ބައްޝާރުގެ ދަތުރުފުޅުނައި، ޗައިނާގެ ރައީސް ޝީ ވަނީ ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ސީރިއާއަށް އެހީވާނެކަމަށް ވިދާޅުވެފައި

ދުނިޔެ

ސީރިއާގެ ރައީސް ބައްޝާރަށް ޗައިނާއިން ހޫނު މަރުޙަބާއެއް

އަލީ އަޒްޔަން - މެދުއިރުމަތި | 23 ސެޕްޓެންބަރ 2023 , ހޮނިހިރު 09:56   471

މެދުއިރުމަތި، ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިފަހުން، ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޑިޕްލޮމެޓިކްގޮތުން އޮތް އެކަހެރިކަން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށް ބައިނަލްޢަޤުވާމީ މީޑިއާތަކުން ބުނެފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް އެކުލަވާލާނެކަން އިއުލާންކޮށްފައިވާއިރު، ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާ އަލުން ބިނާކޮށް އާރާސްތުކުރުމުގައި އެހީތެރިވުމަށް ޗައިނާއިން ވަނީ ހުށަހަޅައިފި އެވެ.

މި ހުށަހެޅުން އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހެންގްޒޯގައި އެބެއިން ބޭއްވި ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިންނެވެ.

ހޮނިހިރު ދުވަހު ހެންގްޒޯގައި ބާއްވާ 19 ވަނަ އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަސަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސީރިއާގެ ދައުލަތުގެ ޓީވީއާ ހަވާލާދީ އަސަދު ވަނީ، ސީރިއާގެ މީހުންނާ އެކު "މުސީބާތާއި ތަކުލީފުގެ ތެރޭގައި" އުޅޭތީ ޗައިނާއަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަސަދު ޗައިނާ އަށް ދަތުރުކުރައްވާފައިވަނީ 2004 ވަނަ އަހަރުއެވެ.

ޓެގްސް: ސީރިއާ މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.