ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސެން ޢަމްރު މިއަދު މެންދުރު އައްޑޫއަށް ވަޑައިގަންނަވަނީ

ހަބަރު

އަމްރު، އިންތި އަދި ޝިއްޕެ މިއަދު އައްޑޫއަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 އޯގަސްޓު 2023 , ހޯމަ 12:15   382

ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސެން ޢަމްރުގެ ޓީމް މިއަދު މެންދުރު އައްޑޫއަށް ވަޑައިގަންނަވާނެކަމަށް އެޕާޓީން ބުނެފިއެވެ.

ޢަމްރު އާއިއެކު މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީގެ އިތުރުން މުޙައްމަދު ޝިފާޒު ވެސް ބައިވެރިވެވަޑައިގަނެއެވެ.

މިދަތުރުގައި ޢަމްރުގެ ޓީމް އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއިއެވެ. އަދި މިރޭ އެޕާޓީގެ ހިތަދޫ މެދު ދާއިރާ އޮފީހުގައި ޚާއްޞަ ބައްދަލުވުމެއް އޮންނާނެކަމަށް ވެސް އެ ޕާޓީ އިން މަޢްލޫމާތު ދެއްވާފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދު އާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވެސް ވަނީ އައްޑޫ އަށް ވަޑައިގެން ކެމްޕޭންކުރައްވާފައެވެ. އައްޑޫ ބޮޑު އާބާދީއެއް އޮވެފައި، ރައީސް ނަޝީދު އާއި ޑިމޮކްރެޓްސް އަށް ބޮޑު ތާޢީދެއް އޮތް ސަރަޙައްދެކެވެ. ހިތަދޫގައި އެކަނިވެސް 12 ހާހަށްވުރެ ގިނަ ރައްޔިތުންނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ

ރިޔާސީ އިންތިޚާބު 2023 (އެންމެ ފަސް)

ޓެގްސް: ދަ ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބު އަމްރު އިންތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.