މިއަދު ބޭއްވުނު އިސްލާމިކް މިނިސްޓްރީގެ ސީނިއަރމެނޭޖްމަންޓް ބައްދަލުވުން

ހަބަރު

ޝަހީމު އެންމެފަހުން ނިންމެވީ އިނގިރޭސިން ޚުތުބާ ކިއުމުގެ ބަދަލުގައި، ތަރުޖަމާ ފޯރުކޮށްދިނުމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޑިސެންބަރު 2023 , އާދީއްތަ 11:25   948

މިދިޔަ ހުކުރު ދުވަހުގެ ހުކުރަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު، ޚުތުބާ އިނގިރޭސިން ކިއުމާއިމެދު، ސޯޝަލްމީޑިއާގައި ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތަށްފަހު، ޚުތުބާގެ ތަރުޖަމާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ނިންމަވައިފިއެވެ.

މިނިންމެވުން ނިންމެވީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު އެމިނިސްޓްރީގެ އިސް މެނޭޖްމެންޓާއިއެކު ބޭއްވުނު ބައްދަލުވުމަށްފަހު ކަމަށް މިނިސްޓަރ ޝަހީމު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ ނިންމުމަކީ ހަމަ ކުރިންވެސް ކިޔަމުން އައިގޮތަށް ދިވެހި ބަހުން ޚުތުބާ ކިޔަމުން ގެންދިއުމަށެވެ.

މި ނިންމެވުން ނިންމަވާފައިވަނީ، ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގައި އެހެން ބަހަކުން ޚުތުބާކިޔަން ނޭދޭކަމަށް ބުނެ އަޑު އުފުލާފައިވަނިކޮށެވެ. އެ ފަރާތްތަކުން ބުނަނީ ދިވެހި ބަހުން ޚުތުބާކިޔާ އެހެން ޤައުމެއް ނެތް ކަމަށާއި، ކޮންމެ ޤައުމެއްގައި ވެސް ޚުތުބާ ކިޔަނީ އެބައެއްގެ އަމިއްލަ ބަހުރުވައިން ކަމަށެވެ. އަދި އެހެން އެކަން އެގޮތަށް ކޮށްފިނަމަ ދިވެހިންގެ ބަސް ގެއްލި ދިވެހި އާދަކާދައަށް އަސަރުކުރާނެކަމަށެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުން. ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދާނެ. އަދި ލައިވްކޮށް އިނގިރޭސިން ސަބްޓައިޓަލް އަރާ ގޮތައް ހަދާނެ. އިންޝާ ﷲ. އިޝާރާތުގެ ބަހުން ވެސް ޚުޠުބާ ލައިވްކޮށް ގެނެސްދެވޭތޯ ބަލާނެ އިންޝާ ﷲ.

~ މިނިސްޓަރ ޝަހީމު

މީގެ ކުރިން މިނިސްޓަރ ވިދާޅުވީ އިނގިރޭސިން ޚުތުބާކިޔަން ހުށަހަޅުއްވަނީ ބޭރުމީން ހޭލުންތެރިކުރުމުގެ މަޤްޞަދުގައިކަމަށެވެ. ނަމަވެސް، މިއަދު ވިދާޅުވީ ހޭލުންތެރިކުރުމުގެބައި ދެން ކުރިއަށް ގެންދާނީ ވަކި ޙަރަކާތްތަކެއްގެ ގޮތުގައި ކަމަށެވެ.

މިލިޔުމާއި ގުޅޭ

އިނގިރޭސި ބަހުން ޚުތުބާކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންފުޅުވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

ޓެގްސް: ޑރ.ޝަހީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.