މިފިލްމުގައި ގައުމާއި އާއިލާ ސަލާމަތް ކުރުމަށް އެމްރާން ހާޝްމީ އާއި ދެކޮޅަށް ނިކުންނަނީ ސަލްމާން ޚާން

މުނިފޫހިފިލުވުން

ޓައިގާ 3 (ޓްރެއިލާ)

ހުސެން ހަމްދާން - އިންޑިއާ | 17 އޮކްޓޯބަރ 2023 , އަންގާރަ 09:34   549

ތިރީގައި އެވަނީ ޓައިގާ 3 ގެ ޓްރެއިލާއެވެ.

މިފިލްމުގައި، އެމްރާން ހާޝްމީ އާއި ދެކޮޅަށް ސަލްމާން ޚާން ނިކުންނަނީ ގައުމާއި އާއިލާ ސަލާމަތް ކުރުމަށެވެ.

ސަލްމާން ޚާން އޭނާގެ އެންމެ ފަހުގެ އެކްޝަން ފިލްމު ޓައިގާ 3 އިން ބޮޑު ސްކްރީނަށް އަންނަން ތައްޔާރަށް ހުރިއިރު، އެ ފިލްމުގެ ޓްރެއިލާ މިއަދު ދައްކާފައިވެ އެވެ. މިފިލްމުގައި ސަލްމާން ފެނިގެންދަނީ އޭނާގެ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރު ކަމަށްވާ ޓައިގާ ސްޕައިގެ ރޯލެވެ.

3މިނެޓަށް ވުރެ ކުޑަ ދިގުމިނެއްގެ ޓައިގާ 3 ޓްރެއިލާގައި ވަރަށް ގިނަ އެކްޝަން މަންޒަރުތައް ފެނެއެވެ. ފްރެންޗައިޒްގައި ކުރިން ނެރުނު ދެ ފިލްމުގެ އިތުރުން ވާރ އަދި ޕަތާން ގެ ހާދިސާތަކަށް ފަހު ގެނެސްދޭ ޓައިގާ 3 އިން އިންޓެންސިޓީ އާއި ފުން އިހްސާސްތަށް ވަރަށް ބޮޑަށް ފެނެއެވެ.

ޓްރެއިލާގައި ސަލްމާން ފެންނަނީ ގައުމު ސަލާމަތް ކުރުމަށް ކުރާ ހަނގުރާމައާއި އޭނާގެ އާއިލާ ހިމާޔަތް ކުރަން ކުރާ މަސައްކަތެވެ. “މިފަހަރު އެއީ ޕާސަނަލް ކަމެއް” ޓްރެއިލާގައި ސަލްމާން ބުނެއެވެ.

ޒޯޔާގެ ރޯލު އަލުން ކުޅޭނެ ކެޓްރީނާ ވަނީ ބައެއް ފައިޓް ސީންތަކުގައި ޓްރެއިލާއިން ފެނިފައެވެ. އޭގެން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބުނީ ކެޓްރީނާ ތުވާލީގައި ހުރި ސީންއަށެވެ.

ޓައިގާ 3 ރިލީޒް ކުރާނީ ނޮވެމްބަރު 12 ވާ އާދީއްތަ ދުވަހުއެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ މީގެ ކުރިން ފޭން، ބޭންޑް ބާޖާ ބާރަތު ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މަނީޝް ޝަރްމާއެވެ.

ޓެގްސް: ބޮލީވުޑް އެމްރާން ހަޝްމީ ޓްރެއިލާ ސަލްމާން ޚާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.