މިސްރުގައި ތާށިވެފައި ހުރި ފަލަސްތީނުގެ ފިރިހެނަކު ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ބޯޑަރު ކްރޮސިންއަށް އައުމުން މަރުހަބާ ކިޔަނީ

ދުނިޔެ

ހަނގުރާމަ އަދި ނުނިމޭ ކަމަށް ބުނެ އިސްރާއިލުން އިންޒާރު ދީފި

ދާނިޝް - މެދުއިރުމަތި | 25 ނޮވެންބަރު 2023 , ހޮނިހިރު 09:55   412

މިއަދު ފަތިހު އަމަލުކުރަން ފެށި އިސްރާއީލާއި ހަމާސްއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމަ މެދުކަޑައިލުމުގެ އެއްބަސްވުން، ކުރިއަށް ދަމުންދާއިރު، އިސްރާއީލުގެ ދިފާއީ ބާރުތަކުން "ހަނގުރާމަ އަދި ނުނިމޭ" ކަމުގެ އިންޒާރު ދީފިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހަނގުރާމައިގެ ހަމަލަ ބަދަލުކުރުން ހުއްޓާލަން ފެށީ ރާއްޖެ ގަޑިން މިއަދު ހެނދުނު 7:00 ގައި (ޖީއެމްޓީ ގަޑިން ފަތިހު 5:00) ގައިއެވެ.

ހަމާސް ޖަމާއަތުން އެންކްލޭވްގައި ހިފަހައްޓައިގެން ތިބި މީހުން ދޫކޮށްލުމުގެ މަސައްކަތް މިއަދު މެންދުރު ފަހު ވަނީ ފަށައިފަ އެވެ. ކުޑަކުދިންނާއި އެކުދިންގެ މައިން ހިމެނޭ ކަމަށް ބެލެވޭ 13 މީހުންގެ ގުރޫޕެއް ހުކުރު ދުވަހުގެ ހަވީރު 4:00 ހާއިރު މިނިވަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަނގުރާމަ އަދި ނިމިފައެއް ނުވެއެވެ. އިންސާނީ އެހީތެރިކަން ދެމެހެއްޓުމަކީ ވަގުތީ ކަމެއް،" ހަނގުރާމަ ހުއްޓާލުމުގެ ކުޑަ އިރުކޮޅެއް ކުރިން މިއަދު ހެނދުނު އައިޑީއެފްގެ ތަރުޖަމާނު އަވިޗޭ އަދުރައި ދިން ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދަކީ ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދެއް ކަމަށާއި އުތުރަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ރައްކާތެރިކަމަށްޓަކައި ދެކުނުގެ ހިއުމެނިޓޭރިއަން ޒޯންގައި ތިބެންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އައިޑީއެފް އިން މިހެން ބުނެފައި ވާއިރު ޣައްޒާގެ ދެކުނުގައި އޮންނަ ރަފާއަށް ވަނީ ޣައްޒާގެ ރައްޔިތުނަށް އިންޒާރުދީ ލީފްލެޓް ތަކެއްވެސް ވައްޓާފައެވެ. މި ލީފްލެޓް ވައްޓާލީ ހަނގުރާމަ އަދި ނުނިމޭ ކަމަށް ބުނެ، ޣައްޒާގެ އުތުރުގެ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އިންޒާރު ދިން ނަމަވެސް ފަލަސްތީނުގެ ގިނަ ބަޔަކު ދަނީ ޣައްޒާގެ އުތުރުގައިވާ އެމީހުންގެ ގެތަކަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. މި ސަރަހައްދުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ދެ މީހަކު މިއަދު ޝަހީދުކޮށްލާފައިވާއިރު، އިތުރު 11 މީހުން ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މިސްރުގައި ތާށިވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން ޣައްޒާއަށް އެނބުރި އަންނަން ފަށާފައި ވާކަމަށެވެ. ރަފާ ކްރޮސިންގައި ހުންނަ ފަލަސްތީނު އެމްބަސީގެ މަންދޫބު އަދި ސިނާއީ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ މުޖުތަމައުގެ އިސްވެރިޔާ ކަމާލް އަލް ޚަތީބު ވިދާޅުވީ މިސްރުގެ ކަމާބެހޭ ފަރާތްތަކާއި ގާހިރާގައި ހުންނަ ފަލަސްތީނު އެމްބަސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެލްއަރީޝްގައި ތާށިވެފައި ތިބި ފަލަސްތީނު މީހުން ޣައްޒާއަށް އެތެރެވާން ފަށާފައިވާ ކަމަށާއި ބޯޑަރު ކައިރީގައި އޮންނަ އެ އަވަށުގައި ތާށިވެފައި ތިބި ފަލަސްތީނުގެ 920 މީހުން އެބަތިބި ކަމަށެވެ.

އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ބައެއް ގައިދީން މިނިވަންކުރުމަކީ "އުންމީދީ" ކަމެއް ކަމަށާއި އެކަމުގެ ސަބަބުން "ގައިދީން މުޅިން ބަދަލުކުރުމުގެ މަގު ހުޅުވިގެންދާނެ" ކަމަށް ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ މިވަނީ ވިދާޅުވެފައެވެ.

"އޭގެ މާނައަކީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގ

ޓެގްސް: އިޒްރޭލް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.