ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ

ހަބަރު

ތަފާތު ދެކަމަށްވާތީ އީވާގެ އުޒުރު ބަލައިނުގަންނަން - މަޖިލީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ނޮވެންބަރު 2023 , އާދީއްތަ 10:21   420

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ, މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީ ފޮނުއްވައި ބަޔާންކޮށްދެއްވި އުޒުރުގެ ބަލައިގަތުމަށް ގަތުމަށް އެއިދާރާއިން އިންކާރުކޮށްފިއެވެ.

އީވާ އެސިޓީގައި ވިދާޅުވެފައިވަނީ ސުޕްރީމްކޯޓަށް އެމަސައްލަ ސާފުކޮށްދިނުމަށް އެދި ހުށަހެޅިފައިވާތީ، މައްސަލައިގައި ސުޕްރީމް ކޯޓުގެ ބަހެއް ނުހޯދައިގައި ރިޔާސަތަށް ވަޑައިގަންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާކަމަށެވެ.

އެއިދާރާއިން މަޢްލޫމާތު ދެއްވާގޮތުގައި އެކަން އެގޮތަށް ބަލައި ނުގަންނަނީ އެއީ ތަފާތު ދެ މައްސަލައަކަށް ވާތީކަމަށެވެ.

ވެރިކަންކުރާ ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

އަދި ދެވަނަ ކަމަކަމަށް ސާފުކުރަން އެދިފައިވަނީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއްޖެ ނަމަ އޭގައި ގޮތެއް ނިންމައި ކުރިއަށް އިތުރުކަމެއް ނުގެންދެވޭނަކަމަށް އޮންނަ އޮތުން ސާފުކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10.00 އަށް ތާވަލުކޮށްފައެވެ.

މިލިޔުމާއި ގުޅޭ:

ސުޕްރީމްކޯޓުން ގޮތެއް ނިންމެންދެން ރިޔާސަތުގައި އިންނަން އުޒުރުވެރިވަން - އީވާ

ޓެގްސް: އެމްޕީ އީވާ ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.