ހިއުމައިން ރައިޓްސް ކަމިޝަނުން ކުރިއަށް ގެންދިޔަ ޙަރަކާތެއްގެ ތެރެއިން

ހަބަރު

އިންސާނީ ޙައްޤުތަކާއިގުޅޭ "އޮންލައިން ކުއިޒް" އަކަށް އެޗްއާރުސީއެމް އިން ހުޅުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ޑިސެންބަރު 2023 , ބުރާސްފަތި 22:45   688

އިންސާނީ ޙައްޤުތަކުގެ ކުއިޒް 2023 ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ ކުއިޒްއަކަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުޅުވާލައިފިއެވެ.

މިއީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރިއަށްގެންދާ މުބާރާތެއްކަމަށް އެޗްއާރުސީއެމް އިން މަޢްލޫމާތު ދެއްވާފައިވެއެވެ. ދުނިޔޭގެ އިންސާނީ ޙައްޤުތަކާއިގުޅޭ ދުވަހަކީ 10 ޑިސެމްބަރެވެ.

މި މުބާރާތް އޮންނާނީ 07 ޑިސެމްބަރ 2023 އިން 11 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް އޮންލައިން ކޮށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެޗްއާރސީއެމްގެ ވެބްސައިޓުގައި ޚާއްޞަކުރެވިފައިވާ ލިންކުން ވަދެވޭނެއެވެ.

މި މުބާރާތުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. 1 ވަނަ އަށް އަންނަ ފަރާތަކަށް 3000ރ 2 ވަނަ އަށް އަންނަ ފަރާތަކަށް 2000ރ 3 ވަނަ އަށް އަންނަ ފަރާތަކަށް 1000ރ ދިނުމަށް ހަމަޖެހިފައިވެއެވެ.

ވަނަވަނަ އަށް ދާ ފަރާތްތައް ކަނޑައަޅާނީ އެ ކޮމިޝަނުގެ ފޭސްބުކް ޕޭޖުގައި ބޭއްވޭ ލައިވް އިވެންޓެއްގައި, 11 ޑިސެމްބަރ 2023 ގެ 11:00 ގައިކަމަށް އެކަމިޝަނުން ހާމަކުރައްވާފައިވެއެވެ.

މި ޙަރަކާތާއި ގުޅޭގޮތުން އެޗްއާރސީއެމް އިން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

މިލިޔުމާއި ގުޅޭ:

އެޗްއާރުސީއެމް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއިގުޅޭ ފޯރަމެއް ބާއްވައިފި

ޓެގްސް: އެޗްއާރުސީއެމް އިންސާނީ ޙައްޤުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.