އައްޑޫ ސިޓީ ކައުންސިލްގެ އެކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޒިންމާދާރުވެރިޔާ

ހަބަރު

އައްޑޫސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގެ ޒިންމާދާރުވެރިޔާ އިސްތިޢުފާދެއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 އޮކްޓޯބަރ 2023 , ހޯމަ 19:24   1663

އައްޑޫސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގެ ޒިންމާދާރުވެރިޔާ (އެގްޒެކެޓިވް ޑިރެކްޓަރު) ސ.މަރަދޫ ފްލާވަރުގޭ ހަސަން ރަޝީދު މަޤާމުން އިސްތިޢުފާދެއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިޔަފާރިކުރުމުގެ މަޤްޞަދުގައި އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނީގެ މި މަޤާމު އޭނާ އަށް ދީފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ، އެކުންފުންޏަށް ކައުންސިލްގެ ފަރާތުން އައްޔަންކުރައްވާފައިވާ އެހެން ފަރާތްތަކުގެ އެއްބާރުލުން ލިބެމުން ނުދާތީއެވެ.

ހަސަން ރަޝީދަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 24 އަހަރު ވަންދެން މަސައްކަތްކުރައްވައި، ރިސްކް އެން ކޮމްޕްލައިންސް ޑިޕާޓްމެންޓްގައި މެނޭޖަރެއްގެ މަޤާމު އަދާކުރައްވާފައިވާ ފަރާތެކެވެ.

އައްޑޫސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މިމަޤާމަކީ 25،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މަޤާމެކެވެ. އޭގެ އިތުރުން ކޮންމެ މަހަކު ބޯޑުގެ ތިން ބައްދަލުވުމަށް ޙާޒުރުވުމުން 5،000 ރުފިޔާ ލިބޭގޮތަށް ނިންމާފައި ވީނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެއްވެސް ބައްދަލުވުމަކަށް ޙާޒިރުނުވިޔަސް މި އެލަވަންސް ލިބޭނެ ގޮތަށް ނިންމުމަށް ބަދަލު ގެނެސްފައިވެއެވެ.

އައްޑޫސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގައި ހަސަން ރަޝީދުގެ އިތުރުން ހިމެނި ވަޑައިގަންނަވަނީ އައްޑޫސީޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު އާއި ސ. މަރަދޫ ވައިޖެހޭގެ، މުޙައްމަދު އިމާން އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިކުންފުންޏަށް މިހާތަނަށް 300،000 އަށްވުރެ ގިނަ ރުފިޔާ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، އެއްވެސް ބައްދަލުވުމެއް ވެސް، މަސައްކަތެއް ހިނގިކަމުގެ ވެސް މަޢްލޫމާތު ލިބިފައިނުވެއެވެ. އަދި ކުރަން ނިންމާފައިވާ ކަންކަމުގެ މަޢްލޫމާތުތައް ވެސް ޢާއްމުކޮށްފައި ނުވެއެވެ.

މިކަމާއި ގުޅޭގޮތުން އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރަށް ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެއެވެ.

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ)

2017 ވަނަ އަހަރުވެސް އައްޑޫސިޓީ ކައުންސިލުން މިފަދަ ކުންފުންޏެއް، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް (އޭޕީސީ) ގެ ނަމުގައި އުފައްދާފައިވާއިރު ޖުމްލަ 7 މިލިއަނަށް ވުރެ ގިނަ ފައިސާ ކައުންސިލްގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށް މިހާތަނަށް އެފައިސާ އަނބުރާ ލިބިފައިނުވާއިރު، 2021 ވަނަ އަހަރު ބޭއްވުނު އަހަރީ ޢާއްމު ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލް އެކުންފުނިން ބޭރުކޮށް ޙިއްޞާ އަނބުރާ ގެންގޮސްފައިވެއެވެ.

މޭޔަރ ޢަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވަނީ ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މިލިޔުމާއި ގުޅޭ

އައްޑޫސިޓީ، ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި

ބޯޑު އެކުލަވާލުމާއި ގުޅޭގޮތުން ކައުންސިލަރ ޒަރީރު މީގެ ކުރިން ދެއްވި އިންޓަވިއު

ޓެގްސް: ލޯކައުންސިލްތައް އެލްޖީއޭ އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.