ކެންސާރ ސޮސައިޓީ އިން އިންތިޒާމްކޮށްގެން މީގެ ކުރިން ބޭއްވި މިފަދަ ޙަރަކާތެއްގެ ތެރެއިން

ހަބަރު

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ބާއްވާ 'ޕިންކް ރިބަން' ހިނގާލުން މިއަދު ހަވީރު އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 އޮކްޓޯބަރ 2023 , ހޮނިހިރު 10:40   828

ބްރެސްޓް ކެންސަރަށް ހޭލުންތެރިކުރުމަށް ބާއްވާ 'ޕިންކް' ރިބަން ހިނގާލުން މިއަދު އައްޑޫގައި އޮންނާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިއީ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ބޭން އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 'ޕިންކް ރިބަން ވޯކް' ޙަރަކާތެކެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް މިރަން އިންތިޒާމް ކުރުމުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ޙަރަކާތްތެރިވަނީ, ދަމަނަވެށި ހިންގުމާ ޙަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރ އިޙްތިޝާމް ނަޖީބު, މަރަދޫ ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ޝިޔާޒާއި ބީއެމްއެލް ގޭން ބްރާންޗުގެ މެނޭޖަރ މަރިޔަމް ޝަޒްލީން އަދި ޝޭޕްއަޕް ތުރީ ސިކްސްޓީގެ ނަޖުވާ ރިޔާޒު (ނަޖޫ)އެވެ.

ޙަރަކާތް ފެށޭނީ މިއަދު މަރަދޫ ބަނދަރު ސަރަޙައްދުން ހަވީރު 4.15 ގައެވެ. އަދި ނިންމާލާނީ ފޭދޫ ބަނދަރާއި ދިމާލުން އޮންނަ ފަސްގަނޑު ސަރަޙައްދަށެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ދެއްވަމުން މަރަދޫ ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ މުޙައްމަދު ޝިޔާޒް ވިދާޅުވީ ވީހާވެސް ގިނަ ފަރާތްތަކުން މިޙަރަކާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ ޚާއްޞަކޮށް އަންހެން ބޭފުޅުންނަށް ދިމާވާ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުން. ކުރިއާލައި ޑައިގްނޯސް ކުރުމުގެ މުހިއްމުކަން ހާމަކޮށްދިނުން. ދެން ކުޑަކުދިންނަށް ވެސް ބައިވެވޭނެ. ވަޑައިގަންނަވާއިރު ޕިންކް ކުލަ ރަމްޒުވާގޮތަށް ކޮންމެވެސް އެއްޗެއް ތުރުކުރައްވައިގެން ނުވަތަ ހިއްޕަވައިގެން ވަޑައިގެނެވިދާނެ.

~ މުޙައްމަދު ޝިޔާޒު

ޝިޔާޒު އިތުރަށް ވިދާޅުވީ ޙަރަކާތް ނިންމާލުމުގެ ކުރިން ކަސްރަތުގެ ކުޑަ ސެޝަނެއް ކުރިއަށް ގެންދާގޮތަށް ވެސް ރޭވިފައިވާކަމަށެވެ.

މިޙަރަކާތަށް މިތިން ރަށުގެ ސްކޫލްތަކާއި މުއައްސަސާތަކުގެ އިތުރުން ގަން އެއާރޕޯޓު އަދި ކަސްޓަމާއި ފުލުހުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވަމުން ގެންދަވާކަން ވެސް އިންތިޒާމުކުރާ ފަރާތުން ފާހަގަ ކުރައްވައެވެ.

މިއީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ.

މިލިޔުމާއި ގުޅޭ

އައްޑޫ ސިޓީގައި، ކެންސަރާއި ބެހޭ މަޢްލޫމާތުދީ ސްކްރީންކުރުމުގެ ޙަރަކާތެއް ޑަބްލިއުޑީސީ އިން ކުރިއަށް ގެންގޮސްފި

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ކަނބަލުން އުރަމަތީގެ ކެންސަރު ކެންސަރު ހޭލުންތެރިކުރުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.