ބްރަހަމަސްޓްރާ

މުނިފޫހިފިލުވުން

ބްރަހަމަސްޓްރާ 2، އަންނަ އަހަރު ފަހުކޮޅަށް

ހުސެން ހަމްދާން - އިންޑިއާ | 26 އޮކްޓޯބަރ 2023 , ބުރާސްފަތި 08:04   600

ރަންބީރު ކަޕޫރު ހާމަކުރަނީ ބްރަހަމަސްޓްރާ 2 ގެ ސްކްރިޕްޓް ތައްޔާރުވެފައިވާ ކަމަށާއި، 2024 ވަނަ އަހަރު ނިމޭއިރު ސްކްރީންއަށް އަރާފާނެ ކަމަށެވެ.

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު އެނިމަލްއާ ގުޅިގެން ބެލުންތެރިން ކުރާ އިންތިޒާރު ވަރަށް ފޮންޏެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޝަނަލް ފިލްމުގައި އޭނާގެ ހަށިގަނޑަށް އަންނާނެ ބަދަލުގެ އިންތިޒާރުގައި ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ. ދާދި ފަހުން ޒޫމް އިން އޭނާގެ ފޭނުންނާ އެކު ކުރި މުއާމަލާތެއްގައި އެކްޓަރު ވަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވޭ އެހެން ޕްރޮޖެކްޓެއް ކަމަށްވާ ބްރަހަމާސްޓްރާ 2 އާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ.

އެ ވާހަކައިގެ ތެރެއިން ރަންބީރު ހާމަކުރި ގޮތުގައި ބްރަހަމާސްޓްރާ 2 ގެ ސްކްރިޕްޓް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފެށުން އެކަށީގެންވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބްރަހަމާސްޓްރާގެ ފުރަތަމަ އިންސްޓޯލްމަންޓުން ފެށިގެން ފީޑްބެކާއި ފާޑުކިޔުންތައް މެކެރުން ސީރިއަސްކޮށް ނަގައި އެ ގޯސްތައް ތަކުރާރު ނުކުރުމަށް ވައުދުވެފައިވާ ކަމަށެވެ.

ބްރަޙްމާސްޓްރާ: ޕާޓް ވަން އަށް ވިޔަފާރީގެ ކާމިޔާބީ ލިބުނުއިރު، ކްރިޓިކްސްގެ ފަރާތުން މިކްސްޑް ރިވިއުތަކެއް ލިބުނެވެ. މި ފިލްމުގައި ޝިވާގެ ރޯލުން ރަންބީރު ކަޕޫރު ފެނިގެންދިޔައިރު، އިޝާގެ ކެރެކްޓާގެ ރޯލުން ފެނިގެންދިޔައީ އާލިއާ ބަޓް އެވެ. ކަރަން ޖޯހަރު، އަޕޫރްވާ މެހެތާ، އަދި ނަމިތު މަލްހޯތުރާއާ އެކު ފިލްމު ކޯ ޕްރޮޑިއުސްކޮށް، ފިލްމު ޑައިރެކްޓް ކުރީ އަޔާން މުކަރްޖީ އެވެ.

ޓެގްސް: ބޮލީވުޑް ހިންދީ ފިލްމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.