ޢުމުރުން އެންމެ 11 އަހަރުގައި ހެރީޕޮޓާ އިން މަޤްބޫލްކަން ހޯދި، އެމާ ވަޓްސަން

މުނިފޫހިފިލުވުން

އެކްޓިންގް އާއި ދުރަށްޖެހުމުން އުފާވޭ- އެމާ ވަޓްސަން

ހުސެން ހަމްދާން - ޔޫރަޕް | 19 ޑިސެންބަރު 2023 , އަންގާރަ 09:31   579

ފާއިތުވި އަހަރުތަކުގައި އެކްޓިންއާ ދުރަށް ޖެހެވުނުކަމީ އެމާ ވޮޓްސަން ވަރަށް އުފާވި ކަމެއްކަމުގައި އޭނާ ބުނެއެވެ.

ބްރިޓިޝް ވޯގް އަށް ދިން އާ އިންޓަރވިއުއެއްގައި އެމާ ވޮޓްސަން ބުނެފައިވަނީ އެކްޓިންއާއި ދުރަށް ދެވުމުން އެނާ އެންމެ އުފާވާ ސަބަބަކީ އޭނާގެ އަމިއްލަ އަޑަކާއި އުފެއްދުންތެރި ސްޕޭސް އަކާއި އަމިއްލަ މިނިވަންކަން މީގެކުރިން އިހުސާސް ކުރެވިފައިނުވާ މިންވަރަށް މިހާރު އިހުސާސް ކުރެވޭތީއެވެ.

2001 ވަނަ އަހަރު ފުރަތަމަ "ހެރީ ޕޮޓާ" ފިލްމު ސިނަމާތަކަށް ރިލީޒްކުރިއިރު ވޮޓްސަންގެ އުމުރުން އެންމެ 11 އަހަރު ކަމަށާއި ދުނިޔޭގެ ފޭނުންނަށް އޭނާ އަބަދަށްޓަކައި ހަރމޮއިނީ ގްރޭންޖާގެ ނަމުން މަޝްހޫރުވި އިރު، އޭނާ އަށް އޭނާގެ އަމިއްލަ ނަފްސަށްވުރެ ފިލްމުގައި ކުޅެފައިވާ ރޯލު މާބޮޑަށް "އަސްލު" ކަމުގައި އިހުސާސް ކުރެވޭ ކަމަށް ވޯގްގެ އިންޓަރވިއުގައި ބުނެފައިވެއެވެ.

ގިނަ ބަޔަކު ގަޔާވާ "ހެރީ ޕޮޓާ" ފްރެންޗައިޒްގައި ކުޅުމަށް ފަހު، ވޮޓްސަން ދެން ފެނިގެން ދިޔައީ 2011 ވަނަ އަހަރުގެ "މައި ވީކް ވިތު މެރިލިން"، 2012 ވަނަ އަހަރުގެ "ދަ ޕާކްސް އޮފް ބީންގް އަ ވޯލްފްލާވާ"، 2013 ވަނަ އަހަރުގެ "ދަ ބްލިންގް ރިންގް"، 2014 ވަނަ އަހަރުގެ "ނޯއާ" އަދި 2017 ވަނަ އަހަރު ނެރެފައިވާ ޑިޒްނީގެ ލައިވް އެކްޝަން ރީމޭކް "ބިއުޓީ އެންޑް ދަ ބީސްޓް" އިންނެވެ.

ހޮލީވުޑްގައި ލިބުނު ކާމިޔާބީގެ ސަބަބުން ދުނިޔޭގެ އެންމެ ކާމިޔާބު، ރީތި، ދެވަނައެއް ނެތްފަދަ ބައެއް މީހުންނާއެކު ކުރީ ސަފުން ގޮނޑިއެއް ލިބުނު ކަމަށް ވިޔަސް ހަޔާތުގެ އެހެން ކަންކަމުގައި ހިތްހަމަޖެހުން ނުލިބޭނަމަ އެވަރަކުން ނުފުދޭނެ ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި ކުރީސަފުން ގޮނޑިއެއް ލިބުމުން ޔަގީން ވެގެންދަނީ ތިމާގެ އަމިއްލަ ނަފްސާއި، އެހެން މީހުންނަށް ނުފެން ހިސާބުގައި ތިމާ ކުރާ މަސައްކަތާމެދު ހިތްހަމަނުޖެހޭނަމަ ކޮންމެ ދަރަޖައެއްގެ ކުރިއެރުމެއް ލިބުނަސް އެކަމަކުން އެމީހަކަށް އުފަލާއި ހިތްހަމަޖެހުން ލިބިގެން ނުދާނެކަމަށެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.