އިމްރާން ޚާން

މުނިފޫހިފިލުވުން

ދިގު މެދުކެނޑުމަކަށް ފަހު އިމްރާން ޚާން އެނބުރި ބޮލީވުޑަށް

ހުސެން ހަމްދާން - އިންޑިއާ | 25 އޮކްޓޯބަރ 2023 , ބުދަ 11:05   583

ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ސްކްރީނަށް އަލުން އައުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

އެންމެ ފަހުން ރޮމޭންޓިކް ފިލްމް "ކައްޓީ ބަޓީ" އިން ފެނިގެންދިޔައީ 2015 ވަނަ އަހަރު ކަމަށާއި އައިއެފްޕީ ފެސްޓިވަލް ސީޒަން 13 ގައި އަލުން އައުން އިއުލާން ކުރި އިރު، އިމްރާން ވަނީ 2024 ވަނަ އަހަރު އެކްޓިން އަށް އެނބުރި އައުމަށް ނިންމާފައިވާކަން ހާމަކޮށް، މިހާރު ސްކްރިޕްޓްތައް ކިޔައި ފިލްމު އުފައްދާ ފަރާތްތަކާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރަމުންދާކަން ފާހަގަކޮށްފައެވެ.

އިމްރާން ޚާން އޭނާގެ ފުރަތަމަ ފިލްމު "ޖާނޭ ޓޫ ޔާ ޖާނޭ ނާ" އާ މެދު ވިސްނާލަމުން ބުނީ އެއީ ސިނަމާއަށް އޭނާގެ ޝައުގުވެރިކަން ހާމަވާ ހަގީގީ ތަމްސީލެއް ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާ ގަޔާވަނީ 1980 ގެ އަހަރުތަކުގެ އިންޑިއާގެ ސިނަމާގައި އާންމު އެކްޝަން ރޯލްތަކަށް ވުރެ "ބެކް ޓު ދަ ފިއުޗާ" ފަދަ ފިލްމުތަކުގެ ކެރެކްޓަރުތަކަށެވެ.

އޭނާ އެނބުރި އައުމާ ގުޅޭ ގޮތުން ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވަނީ ސަމާސާ ގޮތަކަށް އޭނާގެ ޕޯސްޓަށް 1 މިލިއަން ލައިކްސް ލިބިއްޖެ ނަމަ އެކަން ހާސިލް ކުރައްވާނެ ކަމަށް ބުނެފައެވެ. އައިއެފްޕީގެ އިވެންޓުގައި އިމްރާން ފެނިގެންދިޔައިރު، ގިނަ ބެލުންތެރިންނެއްގެ ފަރާތުން އިމްރާނަށް ހޫނު މަރުހަބާއެއް ލިބުނެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.