ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް

ހަބަރު

ސިޔާސީ މީހުންގެ މުސާރަ މަޖިލީހުން ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓުން "ރެޑް" ވިޕެއް ނެރެފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 ޑިސެންބަރު 2023 , ބުދަ 11:47   424

ސިޔާސީ މީހުންގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ބޮޑުކުރާ މައްސަލަ އާއި ދެކޮޅަށް ދަ ޑިމޮކްރެޓް ޕާޓީގެ ފަރާތުން ތްރީލައިން "ރެޑް" ވިޕެއް ނެރުމަށް ނިންމައިފިއެވެ.

މިއީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ނެރޭ ފުރަތަމަ ތްރީލައިން "ރެޑް" ވިޕްކަން ފާހަގަކުރައްވައި އެޕާޓީން މިއަދު ހެނދުނު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ބަޔާން ނެރެފައިވަނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އިއްތިފާގުންކަމަށެވެ. އަދި ރާއްޖެ މިހާރު އޮތް ޙާލަތުން ސިޔާސީ މީހުންގެ މުސާރަ އެފަދަ ގޮތަކަށް ބޮޑުކުރަން ދެކޮޅުކަމަށެވެ.

އިތުރަށް ބުނެފައިވަނީ، ދައުލަތް ހިންގުމުގެ އޮނިގަނޑުގެ ބިޔަވަމުން ބުރައަކަށް ވަމުންދާ ދިއުން މަޑުޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކޮންޓްރޯލްކުރަންޖެހޭކަމަށެވެ.

"ރާއްޖޭގެ ޢާއްމު ރައްޔިތުންގެ ދިރުއުޅުމުގެ ޙާލަތާއި.... ސިވިލްސާވެންޓުންގެ މުސާރައާއި އުޖޫރަ ޚަރަދުގެ ނިސްބަތުން ނުހަނު ދަށުގައި ވަނިކޮށް... ހުރިހާ ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފެނިލެއްވުމަކީ ނުހަނު ލަދުވެތިކަމެއް"، ދަ ޑިމޮކްރެޓްސް ބަޔާނުގައި ވެއެވެ.

އެޕާޓީން ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް، "މުޅި ރާއްޖެ މަޖިލީސް" ގެ ނަމުގައި ބިލެއް ހުށަހަޅުވާފައެވެ. ނަމަވެސް މަޖިލީހުގެ އައުލަބިއްޔަތު އޮންނަ އެމްޑީގެ ނުފޫޒާއިއެކު އެބިލް މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ.

މިލިޔުމާއި ގުޅޭ:

ވެރިންގެ ބޮޑު މުސާރަ: ތަރުޖަމާން ވިދާޅުވީ މުސާރަ ބޮޑުކުރަނީ ނަފްރަތް އުފައްދަންކަމަށް

ޓެގްސް: ސަރުކާރުހިންގުން ސަރުކާރުގެ ޚަރަދުތައް ދަ ޑިމޮކްރެޓްސް ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.