އަނަންޔާ ޕަންޑޭ ރާއްޖޭގައި

މުނިފޫހިފިލުވުން

ބޮލީވުޑްގެ ތަރި އަނަންޔާ ޕަންޑޭ، އުފަންދުވަސް ފާހަގަ ކުރަން ރާއްޖޭގައި

ހުސެން ހަމްދާން - އިންޑިއާ | 31 އޮކްޓޯބަރ 2023 , އަންގާރަ 10:31   755

ބޮލީވުޑްގެ ތަރި އަނަންޔާ ޕަންޑޭ އަށް މިއަދު 25 އަހަރު ފުރިފައިވާއިރު، އޭނާގެ ހާއްސަ ދުވަހު ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ދަނީ ހިއްސާކުރަމުންނެވެ.

އަނަންޔާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް މިއަދު ނިކުތީ މޯލްޑިވްސްގައި އޭނާގެ ‘ޕާފެކްޓް ބާރތްޑޭ މޯނިންގ’ ގެ ކުޑަކުޑަ ކުލަވަރުތަކެއް ހިއްސާކުރުމަށެވެ. އަދި ޕްލޭޓްގައި ‘ހެޕީ ބާރތްޑޭ’ ލިޔެފައިވާ ޕެންކޭކްތަކުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަނަންޔާ ޗުއްޓީގައި އުޅެނީ އެކްޓަރު އަދީއްތުޔާ ރޯއީ ކަޕޫރާ އެކު ސޮނޭވާ ޖަނީގައެވެ.

އަނަންޔާ ޕަންޑޭގެ މަންމަ ބަވަނާ ޕާންޑޭ އަކީ އެކްޓަރަށް އުފަންދުވަހުގެ ހެޔޮއެދުންތައް އެންމެ ފުރަތަމަ އެދުނެވެ. ތުއްތު އަނަންޔާގެ ވީޑިއޯއެއް ޕޯސްޓްކޮށް ލިޔެފައިވަނީ ''އަހަރެންގެ ކުޑަކުޑަ ޑްރާމާ ކުއީންސްގެ އުފަންދުވަސް މާދަމާ !!!! ލަވް ޔޫ ޓޫއޫއޫއޫ މޫޗް !!! ♥️ ♥️ @ananyapanday.'' އެކްޓަރު އަދި އަނަންޔާގެ ބައްޕަ ޗަންކީ ޕަންޑޭ ވެސް އޭނާއާ އެކު ސިލްސިލާ ފޮޓޯތަކެއް ހިއްސާކޮށް ލިޔެފައި ވަނީ “ހެޕީ ހެޕީ ހެޕީ ސިލްވަރ ޖުބިލީ މައި ޑާލިންގް އާން 😘 ލަވް ޔޫ ފޯއެވަރ ♥️🎂.”

ހޮނިހިރު ދުވަހު އަނަންޔާގެ ގާތް ރައްޓެހިންގެ ގިނަ ބަޔަކު ވަނީ އެކްޓަރަށް ބާޝްއެއް ވެސް ބާއްވައިފައެވެ.

އަނަންޔާގެ އެންމެ ފަހުން ފެނިފައިވަނީ ޑްރީމް ގާލް 2 އިންއެވެ.

ޓެގްސް: ބޮލީވުޑް އަނަންޔާ ޕަންޑޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.