ޑރ. އަހުމަދު އަދީލް ނަސީރު، އަދި އަނބިކަނބަލުން ޑރ. އާސިޔަތު މުޙައްމަދު ދީދީ

ހަބަރު

ޑރ. އަދީލް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖައްސަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ޖެނުއަރީ 2024 , ބުރާސްފަތި 20:45   2788

އައްޑޫސިޓީ ހިތަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އަހުމަދު އަދީލް ނަސީރު، ސަރުކާރުން ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖައްސަވައިފިއެވެ.

ޑރ. އަދީލްއަށް ސަރުކާރުން ދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ.

އައްޑޫގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލް ކަމުގައިވާ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ގާތްގަނޑަކަށް 5 އަހަރު ވަންދެން ހުންނެވި ޑރ. އަދީލް ވަނީ ތަޢްލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރަވައި ތަފާތު އެކި ސްކޫލްތަކުގައި އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާއި ކޮލެޖްތަކުގައި މަސައްކަތްކުރައްވާފައެވެ.

ޑރ. އަދީލް އަކީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ އިން އެޑިއުކޭޝަނަލް މެނޭޖްމެންޓުން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވައި އެޑިއުކޭޝަނަލް ލީޑަރޝިޕްގެ ރޮނގުން ބުރުނާއީގެ ޤައުމީ ޔުނިވާސިޓީއިން ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ފަރާތެކެވެ.

މީގެ އިތުރުން ވެސް އޮސްޓްރޭލިއާ، މެލޭޝިއާ، ބުރުނާއީ އަދި ސްރީ ލަންކާ އިން ތަފާތު އެކި ދާއިރާތަކުން ތަޢްލީމާއި ތަމްރީން ހޯއްދަވާފައިވެއެވެ. އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އިން އިމްޕެކްޓް އެވޯޑް ވެސް ޙާޞިލްކުރައްވާފައިވެއެވެ.

ޑރ. އަދީލް ސިޔާސީ މަސައްކަތް ފައްޓަވާފައިވަނީ 2019 ވަނަ އަހަރުއެވެ. މީގެ ކުރިން ފެނިފައިވަނީ ޕީޕީއެމްގެ ފިކުރު ދިރުވައި ޕީޕީއެމް އާއިއެކު ގާތުން ބައެއް މަސައްކަތްތައް ކުރައްވަމުން ގެންދެވިތަނެވެ. ނަމަވެސް، ނިމިދިޔަ ރިޔާސި އިންތިޚާބުގައި ނިކުމެވަޑައިގެންނެވީ، ކާނެލް މުޙައްމަދު ނާޒިމް އާއިއެކު ރަނިންގ މޭޓެއްގެ ގޮތުގައެވެ. އޭގެ ފަހުން އިންތިޚާބުގެ ދެވަނަބުރުގައި ޑރ. މުޙައްމަދު މުޢިއްޒު އަށް ތާޢީދު ހޯއްދަވައިދެއްވުމަށް އައްޑޫގެ ޕީޕީއެމް ޓީމާއިއެކު ވެސް މަސައްކަތްކުރައްވާފައިވެއެވެ.

މިލިޔުމާއި ގުޅޭ

އެމްއެންޕީ، ނާޒިމް ނިކުންނަވަނީ ޑރ. އަދީލް އާއިއެކު

ޓެގްސް: ޑރ. އަދީލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.