ޗައިނާގެ އަސްކަރީ އުޅަދުފަހަރު ތަކެއް

ދުނިޔެ

ޑައިވަރުންނާ ދެކޮޅަށް ޗައިނާއިން ބޭނުންކުރީ ސޮނާރު ދަޅު: އޮސްޓްރޭލިއާ

ދާނިޝް - އޮސްޓުރޭލިއާ | 20 ނޮވެންބަރު 2023 , ހޯމަ 08:52   452

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި ޗައިނާގެ ކަނޑުގެ ސިފައިން ސޮނާރު ދަޅު (ސޯލާރ ޕަލްސް) ބޭނުންކުރާ ކަމަށް އޮސްޓްރޭލިއާ އިން ތުހުމަތުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، މި ހަފުތާގެ ކުރީކޮޅު ޖަޕާނާ ދެކޮޅަށް ހިނގި ކުރިމަތިލުމުގައި ޗައިނާގެ ހަނގުރާމަމަތީ އުޅަނދަކުން "ނުރައްކާތެރި އަދި ޕްރޮފެޝަނަލް ނޫން" ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ފްރިގޭޓަކާ ކައިރިވީ ޑައިވަރުން އެ ބޯޓުގެ ޕްރޮޕެލާތަކުން މަސްވެރިން ބޭނުންކުރާ ނެޓްތައް ކްލިއާ ކުރަމުން ދަނިކޮށެވެ.

އޭގެ ފަހުން ޗައިނާގެ ބޯޓުން ނުރައްކާތެރި ސޮނާރު ދަޅު ބޭރުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން އޮސްޓްރޭލިއާގެ ޑައިވަރުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވި ކަމަށާއި، ފެނުން އުޅަނދުތަކަށް އަރައިގަންނަން މަޖުބޫރުވި ކަމަށް ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. އަދި

ޑައިވަރުންނަށް ކުދި ކުދި ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެއީ ސޮނާރުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް މާލްސް ވިދާޅުވި އެވެ.

"އޮސްޓްރޭލިއާ އިން އުންމީދު ކުރަނީ ޗައިނާ ހިމެނޭ ގޮތަށް ހުރިހާ ގައުމަކުން ވެސް އެ ގައުމުތަކުގެ އަސްކަރިއްޔާތައް ޕްރޮފެޝަނަލް އަދި ރައްކާތެރި ކަމާއެކު ހިންގޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގައެވެ. އެޗްއެމްއޭއެސް ޓޫވޫމްބާ އަކީ އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ތާއީދުކޮށް އޮޕަރޭޝަންތައް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށް މާލެސް ވިދާޅުވި އެވެ.

ލަންޑަނުގެ ޖަމިއްޔާއެއް ކަމަށްވާ ޑައިވިން މެޑިކަލް އެޑްވައިޒަރީ ކޮމިޓީން ބުނި ގޮތުގައި ކަނޑުއަޑީގެ އަޑު ގަދަވުމުގެ ސަބަބުން ޑައިވަރުންނަށް އަޑުއިވުމުގެ ގެއްލުން ނުވަތަ އެހެނިހެން ޒަހަމްތައް ލިބުމަށް މަގުފަހި ކުރުވާނެއެވެ.

އޮސްޓްރޭލިއާގެ ދުރު ރާސްތާގެ ފްރިގޭޓް އެޗްއެމްއޭއެސް ޓޫވޫމްބާ އިން ވަނީ އާދައިގެ މެރިޓައިމް ޗެނަލްތަކުގައި ޑައިވިން އޮޕަރޭޝަންތައް ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސިގްނަލްތައް ބޭނުންކޮށްގެން ހިންގުމުގެ ވާހަކަތަކެއް މީގެ ކުރިން ހިއްސާ ކޮށްފައެވެ.

މި ހާދިސާ މިހިނގީ މި މަހުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޕެސިފިކް ގެ ބާރުތަކުގެ މެދުގައި އޮތް ގުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައިވާ ވަނިކޮށެވެ.

އޮސްޓްރޭލިއާގެ މި ތުހުމަތާއި ގުޅިގެން ޗައިނާގެ ބަހެއް އަދި ލިބިފައި ނުވާއިރު، މި ހާދިސާ އާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރު ގަދަވަމުންދާތީ އޮސްޓްރޭލިއާއި ޗައިނާގެ ނުތަނަވަސްވެފައިވާ ދާޙިލީ ގުޅުމަށް އިތުރަށޤ ނޭދެވޭ އަސަރު ކުރުން ގާތް ކަމަށް ކަމާބެހޭ މާހިރުން ގަބޫލުކުރެއެވެ.

ޓެގްސް: އޮސްޓްރޭލިއާ ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.