް ޖަލުގައި 1000 ދުވަސް، ޕީޕީއެމް އިން ހޮނިހިރު ދުވަހު ހަވީރު ސައިކަލް ބުރެއް
  • ޕީޕީއެމް އަށް މަސައްކަތް ކުރެވޭނަމަ ޔަޤީން ރައީސް ޔާމީން ޖަލުގައި ނުހުންނާނެ - ރައީސް ނަޝީދު
  • އަމިއްލަ ކުންފުނިތަކަށް ވެސް ސަރުކާރު އޮތީ ދަރާ ވިކިފައި - އިންތި
  • މުޢިއްޒު ކެމްޕޭނަށް ހއ. އަދި ހދ. އަތޮޅަށް
  • އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި ގޯހުން ދިޔައީ ކޮންކަމެއްތޯ އަސްލަމް ސުވާލުކޮށްފި
  • މާލޭގައި އުޅޭ އައްޑޫ މީހުންނާއި އަސްލަމް މަޖީދިއްޔާ ސްކޫލްގައި ހުކުރުދުވަހުގެރޭ ބައްދަލުކުރަނީ
  • ފާރިސްއަކީ ތެދުވެރިއެއްކަމަށާއި މަކަރެއް ނަހައްދަވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ
  • ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓު ހުސެއިން މުޙައްމަދުގެ ކެމްޕޭން ކުޅުދުއްފުށިން ފަށައިފި
  • ޔާމީން ޖަލުން ނެރެވޭނީ ދަ ޑިމޮކްރެޓްސް އަށް، ޕީޕީއެމަށް އަކަށް ނޫން - ރައީސް ނަޝީދު
  • ކޮންމެ ގެއަކަށް އެންމެ ދަށްވެގެން 25 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ދޭނަން - ޤާސިމް
  • ދޮގު ފެތުރުމަކީ ކެމްޕޭންކުރުމެއް ނޫން - އަސްލަމް
  • ދިވެހީން ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކޮށް ހިންގޭނެ ބޭފުޅަކީ މިހާރު މި ތިއްބެވި ރިޔާސީ ކެންޑިޑޭޓުންނަށް ބަލާއިރު ޑރ މުއިއްޒުއަށް - ޢަބްފުއް ރަޙީމް
  • އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނޭޅުމަށް ޕީޕީއެމުން ގޮވާލައިފި
  • ރަސްމީ ދަތުރުތަކުގައި ކެމްޕޭންކުރުން މައްސަލައެއް ނޫންކަމަށް އޭސީސީ އިން ބުނެފި
  • ހަމަނުޖެހުން ނުހިންގާ، ކެމްޕޭންކުރަން ފުރުޞަތުދީ - ރައީސް ސޯލިޙްގެ ކެމްޕޭން މެނޭޖަރ މާރިޔާ
  • ރާއްޖޭގައި 5 ޓާޝަރީ ހޮސްޕިޓަލާއި ކްރޫޒް ހޮސްޕިޓަލެއް އަޅާނަން - ޤާސިމް
  • ދެކުނުގައި 2 ކޭނިންގ ފެކްޓްރީ އެޅުމުގެ ޕްލޭނެއް އެބައޮތް - ރައީސް ސޯލިޙް
  • ރިޔާސީ ކެމްޕޭން: ހުވަދޫ ދަތުރަށް ފަހު ރައީސް ނ. އަތޮޅަށް ވަޑައިގަންނަވަނީ
  • އިލްޔާސް ލަބީބާއި ރައީސް މުހައްމަދު ނަޝީދު މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފި
  • ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެ، ޖޭޕީއަށް ސޮއިކުރައްވައިފި
  • މި ސަރުކާރުން ދެނީ ލިޔުމެއް، ގެދޮރު ޔަގީންކޮށްދޭނަން - މުއިއްޒު
  • އައު ސަރުކާރުގައި މިހާރުގެ ފްލެޓާ ގޯތި ލިސްޓު އުވާނުލާނަން - މުޢިއްޒު
  • މިދިޔަ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހު ޕީޕީއެމްއާ ގުޅިވަޑައިގެންފި
  • މުއިއްޒު ހިޔާ އަވަށަށް؛ ފެނުނީ ހުސް އިހުމާލު ކަމަށް ވިދާޅުވި
  • ރިޔާސީ އިންތިހާބުގައި ވާދަކުރައްާ ކެންޑިޑޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށައިފި
  • ރައީސް ސޯލިހު ރަށްތަކަށް ވަޑައިގަތުމުން ގާ އުކަން ފުރުސަތު ނުދޭނަން. އެއީ ދައުލަތެއްގެ ސިފަ ހިފަހައްޓަން. - އިމްރާން
  • ރައީސް ޔާމީން އަކީ ވަގެއްކަމަށް އަސްލަމް ވިދާޅުވެއްޖެ
  • ޤާސިމް ދެއްވި ހުރިހާ ސްޓޫޑެންޓް ލޯނެއް މަޢާފްކޮށްދެއްވައިފި
  • ފަންނުވެރިކަމުގެ ދާއިރާތަކަށް ލޯނު ދޭނަން: ނާޒިމް
  • ގޮތްކުޑަ، މުޑުދާރު ސަރުކާރެއް ކަމަށާއި، މިވެރިކަން ނިންމާނަން - އިންތި
  • ފުލުހުން މިހާރު އަމަލުކުރަމުންދަނީ ގާނޫނީ އިމުން ބޭރުން - ނަޝީދު
  • މުއިއްޒު އަކީ ރައީސް ސޯލިޙްގެ އެޖެންޓެއްކަމަށް ޢަލީ ޢާޒިމް ވިދާޅުވެއްޖެ
  • އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީން އެކަނި ޖަލުގައި ބެއްވުމަކީ އިންސާފެއް ނޫން: ނަޝީދު
  • ފެނަކައިން 300 މިލިއަން ނުލިބިގެން 19 ކޮންޓްރެކްޓަރުން ގޮތް ހުސްވެފައި
  • ކުޅުދުއްފުށިން ތާޢީދު ނެތްކަމަށް ބުނެ ރައީސް ސޯލީހް ފުށް ފެކްޓްރީ އެޅުމަށް ހުރަސްއެޅުއްވި - އަމްރު
  • ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ފަޤީރުންނަށް މަހަކު ތިންހާސް ރުފިޔާގެ މާލީ އެހީއެއް ދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފި
  • ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އިތުރަށް ބޮޑުކުރާނަން - ޤާސިމް
  • ދަރަވަންދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނަން - ނާޒިމް
  • އަވަގުރާގުރާނަ ޕޯޑިއަމްގައި ކީ މައްސަލައިގައި ރަފިއްޔާ މަޢާފަށް އެދިއްޖެ
  • ނުރުހުމެއް ނެތް، ޑިމޮކްރެޓްސްއަށް މަރުހަބާ ކިޔާނަން: މާރިޔާ
  • 100 މިލިއަނަރުން، އަދި ބިލިއަނަރުންގެ ސިޓީއެއް އުފައްދަވާނެކަމަށް ޤާސިމް ވިދާޅުވުން
  • ޤާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ އިޢްލާންކޮށްފި
  • ސަރުކާރުން ރަނގަޅަށް ކުރި ކޮންމެ ކަމެއް ކޮށްފައި އޮންނާނީ ނަޝީދުގެ ޓީމުން - އިލްޔާސް
  • ޔާމީން ޖަލުން ނެރޭނަން - ނަޝީދު
  • އެކަމަކު ކޯޓުތަކުގެ ފުރާޅުން ޓިނު ނުނަގާ ވެރިކަން ކުރެވިއްޖެ - ޞޯލިޙް
  • ޤާސިމްގެ މެނިފެސްޓޯ ބުދަ ދުވަހުގެރޭ އިޢްލާން ކުރަނީ
  • މުޢިއްޒު ރައީސް ޞޯލިޙްއަށް ގުޅުއްވައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެދިވަޑައިގެންފި
  • ރަފިއްޔާ ޕޯޑިއަމްގައި އަވަގުރާގުރާނަ ގޮވައިފި
  • ކެމްޕެއިން ދަތުރެއްގައި ރައީސް ނަޝީދު އާއި އިލްޔާސް ފުވައްމުލަކަށް ވަޑައިގެންފި
  • ކެމްޕެއިން ދަތުރެއްގައި ނާޒިމް ބ.އަތޮޅަށް
  • އެމްއެންޕީގެ މެނިފެސްޓޯއަކީ ހުށައެޅިގެންދާނެ އެންމެ ފުރިހަމަ މެނިފެސްޓޯ: ނާޒިމް
  • ނަމެއްގައި ކުރިމަތިލައިގެން އުޅުއްވާ ބޭފުޅުން އެ އުޅުއްވަނީ ވޯޓު ބައިބައިކުރަން: ރައީސް ސޯލިޙް
  • އިހަށް ފުރަތަމަ ދައުރުގެ ވަޢުދުތައް ފުއްދަވާދެއްވާ - ކާނަލް ނާޒިމް
  • އިންތިޚާބަށް 32 ދުވަސް، ރައީސް ސޯލިޙް ވަޤުތީ ފްލެޓް ލިސްޓެއް ނެރުއްވައިފި
  • އިސްލާމް މާއްދާ އިނގިރޭސިން ކިޔަވައިދޭން އެމްޑީޕީ މެނިފެސްޓޯގައި ހިމަނައިފި
  • އަޅުގަނޑަކީ އިޚްލާޞްތެރިއެއް - އަސްލަމް
  • ރައީސް ސޯލިހް ރަނިންމޭޓް އަސްލަމާ އެކީ މި މަހު ކެމްޕޭނަށް އައްޑު އަށް ވަޑައިގަންނަވަނީ
  • މަޑަވެލީގައި ޖަގަހައިގައި ރޯކޮށްލުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފި
  • އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލާނެ - މުއިއްޒު
  • ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކުރާނަން - މުއިއްޒު
  • ހާދަ ހީވޭ އެމްޑީޕީއިން އެމްއެންޕީގެ މެނިފެސްޓޯ ކޮޕީކުރިހެން: އަބްދުﷲ ރިޔާޒް
  • ކެންޑިޑޭޓުންގެ ނަންގެންދަން ބޭނުންވާނަމަ ބުދަ ދުވަހުގެ ހަވީރާއި ހަމައަށް ފުރުޞަތު - އިލެކްޝަންސް
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ ހަވީރު - އިލެކްޝަންސް
  • 42،867 މީހުން ރީ-ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވޭ - އިލެކްޝަންސް
  • ރައީސް ސޯލިޙަށް މަހުސަރުގައި ވެސް މަޢާފެއް ނުދޭނަން : ރިޟްވާންގެ މަންމަ
  • ރިކޯޑު އަދަދަކަށް ކުރިމަތިލީމަ އިންތިހާބު ކާމިޔާބުުކުރަން ފަސޭހަވެއްޖެ: ރައީސް
  • ވެރިކަމާއި ހަވާލުވާ ފުރަތަމަ ދުވަހުވެސް ޔާމީން ގެއަށް ބަދަލު ކުރާނަން - މުއިއްޒު
  • ރައީސް ސޯލިހް މެނިފެސްޓޯއެއް ނުދައްކަވާ، ދައްކަވަނީ ކަންކަން ނިންމާނުލެވޭ ވާހަކަ - ނާޒިމް
  • ރައްޔިތުން އެދޭ ފަދަ ވެރިކަމެއް މިހާތަނަށް ރާއްޖޭގައި ކުރެވިފައެއް ނެތް - އުޝާމް
  • ރިޔާސީ އިންތިޚާބަށް ފޯމު ހުށަހެޅުމަށް ފަހު ސަރުކާރުން އަނެއްކާވެސް ގޯތި ދޭން ފަށައިފި
  • މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވަނީ 8 ކެންޑިޑޭޓުން، މިއީ އެންމެ ގިނަ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބު
  • ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެ ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް: އަޒްލީން
  • ރަައީސްގެ ދަތުރާއި ގުޅިގެން ކުޑަހުވަދޫ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފި
  • ސިޔާސީ ލީޑަރުން ޖަލަށްލުމުން ކުރީ ސަރުކާރަށް ގައުމުތަކުން އެހީ ހޯދުމުގައި އޮތް ގޮންޖެހުންތައް މިހާރު ނެތް: ރައީސް ސާލިހު
  • ކޯލިޝަންގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު ވާދަކުރައްވަނީ ޔާމިންގެ ތާއީދާއެކު: ޕީޕީއެމް
  • ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓު ކުރަން ފާހެއްނުވި
  • ގާސިމް ނޫނީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ބޭނުންވާ ކަންކަން ކޮށްދެވޭނެ ލީޑަރަކު ނެތް: އަމީން
  • އިންތިހާބަށް ކުރިމަތިލީ ފުރުސަތު ލިބުނު މީހުން ރައްޔިތުން އެދޭ ކަންކަން ކޮށްދެވިފައިނުވާތީ: އިލްޔާސް
  • މުއިއްޒުއަށް ތާޢީދުކުރަން އަދި ނުނިންމަން - ވަހީދު
  • ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ: ސުޕްރީމް ކޯޓު
ޓެގްސް: ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.