''ޓައިގާ 3'' ފިލްމްއިން ކެޓްރީނާ ކައިފްގެ އާ ޕޯސްޓަރު ނެރުމަށްފަހު، ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ސަލްމާން ޚާން ފެނިގެންދާ އާ ސޯލޯ ޕޯސްޓަރެއް ނެރެފައެވެ. މިއި "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. ފުރަތަމަ ބައި ނެރުނީ 2012 ގެއި "އޭކް ތަ ޓައިގާ" އަދި ދެވަނަ ބައި 2017 ގައި "ޓައިގާ ޒިންދާ ހޭ" އެވެ.
ޓައިގާ 3 ޑައިރެކްޓްކޮށްފައި ވަނީ މަނީޝް ޝަރްމާއެވެ. މި ފިލްމްގެ ޕްލޮޓް ގުޅުވައިފައި ވަނީ ''ޓައިގާ ޒިންދާ ހޭ''ގެ ހާދިސާތަކަށް ފަހުއެވެ. އަދި މި ފިލްމް ވާނީ ޝާހްރުކް ޚާންގެ ''ޕަތާން'' އާއި ރިތިކް ރޯޝަންގެ ''ވާރ''ގެ ބައެއްގެ ގޮތުގައި ވެސް ގުޅުވައިފައެވެ.
ފިލްމުގެ ބޮޑު ބަޔަކުން އެމްރާން ހާޝްމީ ވެސް ފެނިގެންދާނެއެވެ. ގިނަބަޔަކު ތިބީ ސަލްމާން ޚާން އާއި އެމްރާން ހާޝްމީގެ ކުރިމަތިލުމުގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
މިފިލްމުގެ ބަތަލާ ކެޓްރީނާ ކައިފް ބުނަނީ ޓައިގާ 3" އަކީ އޭނާނެ ކެރިއަރުގެ އެންމެ ޗެލެންޖިން ފިލްމު ކަމަށެވެ. ކެޓްރީނާ ކައިފަކީ އިންޑިއާގެ އިތުރުން ދިވެހީންގެ ތެރޭގައިވެސް ބޮޑު މަގްބޫލްކަމެއް ހޯދައިފައިވާ ބަތަލާއެކެވެ.
ޓައިގާ 3 ގެ ޓްރެއިލާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ނެރޭއިރު، މި ފިލްމަކީ އަންނަމަހު މެދުތެރޭ ނެރެން ހަމަޖެހިފައިވާ ފިލްމެކެވެ.
