ރައްޔިތުންގެ މަޖްލިސްކުރާގެ، މަޖިލީހުގެ މެމްބަރެއްގެ މުސާރަ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އާއި ގާތްކުރޭ

ހަބަރު

ވެރިންގެ ބޮޑު މުސާރަ: ތަރުޖަމާން ވިދާޅުވީ މުސާރަ ބޮޑުކުރަނީ ނަފްރަތް އުފައްދަންކަމަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޑިސެންބަރު 2023 , ބުދަ 11:51   653

ދައުލަތުގެ އިސްވެރިންގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތާއި ބެހޭ ކޮމިޓީއިން އިއްޔެ ފާސްކޮށްފިއެވެ.

އެކޮމިޓީއިން ފާސްކުރިގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް މަހު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 120،000 ރުފިޔާއެވެ. މިއީ 20،000 ރުފިޔާގެ ތަފާތެކެވެ. ނައިބު ރައީސަށް ލިބިވަޑައިގަންނަވާ މުސާރަ 75،000 އިން 93،000 ރުފިޔާއަށް ބަދަލުވާއިރު، މިނިސްޓަރަކަށް މިހާރު ލިބޭ 66،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 74،000 ރުފިޔާއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކޮމިޓީ އެލެވަންސާއިއެކު މިހާރު 100،000 ރުފިޔާ ދިނުމަށް ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ބަދަލުގެނައި ބައެއް އެހެން މަޤާމުތައް:

  • މަޖިލީހުގެ ރައީސަށް 90،000ރ.
  • މަޖިލީހުގެ ނައިބުރައީސަށް 88،000ރ.
  • އުއްތަމަ ފަނޑިޔާރަށް 91،000ރ.
  • ގަވަރުނަރަށް 74،000ރ.
  • ޕްރޮސެކިއުޓަރ އަށް 74،000ރ.
  • މޭޔަރުންނަށް 46،000ރ.
  • ޑެޕިއުޓި މޭޔަރުންނަށް 40،500ރ.
  • ސިޓީ ކައުންސިލަރުންނަށް 35،000ރ.
  • އ.ކައުންސިލް ރައީސުންނަށް 33،000ރ.
  • ރ.ކައުންސިލް ރައީސުންނަށް 25،500ރ.
  • ރަށު ކައުންސިލަރުންނަށް 18،000ރ.

ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަންރުފިޔާ އިތުރަށް ހިމަނާފައިވެއެވެ.

ކޮމިޓީން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

މިކަމާއިގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ޝަހީބު ވިދާޅުވީ މަޖިލީހުން މިފަދަ ޙައްސާސް ނިންމުމެއް ނިންމާފައިވަނީ ސަރުކާރާއި އެއްވެސް މަޝްވަރާކުރުމެއް ނެތިކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީ ޢައްލަބިތު އޮތް މާލިއްޔަތު ކޮމިޓީއިން މިފަދަ ނިންމުމެއް ނިންމާފައިވާނީ ގަސްތުގައި ރައްޔިތުންގެ ހިތުތެރޭގައި ސަރުކާރާމެދު ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ކަމަށެވެ.

"އެ ނިންމުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށާއި އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން" ޝަހީބު ވިދާޅުވެފައިވެއެވެ.

މިކަމާއިގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، މިއީ އެދިލެއްވި ބަދަލަކަށް ނުވުމާއިއެކު އިތުރުވާ ފައިސާ ފަންޑަކަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ.

މަޖިލީހުގައި ބޮޑު ޢައްބިއްޔަތެއް އޮތް އެމްޑީޕީއިން ވަނީ މަޖިލީހުގެ ޤައވާޢިދުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައީސް ޑރ. މުޢިއްޒު ވެރިކަމުން އަޒލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ބުނެފައެވެ.

މިލިޔުމާއި ގުޅޭ:

ސިޔާސީ މީހުންގެ މުސާރަ މަޖިލީހުން ބޮޑުކުރާ މައްސަލަ އާއި ދެކޮޅަށް ޑިމޮކްރެޓުންގެ "ރެޑް" ވިޕެއް ނެރެނީ

ޓެގްސް: މުސާރައިގެ އޮނިގަނޑު ރައްޔިތުންގެ މަޖިލިސް ކެބިނެޓް މިނިސްޓަރުން ސަރުކާރުހިންގުން ސަރުކާރުގެ ޚަރަދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.