ބޮލީވުޑް ސުޕަރސްޓާރ، ޝާހްރުކް ޚާންގެ އެންމެ ކާމިޔާބު ދެއަހަރަކީ ވެސް މިއަހަރު

މުނިފޫހިފިލުވުން

ޝާހްރުކް ޚާންގެ އުފަންދުވަސް މިފަހަރު ވަރަށް ކުލަ ގަދަވާނެ

ހުސެން ހަމްދާން - އިންޑިއާ | 2 ނޮވެންބަރު 2023 , ބުރާސްފަތި 10:39   627

ޝާހްރުކް ޚާން 2023 ވަނަ އަހަރު ލިބުނު ކާމިޔާބީ އާއި އެއްކޮށް ވަރަށް ކުލަ ގަދަ އުފަންދުވަހުގެ ހަފްލާއެއް ބާއްވަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝާހްރުކް ޚާންގެ 58 ވަނަ އުފަންދުވަހުގެ ހަފްލާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ގެނެސްދޭން ތައްޔާރުވެފައިވާއިރު، 2023 ވަނަ އަހަރު ކެރިއަރުގައި ކުޅުނު އެންމެ މޮޅު ދެ ފިލްމަކީ ޖަވާން އާއި ޕަތާންއެވެ. އަދި ޝާހްރުކްގެ މި އަހަރުގެ ތިން ވަނަ ފިލުމު ކަމަށްވާ ރާޖްކުމާރު ހިރާނީގެ "ޑަންކީ" ގެ ޓީޒާ ރިލީޒް ކުރާނީ އޭނާގެ އުފަންދުވަހު ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓުގައިވާ ގޮތުން މި ހަރަކާތަކީ އަހަރު ދުވަހުގެ ތެރޭގައި ޝާހްރުކްގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ކަރަން ޖޯހަރު، އާލިއާ ބަޓް، ކާޖޮލް، ދީޕިކާ ޕަޑޫކޯން، ރާޖްކުމާރު ހިރާނީ، އަޓްލީ، ސިދާތު އަނަންދު ފަދަ ތަރިން ބައިވެރިވާނެއެވެ. ޝާހްރުކްގެ ދަރިކަނބަލުން ސުހާނާ ޚާން ވެސް ޒޯޔާ އަޚްތަރުގެ "ދަ އާޗީސް" އިން ފުރަތަމަ ފަހަރަށް ފެނިގެންދާއިރު، ފިލްމުގެ ކޯ ސްޓާރުންނާ އެކު ޕާޓީގައި ބައިވެރިވާނެ އެވެ.

ޝާހްރުކްގެ އުފަންދުވަސް ފެށޭނީ ޑަންކީގެ ޓީޒާ ރިލީޒް ކުރުމުން ކަމަށާއި، އޭގެ ފަހުން ފޭން އިވެންޓެއް ބާއްވާއިރު، ފަހުން ކޮންމެ އަހަރަކު ވެސް މަންނާތުގެ ބޭރުގައި އެއްވެ އުފަންދުވަސް ފާހަގަކުރާ ފޭނުންނަށް ރާޅު ސަލާމް ގޮވާނެ ކަމަށެވެ. އެއަށްފަހު އޭނާ މިސްރާބު ޖަހާނީ ބަންޑާރަ ބީކޭސީގައި ބާއްވާ އޭނާގެ ޕާޓީއަށެވެ.

ޕަތާން އާއި ޖަވާން އާއި އެކު ބޮޑު އަހަރެއް ހޭދަކުރުމަށްފަހު ޝާހްރުކް މިހާރު ހުރީ ޑަންކީ އަށް ކެތްމަދުވެފައެވެ. 2023 ވަނަ އަހަރު ރިލީޒްކުރި ތިން ފިލްމުގެ ކުރިން އެސްއާރުކޭ އޮތީ ފިލްމުތަކުން އެދެވޭ ނަތީޖާއެއް ނުނެރެވިއެވެ. އާނަންދު އެލް ރައިގެ ޒީރޯ އަށް ފަހު އޭނާ އެއްވެސް ލީޑިން ރޯލަކުން ފެނިފައެއް ނުވެ އެވެ.

ޑަންކީ އަކީ މީގެ ކުރިން ސަންޖޫ، ޕީކޭ، 3 އިޑިއަޓްސް އަދި މުނާބައީ ސީރީޒް ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ރާޖްކުމާރު ހިރާނީއާ އެކު އެސްއާރުކޭގެ ފުރަތަމަ ކޯލަބްރޭޝަން އެވެ. ހިރާނީގެ ކެރިއަރުގައި މިހާތަނަށް ފްލޮޕެއް ގެނެސްދީފައި ނުވާއިރު، އޭނާ މަޝްހޫރުވެފައިވަނީ ހިންދީ ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރުގެ ގޮތުގައެވެ.

ޓެގްސް: ބޮލީވުޑް ޝާޙްރުކް ޚާން (އެސްއާރުކޭ)
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.