ނަވާޒުއްދީން ސިއްދީގް

މުނިފޫހިފިލުވުން

ނަވާޒުއްދީން ވެސް ފެއާނެސް ކްރީމްތައް އުނގުޅި

ހުސެން ހަމްދާން - އިންޑިއާ | 11 ނޮވެންބަރު 2023 , ހޮނިހިރު 10:51   151

ނަވާޒުއްދީން ސިއްދީގް ބުނީ އޭނާ ފެއާނެސް ކްރީމްތައް އުނގުޅި ކަމަށެވެ. އެކަމަކު އެއްވެސް ބަދަލެއް ނައުމުން ރީތި ކުއްޖެއް ނޫން ކަމަށް ގަބޫލްކުރީކަމަށެވެ.

ނަވާޒުއްދީން ސިއްދީގް ފިލްމުތަކުގައި ޖާގަ ހޯދަން ފެށުމުން އޭނާ ލޭބަލް ކުރެވުނީ 'އަންކޮންވެންޝަނަލް' ބަޠަލެއްގެ ގޮތުގައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ހިއްސާކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާއަކީ ވެސް "ރަނގަޅު ރީތި މީހެއް ނޫން" ކަމަށް ގަބޫލުކުރި ނަމަވެސް އަމިއްލަ ނަފްސަށް އިތުބާރު ލިބުނީ ވަރަށް ފަހުންނެވެ. އަދި އެކަން ކުރުމުން އޭނާއަށް ވިސްނުނީ ތިމާ ހުންނަ ގޮތާ މެދު އިތުބާރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބޮލީވުޑް ބަބަލްއާ ވާހަކަ ދައްކަމުން ސެކްރެޑް ގޭމްސްގެ އެކްޓަރު ބުނީ އެހެން ގިނަ ބަޔަކު ފަދައިން ފެއާނެސް ކްރީމްތަކުގެ ދުނިޔެއަށް ވެސް ވަދެވުނު ކަމަށާއި ނަމަވެސް މަޑުމަޑުން އެކަމުގައި އެއްވެސް ކަމެއް ނެތްކަން ވިސްނުނު ކަމަށެވެ. ''އަހަރެންގެ ފުރަތަމަ ދުވަސްވަރު އިންސެކިއުރިޓީގައި ހުރީ ހަމުގެ ކުލައިގެ ސަބަބުން. ކުރިން ވަރަށް ގިނައިން ކްރީމް އުނގުޅާ ނަމަވެސް އެއްވެސް ބަދަލެއް ނާދެއެވެ. ފަހުން ވިސްނުނީ އެއީ ކޮން އެއްޗެއްކަން'' އޭނާ ބުންޏެވެ. އެކްޓަރު އިތުރަށް ބުނީ އޭނާގެ ވަށައިގެން ތިބި އެހެން މީހުންނަށް އޭނާއަކީ އެހާ ރީތި ނޫން މީހެއް ކަމަށް ހީވާތީ އޭނާ ވެސް ގަބޫލުކުރި ނަމަވެސް އެ މާހައުލުން ނުކުތުމުން އެކަން ބަދަލުވި ކަމަށެވެ.

ނަވާޒުއްދީން ސިއްދީގް އެންމެ ފަހުން ފެނިފައިވަނީ ޒީ5 ގެ "ހައްދީ" އިންނެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.