ޕްރިޔަންކާ ޗޯޕްރާ އާއިލާއާ އެކުގަ

މުނިފޫހިފިލުވުން

ޕްރިޔަންކާ ބުނީ މަންމައަކަށް ވުމުން، ޙާލަތު ވަަރަށް ބޮޑަށް ބަދަލުވެއްޖެކަމަށް

ހުސެން ހަމްދާން - އިންޑިއާ | 24 އޮކްޓޯބަރ 2023 , އަންގާރަ 09:10   734

މަންމައަކަށް ވުމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޙާލަތު ބަދަލުވެ، ނާޒުކުވެފައިވާކަން ފާހަގަކޮށް ޕްރިޔަންކާ ބުނީ އެހެން މަންމައެއް ފަދައިން އޭނާއަށް ވެސް ގިނައިން ޝައްކު ކުރެވެން ފަށާފައިވާކަމަށެވެ.

މަންމައަކަށް ވުމުގެ ސަބަބުން އޭނާއަށް ހެޔޮ އަސަރުތަކެއް ކޮށްފައިވާ ގޮތް ވެސް ޕްރިޔަންކާ ދާދި ފަހުން ވަނީ ހިއްސާކޮށްފައެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އުޅޭހެން ހީވަނީ ގިނައިން ރޮމޭންޓިކް ފިލްމުތަކުގައި ދައްކާ ކަހަލަ ހުވަފެނީ ދިރިއުޅުމެއްގައެވެ. ލަވަކިޔުންތެރިޔާ ނިކް އޭނާގެ ބޭބެ ކެވިން އާއި ޖޯއާއެކު މިހާރު އެމެރިކާގައި އެމީހުންގެ ޓުއަރގައި ދަތުރުކުރަމުންދާއިރު، ޕްރިޔަންކާ ވެސް ވަނީ ދަރިފުޅާއެކު އެމީހުންނާ ގުޅިފައެވެ.

ނަމަވެސް މިހުރިހާ ތަރިން ހާޒިރުވުމާއެކުވެސް އެތައް މިލިއަން ފޭނުންގެ ހިތްތައް އަތުލައިގަތީ ޕްރިޔަންކާ އާއި ނިކްގެ އަންހެން ދަރިފުޅު މޯލްތީ މާރީއެވެ. ދާދި ފަހުން ޖޯނަސް ބްރަދާސްގެ ކޮންސެޓެއްގައި ޕްރިޔަންކާ ފެނިފައި ވަނީ މޯލްޓީ މާރީ އަތުގައި ހިފައިގެން އެތަނުން ނުކުމެގެން ދިޔަތަނެވެ. އެމީހުން ފެނުމާއެކު ބެލުންތެރިންނަށް އެމީހުންގެ ފޯރި ހިފެހެއްޓޭ ގޮތެއް ނުވެ އުފާފާޅުކުރުމުގެ ތެރެއަށް ވަދެގެން ދިޔައެވެ.

"މަންމައަކަށް ވުމުގެ ސަބަބުން އަހަރެންގެ އަމިއްލަ އަގަށް ނުވަތަ އިތުބާރަށް އަސަރުކޮށްފައިވާ ކަމެއް ނޭނގެ އެކަމަކު އެކަމުގެ އަސަރު ކޮއްފި އަދި އެކަމުގެ ސަބަބުން އަހަރެން ވަރަށް ބޮޑަށް ސަމާލުކަން މިހާރުދެން" ކަމަށް އިންޓަވިއުއެއްގައި ޕްރިޔަންކާ ބުންޏެވެ. ''ކޮންމެ ދުވަހަކު ވެސް އަހަރެން މިހުރީ، ‘އޯ މައި ގޯޝް، ކޮން ގޯހެއް އަހަރެން ހަދަން އުޅެނީ؟ ނުވަތަ މިކަން ގޯސްކޮށްދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ކިހިނެއް ގޮތަކުން ސެލްފް ސެބޮޓޭޖް ކުރާނީ؟ އަހަރެންނަށް ހީވަނީ އަހަރެންނަކީ ކޮންފިޑެންޓް މީހެއްކަން އަބަދުވެސް ހަނދާންކޮށްދޭން ޖެހޭނެހެން'' އެކްޓަރު އިތުރަށް ބުންޏެވެ.

މިއަހަރުގެ ކުރީކޮޅު އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ)ގެ ޓޯކް ޝޯ ދަ ވިއު) ގެ ހޯސްޓުންނާ އެކު ޗެޓެއްގައި ޕްރިޔަންކާ ވަނީ މަލްޓީ މާރީ އޭނާ އާއި ނިކްގެ ދިރިއުޅުމަށް ޕޮޒިޓިވިޓީގެ ރާޅެއް ގެނައި ގޮތް ހިއްސާކޮށްފައެވެ. އަދި އެ ދެމަފިރިން މަސައްކަތުގައި އަވަދިނެތި އުޅޭއިރު މޯލްޓީ މާރީ ބަލަހައްޓަން އެހީތެރިވެދޭ މަންމަ މަދޫ ޗޯޕްރާ އާއި ކާފަ ޑެނިސް ޖޯނަސް އަށް ވެސް ތައުރީފު ކޮއްފައެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވަނީ ސްޕައި އެކްޝަން ތްރިލާ ސިޓަޑެލް އާއި ރޮމޭންޓިކް ކޮމެޑީ-ޑްރާމާ ލަވް އެގެއިން އިންނެވެ. އޭނާ މިހާރު ދަނީ އެކްޝަން ކޮމެޑީ ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ މަސައްކަތް ކުރަމުން ކަމަށާއި އެ ފިލްމުގައި އޭނާ ފެނިގެންދާނީ އިދްރީސް އެލްބާ އާއި ޖޯން ސީނާއާ އެކުގައެވެ.

ޓެގްސް: ބޮލީވުޑް ޕްރިޔަންކާ ޗޯޕްރާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.