މަޖިލީހުގެ ރައީސް އަދި ނައިބުރައީސް، ނައިބުރައީސް އަދިވެސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާވެސް ނުބޭއްވުނު

ހަބަރު

ރައްޔިތުންގެ މަޖްލީސް، ރައީސް ވަކިކުރާ ޖަލްސާ އަދިވެސް ބޭއްވޭގޮތެއް ނުވޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 އޮކްޓޯބަރ 2023 , އާދީއްތަ 10:18   562

ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ތާވަލްކުރެވުނު ޖަލްސާ ބޭއްވޭގޮތް ނުވެ ކެންސަލްވެއްޖެއެވެ. ކެންސަލްވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުއްﷲ އާލާސްކަންފުޅާއި އުޅުއްވާތީއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އީވާ ހުމުގެ އާލާސްކަންފުޅާއި އުޅުއްވާތާ ހަފްތާއެއްހާ ދުވަސްވެއްޖެއެވެ.

މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއްގައި ކުރާ ބަހުސެއްގައި ރިޔާސަތުގައި އިންނަވަން ޖެހެނީ ނައިބް ރައީސެވެ.

މިއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ދެވަނަ ފަހަރެވެ. ރިޔާސީ އިންތިޚާބުގެ ކުރިންވެސް މިފަދަ މައްސަލައެއް އެމްޑީޕީއިން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް، އިންތިޚާބުގެ ދެވަނަބުރުގައި ޑިމޮކްރެޓުންގެ ތާޢީދު ހޯދިދާނެކަމަށް ބަލައި މައްސަލަ އަނބުރާ ގެންދިޔައެވެ. ނަމަވެސް އަލުން އަނެއްކާ އެމްޑީޕީ އިން މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 49 މެމްބަރުންގެ ސޮޔާއި އެކުއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މިދިޔަ ހަފްތާގައި މީޑިއާތަކާއި ވާހަކަދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ޤަވާއިދުތަކުގައި ފުށުއެރުންތަކެއް ހުރެގެން، އިސްލާހުތަކެއް ގެންނަން އެދިގެން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް ތަފްޞީލެއް ނުދެއްވައެވެ.

އަސްލަމް އާއި އިތުރު މެމްބަރުން ވިދާޅުވީ އެންމެ އިސްކަމެއް ދޭކަމަކީ ރައީސް ނަޝީދު މަޤާމުން ބޭރުކުރުންކަމަށެވެ. އެކަން އެގޮތަށް ފަހިނުވެއްޖެނަމަ އާ ސަރުކާރުގެ ކެބިނެޓަށް އެއްބާރުލުން ނުދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން ޑރ. މުޢިއްޒު ކޮށްދެއްވަންވީކަމެއް ބަޔާންކޮށްދެއްވާފައި ނުވެއެވެ.

މިލިޔުމާއި ގުޅޭ ވީޑިއޯ ފުޓޭޖް

މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް :

އިންތިޚާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމް - އައްޑޫ އަސްލަމް

ޓެގްސް: އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.