ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގައި ހުއްޓިވަޑައިގެން

ހަބަރު

ދިވެހިރާއްޖޭގެ 8 ވަނަ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ނޮވެންބަރު 2023 , ހުކުރު 18:27   471

ދިވެހިރާއްޖޭގެ 8 ވަނަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ނައިބު ހުސެން މުޙައްމަދު ލަޠީފް ރިޔާސީ ހުވާކުރައްވައިފިއެވެ.

މިހުވާ ކުރެއްވުން އޮތީ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރުއެވެ.

ހުވާ ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މުޙައްމަދު މޫތަސިމް އަދުނާނުއެވެ.

4000 އަށްވުރެ ގިނަ މީހުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

އުއްމީދީ ވާހަކަތަކެއް ދެއްކެވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި، ޤައުމިއްޔަތު ދިރުވުމުމާއި، ދިވެހިރާއްޖޭގެ އިސްތިޤްލާލްު ދެމެހެއްޓުމުގެ މުޙިއްމު

މައިގަނޑު ނުކުތާތައް

- ޢަޚްލާގާއި ދީނާއި މަސައްކަތްތެރިކަން ދިރުވާނަން

- ދިރާސާ ކުރުމާއި، ތަޢްލީމީ ޤާބިލް ބޭފުޅުންނަށް އިސްކަންދެއްވާނެ

- ޤައުމު އޮތީ އިޤްތިޞާދީ އަނދަވަޅެއްގައި

- ދަރަނިތައް 100 ބިލިއަނަށްވުރެ ބޮޑުވެފައި، ބޭނުންވަނީ އަވަސް ފަރުވާ

- ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުން މިހިންދުން މިހިނދަށް ނިމުނީ

- ވެލާނާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުން އެއީ ބޮޑު ކަންބޮޑުވުމެއް

- ގެދޮރުވެރިކަމުގެ އާ ރަން ޒަމާނެއް ގެނެސްދޭނަން

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ހުސެން މުޙައްމަދު ލަޠީފް
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާ، މުޙައްމަދު މޫތަިމް އަދުނާން
ރަސްމިއްޔާތުގެ ބައިވެރިން
ބޭރުގެ ޢިއްޒަތްތެރިން
ރައީސް މުޢިއްޒު ހުވާގެ އިޤްރާރުގައި ސޮއި ކުރައްވަނީ
ރައީސް މުޢިއްޒު ރަސްމިއްޔާތައް ވަޑައިގަތުން

ވީޑިއޯ - އުސްއަލިތައް

މިލިޔުމާއި ގުޅޭ

އާ ރައީސް އާއި ވަޒީރުން ހުވާކުރުން ހަވީރު، ހަވާއެރުވުން މިރޭ

ޓެގްސް: ރައީސް ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.