ޒިންދަގީ ނާ މިލެގޭ ދޮބަރާ

މުނިފޫހިފިލުވުން

"ޒިންދަގީ ނާ މިލެގޭ ދޮބަރާ 2" ހެދުމުގެ އިޝާރާތެއް؟

ހުސެން ހަމްދާން - އިންޑިއާ | 19 އޮކްޓޯބަރ 2023 , ބުރާސްފަތި 10:13   202

ފަރުހާން އަޚްތަރުގެ އެންމެ ފަހުގެ ޕޯސްޓާއި ރިތިކް ރޯޝަން އަދި އަބްހޭ ޑިއޯލްގެ ޖަވާބުތަކުން ސީކުއެލް އަންނަން އުޅޭކަމުގެ އިޝާރާއެއް ލިބިއްޖެއެެވެ.

ފަރުހާން ދާދި ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން ޒިންދަގީ ނާ މިލެގޭ ދޮބާރާގެ ފޭނުން ތިބީ ކެތްމަދުވެފައިކަން ހާމަވެއެވެ.

ރިލީޒްކުރިތާ 12 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޒޯޔާ އަޚްތަރުގެ ޒިންދަގީ ނާ މިލެގޭ ދޮބާރާއަކީ އަދިވެސް އެތައް ހާސް ބެލުންތެރިން އެންމެ ގަޔާވާ އެއްފިލްމެވެ. ގިނައިން ސްޕެއިންގައި މަންޒަރުތައް ނަގައިފައިވާ ޒިންދަގީ ނާ މިލެގޭ ދޮބާރާއަށް ފޯރިގަދަ ރިވިއުތަކެއް ލިބި، ވިޔަފާރީގެ ކާމިޔާބީތަކެއް ހޯދައި، ކުރިއަށް އޮތް ޓްރެވަލް ފިލްމުތަކަށް މިންގަނޑެއް ކަނޑައެޅިއެވެ.

ކުޑައިރުގެ ތިން އެކުވެރިން ކަމަށްވާ އަރްޖުން (ރިތިކް ރޯޝަން)، ކަބީރު (އަބަޔޭ ޑިއޯލް) އަދި އިމްރާން (ފަރުހާން އަޚްތަރު) އަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ކިޔައިދެނީ ޔޫރަޕް ހުރަސްކޮށް ތިން ހަފްތާގެ މަގުގެ ދަތުރާއި މި އެޑްވެންޗާގެ ތެރޭގައި ހިނގާ ކަންތައްތަކެވެ.

ފަރުހާން އަޚްތަރު

އަދިވެސް ގިނަ ބަޔަކު ގިނައިން ފިލްމު އަލުން ބަލާއިރު، ފަރުހާން އަޚްތަރުގެ ދާދި ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން ޒިންދަގީ ނާ މިލެގޭ ދޮބާރާގެ ފޭނުން ވަނީ ވާނުވާ ކަންބޮޑުވެފައެވެ. އިމްރާންގެ ލޫކާއި ވައްތަރު ސެލްފީއެއް ހިއްސާކުރަމުން ފަރުހާން އިންސްޓަގްރާމްގައި ފާހަގަކޮށްފައިވާ ގޮތުގައި، "އިމްރާންގެ ލޫކް އަންނަނީ ފުލް ސާރކަލް. ކީކޭ ބުނަނީ @zoieakhtar..؟ ބޯއިސް އެހެން ރޯޑް ޓްރިޕަކަށް މިސްރާބު ޖަހަންވީތަ."

އެ ހުރިހާ ޝައްކުތަކެއްގެ ތެރޭގައި ޑައިރެކްޓަރު ޒޯޔާ ވަނީ 'އަހަރެންގެ ބަގްވާޓީ ޕެކްކޮށްފައި" ކަމަށް ބުނެ ދެވަނަ ދަތުރަށް ފެހި ސިގްނަލެއް ދީފައެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.