ކާޖޮލް އާއި ރާނީ

މުނިފޫހިފިލުވުން

ކާޖޮލް އާއި ރާނީ މުކަރްޖީގެ ދެމެދުގައި ނުފެންނަ ވާދަވެރިކަމެއް ވޭބާ؟

ހުސެން ހަމްދާން - އިންޑިއާ | 16 ޑިސެންބަރު 2023 , ހޮނިހިރު 17:55   630

ހިންދީ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ރިލީޒް ކުރިތާ 25 އަހަރު ފުރިފައިވާ އިރު ކާޖޮލް ބުނެފައިވަނީ ކުޗްކުޗް ހޯތާހޭ ގައި ރާނީ މުކަރްޖީގެ ރޯލު ކުޅެން އޭނާ ބޭނުންވި ނަމަވެސް ކަރަން ޖޯހަރު އޭނާއަށް އެފުރުސަތު ދީފައިނުވާ ކަމަށެވެ.

ކަރަން ޖޯހަރުގެ "ކުޗް ކުޗް ހޯތާ ހޭ" ގައި ޓޮމްބޯއިޝް އަންޖަލީގެ ރޯލުން ފެނިގެންދިޔަ ކާޖޮލް ވަނީ އެތައް މިލިއަން ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. 1998 ވަނަ އަހަރު ނެރުނު މި ފިލްމުގައި ޝާހްރުކް ޚާން އާއި ރާނީ މުކަރްޖީ ފެނިގެންދިޔައީ ރާހުލް އާއި ޓީނާގެ ރޯލުންނެވެ.

ރާޖީވް މަސަންދުގެ ނެޓްފްލިކްސް އެކްޓަރުންގެ ރައުންޑްޓޭބަލް އަށް ދިން އިންޓަވިއުއެއްގައި ކާޖޮލް ވަނީ ފިލްމުގައި ރާނީގެ ރޯލު ކުޅެން ބޭނުންވި ނަމަވެސް ކަރަން ޖޯހަރު އޭނާގެ އެދުމަށް ބޯނުލަނބާ ކަމަށް ހިއްސާކޮށްފަ އެވެ. ފިލްމުގައި ދެއްކި ކުޅުމަށް ކާޖޮލްއަށް އެންމެ މޮޅު ބަތަލާގެ ފިލްމްފެއާ އެވޯޑް ވެސް ލިބިފައިވެ އެވެ.

ދާދި ފަހުން ކޮފީ ވިތު ކަރަންގެ އެޕިސޯޑެއްގައި ކާޖޮލް އާއި ރާނީ ގެސްޓުންގެ ގޮތުގައި ތިބިއިރު، އެ އެޕިސޯޑުގެ ހޯސްޓް ކަރަން ޖޯހަރު ވަނީ ފިލްމުގެ ހަނދާންތަކުގެ ވާހަކަ ދައްކާފައެވެ. އަދި ކަރަން ވަނީ ދެ އެކްޓަރުންގެ މެދުގައި މާ ގާތް ގުޅުމެއް ނެތް ކަން ފާހަގަކޮށް އެވާހަކަ ދައްކާފައެވެ. ކާޖޮލް ބުނީ، އެއީ "އޯގަނައިޒްޑް ޑިސްޓެންސް"އެއް ކަމަށާއި މަސައްކަތާ ގުޅޭ ގޮތުން އުފެދިފައިވާ ދުރުކަމެއް ކަމަށާއި އެނާ އަށް ހީވާ ގޮތުގައި އެދެމީހުންވެސް ދެމީހުން ތިބި ހިސާބާމެދު ހިތްހަމަޖެހޭ ކަމަށެވެ.

އަނެއްކޮޅުން ރާނީ ބުނެފައިވަނީ އޭނާއަށް އެންމެ ކުޑައިރުއްސުރެވެސް ކާޖޮލް އެނގެނީ "ކާޖޮލް ދީދީ"ގެ ގޮތުގައި ކަމަށްވުމުން މިރޯލު ކުޅުމުގައި އާދަޔާ ހިލާފުގޮތެއް އިހުސާސް ކުރެވުނު ކަމަށެވެ.

ރާނީ އެންމެ ފަހުން ފެނިފައިވަނީ މިސިސް ޗެޓަރޖީ އާއި ނޯވޭ އިން އަދި ކާޖޮލް ފެނިގެން ގޮސްފައިވަނީ އޭނާ ކުޅުނު ވެބް ސީރީޒް ދަ ޓްރައިއަލް އިންނެވެ. ނެޓްފްލިކްސްގެ ލަސްޓް ސްޓޯރީސް 2 ގެ ސެގްމަންޓަކުން ވެސް ކާޖޮލް ފެނިފައިވެ އެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.