ޑަންކީގެ ޕޯސްޓަރުތައް

މުނިފޫހިފިލުވުން

ޝާހްރުކް ޚާންގެ އާ ފިލްމް ޑަންކީގެ ޕޯސްޓަރުތައް ދައްކާލައިފި

ހުސެން ހަމްދާން - އިންޑިއާ | 7 ނޮވެންބަރު 2023 , އަންގާރަ 10:56   641

ރާޖްކުމާރު ހިރާނީގެ ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ޑަންކީ ޑިސެމްބަރު 21 ގައި ސްކްރީންތަކަށް އަންނާނީ ޕްރަޝާންތު ނީލްގެ ވަރަށް އިންތިޒާރު ކުރެވިފައިވާ ޕްރަބާސް ލީޑް ރޯލުން ފެނިގެންދާ ސަލާރް ޕާޓް 1 – ސީޒްފައިއާ އާ އެކުގައެވެ.

ޑަންކީގެ ފުރަތަމަ ޓީޒާ ރިލީޒް ކުރިތާ ދުވަސްތަކެއް ފަހުން ޝާހްރުކް ހާން ވަނީ ފިލްމުގެ އާ ދެ ޕޯސްޓަރެއް ދައްކާލައިފައެވެ. ފުރަތަމަ ޕޯސްޓަރުގައި ޝާހްރުކް ޚާން އިތުބާރާއެކު ކެމެރާއާ ދިމާއަށް ހިނގާފައި ދާތަން ފެންނައިރު، ތާޕްސީ ޕަންނޫ، ވިކީ ކައުޝަލް، ވިކްރަމް ކޮޗާރ އަދި އަނިލް ގްރޯވަރ ވެސް ރަސްމީ ހެދުން އަޅައިގެން ފައިލް ހިފައިގެން ތިބި ކަމުން އިންޓަވިއުއަކަށް މިސްރާބު ޖަހާފައިވާ ކަމަށް ބެލެވެއެވެ.

ދެވަނަ ޕޯސްޓަރުގައި ފެންނަނީ ހަމަ އެ ގްރޫޕުން އެކަހެރި ސަރަހައްދެއްގައި ގަދަ ބިމެއްގައި ދަތުރުކުރަމުންދާތަނެވެ. އަނެއް ބަޔަކު ވަރުބަލިވެފައި ތިބިހެން ހީވާއިރު، އެސްއާރުކޭ އެއް ދިމާލަކަށް ބަލާލަނީ، ހީވާގޮތުން ފަޅުކަމުން އަރައިގަނެވޭނެ މަގެއް ލަފާކޮށްގެންނެވެ. އޭގެ އިތުރުން ޓާޕްސީ ފެންނަނީ ޖިސްމާނީ ބުރަކަމުން ބިރު ނުގަނެ، އެސްއާރުކޭ އަށް ހިނިތުންވެލަމުންނެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓަރުތައް ހިއްސާ ކުރަމުން ޝާހްރުކް ޚާން ލިޔެފައިވަނީ ''ހޫމް ބިލްކުލް އުސީ ތަރާހް ދިކް ރަހޭ ހޭން ޖައިސޭ ރާޖޫ ސިރް ނޭ އަޕްނޭ 'އުއްލޫ ކޭ ޕަތްތޯން' ކޯ އިމަޖިނޭ ކިޔާ ތާ... އިންކޭ ބާރޭ މެއިން ބަހޯޓް ކުޗް ޝެއާ ކަރްނާ އަބީ ބާކީ ހޭ..'' (އަހަރެމެން ބަލާލަނީ ހަމަ ރާޖޫ ސަރ (ރާޖްކުމާރު ހިރާނީ) އޭނާގެ 'އުއްލޫ ކޭ ޕަތްތޯން' ކަމަށް ތަސައްވަރު ކުރި ގޮތަށެވެ.އެމީހުންނާ ބެހޭ ގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ހިއްސާ ކުރަން އެބަހުއްޓެވެ).

އިނގިރޭސިވިލާތާއި ކެނެޑާ އަދި އެމެރިކާ ފަދަ ގައުމުތަކަށް ގާނޫނާ ހިލާފު ބެކްޑޯ އެންޓްރީ ޓެކްނިކެއް ކަމަށްވާ ޑޮންކީ ފްލައިޓްގެ ކޮންސެޕްޓަށް ބިނާކޮށް ޝާހްރުކް ޚާން ކުޅެފައިވަނީ ޑަންކީގައި ހާޑީ ކިޔާ މީހެއްގެ ރޯލެވެ.

ޑަންކީ އަކީ މި އަހަރު އެސްއާރުކޭގެ ތިން ވަނަ ފިލްމް ކަމަށްވާއިރު، ޖެހި ޖެހިގެން ބްލޮކްބަސްޓަރ ދެ ފިލްމެއް ކަމަށްވާ ޕަތާން އާއި ޖަވާން އަށް 2000 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ. ޑިސެމްބަރު 21 ވަނަ ދުވަހު މި ފިލްމު ސްކްރީނަށް އަންނާނެއެވެ.

ޓެގްސް: ބޮލީވުޑް ޝާޙްރުކް ޚާން (އެސްއާރުކޭ)
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.