2 ޑިސެމްބަރ 2023، މާލެ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ކުރިއަށްދާ ކޮޕް 28 އދ.ގެ ކްލައިމެޓް ސަމިޓް

ދުނިޔެ

ކޮޕް28: 2030 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ތިން ގުނަ އިތުރުކުރުމަށް 110 އަށްވުރެ ގިނަ ގައުމުން ވައުދުވެއްޖެ

ދާނިޝް - ދެކުނު އޭޝިޔާ | 4 ޑިސެންބަރު 2023 , ހޯމަ 08:06   555

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 2030 ވަނަ އަހަރުގެ ނިޔަލަށް ތިން ގުނަ އިތުރުކޮށް، ހަކަތައިގެ އެފިޝިއަންސީ އިމްޕްރޫވްމަންޓްގެ އަހަރީ ރޭޓް ދެގުނަ އިތުރުކުރުމަށް 110 އަށް ވުރެ ގިނަ ގައުމުން މިދިޔަ ހޮނިހިރު ދުވަހު، ދުބާއީގައި ކުރިއަށްދާ ކޮޕް 28 ސަމިޓުގައި ވައުދުވެއްޖެއެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ 2024 ވަނަ އަހަރު އޯޕެކާ ގުޅެން އުޅޭ ކަމަށާއި ނަމަވެސް ތެޔޮ އުފައްދާ ފަރާތްތަކަށް އަންގާނީ "ފޮސިލް ފިއުލް މަދުކުރުމަށް" ތައްޔާރަށް ތިބުމަށް ކަމަށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ތެޔޮ އުފައްދާ 10 ގައުމުގެ ތެރޭގައި ހިމެނޭ ބްރެޒިލުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް 3.7 މިލިއަން ފީފާ އަށް އަރާފަ އެވެ.

ޕްލެނެޓް ހޫނުކުރާ ތެލާއި ގޭހުގެ އާ އުފެއްދުންތައް ހުއްޓާލުމަށްމޫސުމަށް ނުރައްކާވާ ޖަޒީރާ ގައުމުތަކުގައި ހިމެނޭ ކޮލަމްބިއާއިން ވަނީ މި އަހަރުގެ ކޮޕް-28 ގައި ގޮވާލާފައެވެ.

ކޮލަމްބިއާގެ އެންވަޔަރަންމަންޓް މިނިސްޓަރު ސުޒޭނާ މުހައްމަދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން ފޮސިލް ފިއުލް އެކްސްޕްލޮއިޓޭޝަން ފުޅާކުރުމުގެ ވިސްނުން ގެންގުޅުމަކީ ބިރުވެރި ކަމެއް ކަމަށެވެ.

ސައިންސްވެރިންގެ އިތުރުން އިންޓަނޭޝަނަލް އެނާޖީ އެޖެންސީ އާއި އދ.ގެ އެންވަޔަރަންމަންޓް ޕްރޮގްރާމުން ވެސް ވަނީ ދުނިޔެ ހޫނުވުން ޕްރީއިންޑަސްޓްރިއަލް ލެވެލްއަށް ވުރެ 1.5 ޑިގްރީ ސެލްސިއަސްއަށް ހިފެހެއްޓުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކަނޑައަޅާފައިވާ އަމާޒަށް ނުފެތޭ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ފޮސިލް ފިއުލް ނޮން-ޕްރޮލިފަރޭޝަން ޓްރީޓީއަކަށް ގޮވާލުމަކީ މައިގަނޑު ގޮތެއްގައި ޕެސިފިކް، ކެރީބިއަން އަދި އޭޝިއާގެ ޖަޒީރާ ގައުމުތަކުގެ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދާ މުއާހަދާއެކެވެ. ކޮލަމްބިއާގެ މި ގޮވާލުމާއި އެކު، އެ ޖަމާއަތުގެ މެމްބަރުކަން 10 ގައުމަކަށް ލިބިފައިވާއިރު، އެ ޖަމާއަތުގެ ސަޕޯޓަރުންގެ ތެރޭގައި ސިޓީތަކާއި ޔޫރަޕިއަން ޕާލަމެންޓާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވެސް ހިމެނެ އެވެ.

އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އދ.ގެ ކޮޕް 28 ކޮންފަރެންސްގައި ވިދާޅުވީ ދުނިޔޭގެ ކްލައިމެޓް ފަންޑަކަށް އެމެރިކާއިން ތިން ބިލިއަން ޑޮލަރުގެ އެހީއެއް ދޭނެ ކަމަށެވެ. ސަމިޓުގައި ދުނިޔޭގެ ލީޑަރުންނަށް ދެއްވި ބަސްދީގަތުމެއްގައި ހެރިސް ވިދާޅުވީ، "މިއަދު އަޅުގަނޑުމެން މި ދައްކަނީ ދުނިޔެއަށް މި (މޫސުމީ) ކާރިސާއިން އަރައިގަނެވޭނެ ގޮތާއި ކުރިމަތިލާންޖެހޭ ގޮތް": ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އިއާދަކުރަނިވި ހަކަތަ ތިން ގުނަ އަށް އިތުރުކުރުމުގެ ވައުދު ވެފައިވާ 110 ގައުމުން، ކޮޕްގެ ފައިނަލް ނިންމުމުގައި މި ޓާގެޓްތައް ހިމެނުމަށް ގޮވާލާފަ އެވެ.

ނަމަވެސް މި އަމާޒަށް ވާސިލުވުމަށް ބޭނުންވާ ބޮޑެތި އިންވެސްޓްމަންޓްތައް ސަރުކާރުތަކާއި ކުންފުނިތަކުން އެއްކުރާނެތޯ މިއީ ބައިނަލް އަޤްވާމީ މީޑީއާގައި އުފެދިފައިވާ ސުވާލެކެވެ. މިހާރުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވާއިރު، ޚަރަދުބޮޑުވުމާއި، މަސައްކަތްތެރިންގެ ދަތިކަމާއި، ސަޕްލައި ޗެއިންގެ މައްސަލަތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ޕްރޮޖެކްޓްތައް ލަސްވެ، ކެންސަލްވުމުގެ ސަބަބުން އޯރސްޓެޑް އަދި ބީޕީ ފަދަ ޑިވެލޮޕަރުންނަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފައެވެ.

އދ.ގެ ކްލައިމެޓް ސަމިޓުގެ އެންމެ ފަހުގެ ނިންމުމަށް މި އެއްބަސްވުން ގެނައުމަކީ ވެސް އެތަނުގައި ތިބި ގާތްގަނޑަކަށް 200 ގައުމުގެ މެދުގައި އިއްތިފާގެއް ބޭނުންވާނެ ކަމެކެވެ. 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އިޔާދަކުރަނިވި ހަކަތަ ތިން ގުނައަށް އިތުރުކުރުމަށް ދުނިޔޭގެ އާބާދީ އެންމެ ބޮޑު، ޗައިނާ އާއި އިންޑިއާއިން އެއްބާރުލުން ދޭނެ ކަމުގެ އިޝާރާތެއް ދީފައިވި ނަމަވެސް، މި ވައުދަށް ތާއީދު ކުރާނެ ކަން އެއްވެސް ގައުމަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ދެކުނު އެފްރިކާ، ވިއެޓްނާމް، އޮސްޓްރޭލިއާ، ޖަޕާން، ކެނެޑާ، ޗިލީ އަދި ބާބާޑޯސް އަކީ މިހާރުވެސް ބޯޑުގައި ތިބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ޓެގްސް: ކޮޕް ސަމިޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.