މީޑިއާ ކައުލްސިލް: ސަރުކާރުން ބުނަނީ ބްލޮކްކުރީ "ފޭކް ނިއުސް" ކަމަށް، އެކަަމަކު ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު އޮންނަނީ ހަމައެކަނި މީޑިއާ ކައުންސިލަށް

ހަބަރު

ކުށެއް ނުކުރާއިރު، ޤާނޫނުގައި ބުނަނީ ރަޖިސްޓްރީ ނުކުރާ މީޑީއާތަކަކީ ވެސް މީޑިއާތައްކަމަށް! - މީޑިއާކައުންސިލް/ އެމްޖޭއޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 ޑިސެންބަރު 2023 , ހޮނިހިރު 10:16   824

ބްލޮކްކޮށް ފިޔަވަޅު އަޅާފައިވާ އެއްވެސް ނޫހަކުން ކުށެއްކޮށް ފިޔަވަޅު އަޅަންޖެހޭވަރުގެކަމެއް ކޮށްފައިނުވާކަމަށާއި، ޤާނޫނުގައި ބުނަނީ ރަޖިސްޓްރީ ނުކުރާ ނޫސްތަކަކީ ވެސް ނޫސްތައްކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްއެމްސީ އަކީ ރާއްޖޭގެ ޚަބަރުފަތުރާ ވަޞިލަތްތަކުގެ ކޮންޓެންޓް މޮނިޓަރކޮށް ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު އޮންނަ ހަމައެކަނި ފަރާތެވެ. އަދި އެމްޖޭ އަކީ ޤާނޫނުގެތެރެއިން ނޫސްވެރިންނާއި ނޫސްވެރިކަމުގެ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެވެ.

މި ދެ އިދާރާއިން ވެސް ވަނީ ސަރުކާރުން 3 ވެބްސައިޓެއް ބްލޮކްކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ބަޔާންނެރެފައެވެ.

ސަރުކާރުގެ ފަރާތުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު، ފުރަތަމަ ވިދާޅުވީ، ބްލޮކްކޮށްފައިވަނީ ރާއްޖޭގައި ރަޖިސްނުކޮށް ހިންގާ ނޫސްތަކެއްކަމަށާއި، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހެއް ސަރުކާރުން ބްލޮކް ނުކުރާނެކަމަށެވެ. ނަަމަވެސް، އިއްޔެގެ ވަޤުތެއްގައި މީޑިއާތަކުން ފުރަތަމަ.ކޮމް ބްލޮކްކޮށްފައިވާކަމަށް ރިޕޯޓްކުރުމުން ސަރުކާރުން ވަނީ ފަހުން އެވެބްސައިޓަށް ވަދެވޭގޮތް ހަދާފައެވެ. އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެކެވެ.

ދެން ސަރުކާރުން ބްލޮކްކޮށްފައިވާ ދެ ވެބްސައިޓަކީ ކުރުސީ އާއި ދިޔަވަރު ނޫހެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު އިއްޔެ ބައެއް މީޑިއާތައް ހިމެނޭ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެމްޖޭއޭގެ ބަޔާން ކުށްވެރިކުރައްވާކަމަށާއި، ސަރުކާރުން ފިޔަވަޅުއެޅުއްވީ "ފޭކް ނިއުސް" ފެތުރުމާއި ދެކޮޅަށްކަމަށެވެ.

ނަމަވެސް މީޑިއާ ކައުންސިލުން ބުނެފައިވަނީ، ރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން، ރަޖިސްޓްރީ ނުކުރާ މީޑީއާތަކަކީ ވެސް މީޑިއާތައްކަމަށާއި، ބްލޮކް ކުރި ކުރުސީ އަދި ދިޔަވަރު ޑޮޓް ކޮމްއާމެދު އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށެވެ.

މީޑިއާ ކައުންސިލުން ޢާއްމުކޮށްފައިވާ ޕޯސްޓެއް

ހަމަ މިއާއެކު އެ އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ "ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށާއި "މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ" ކަމަށެވެ.

ބްލޮކްކޮށްފައިވާ ދެ ވެބްސައިޓަށް ވީޕީއެން މެދުވެރިކޮށް މިހާރުވެސް ފަސޭހަ ކަމާއިއެކު ވަދެވޭއިރު، ދެ ވެބްސައިޓުގައި ވެސް އާއްމު އިޖްތިމާޢީ މިންގަނޑުން ބޭރުން އެއްވެސް ވާހަކައެއް ހުރިކަން ފާހަގަނުކުރެވެއެވެ. މައިގަނޑުގޮތެއްގައި، ސީދާ ފާޑުކިިޔުންތައް ހުރީ ސާރުކާރުގެ ސިޔާސަތުތަކަށާއި ޚަރަދުކުރުމުގެ މައްޗަށެވެ. އަދި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމެއްގެ ގޮތުގައި އޮތީ، ބޯހިޔާވަހިކަމުގެ މެގަ ޕްރޮޖެކްޓް، ފުށިދިއްގަރު ހިއްކުމާއި ގުޅޭކަންކަމުގައި ސަރުކާރުން ހިންގާފައިވާ ކަރަޕްޝަންތަކުގެ ވާހަކައެވެ.

ވެބްސައިޓްތައް ބްލޮކްކުރުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

އިދިކޮޅު ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ޕާޓީ އިންވެސް ވެސް ވަނީ ސަރުކާރުގެ މިޢަމަލު ކުށްވެރިކުރައްވާ ބަޔާން ނެރެފައެވެ.

މިލިޔުމާއި ގުޅޭ:

ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކްކޮށްފި

ޓެގްސް: ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މީޑިއާގެ މިނިވަންކަން މީޑިއާ ކައުންސިލް އެމްޖޭއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.