އާ އަހަރާއިއެކު ޖަޕާނަށް އައި 7.2 މޓ ބިންހެލުމުގައި މިހާތަނަށް 126 މީހަކު މަރުވެފައިވޭ

ދުނިޔެ

ޖަޕާން ބިންހެލުން: 5 ދުވަސް ފަހުން 90 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 7 ޖެނުއަރީ 2024 , އާދީއްތަ 11:51   380

ޖަޕާން ބިންހެލުން އައިތާ 124 ގަޑިއިރު ފަހުން، ދިރިހުއްޓާ އިތުރު މީހުން ފެނިދާނެކަމުގެ އުއްމީދުކުޑަވެފައިވަނިކޮށް 90 އަހަރުގެ އަންހެނަކު ދިރިހުއްޓާ ސަލާމަތްކޮށްފިކަމަށް އެޤައުމުގެ އޮފިޝަލުން ބުނެފިއެވެ.

ޖަޕާންގެ ސުޒޫ ސަރަޙައްދުގައި ދިރިއުޅެމުން އައި އަންހެން މީހާގެ ގެދޮރޮ ބިމާއި ހަމަ ވެފައިވާއިރު، އެގޭ ދަށުވެފައި އޮންނަތާ 5 ދުވަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

އެމީހާ ސަލާމަތްކުރާ މަންޒަރު އެޤައުމުގެ ޤައުމީ ޓީވީ ޗެނަލްތަކުން ދައްކާފައިވާއިރު، އެމީހާގެ ދިރި ހުސްޓަސް އޮތީ ކޮން ޙާލަތެއްގައިކަން ސާފުނުވެއެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހު ޖަޕާނަށް އައި 7.6 ބާރުމިނުގެ ބިންހެލުމުގައި ނޮޓޯ ޕެނިންސުލާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި ކާރިސާގައި މިހާތަނަށް 126 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު 27 މީހަކަށް ނުރައްކާތެރިގޮތަކަށް އަނިޔާވެފައިވެއެވެ. އަދި އެހެން 500 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މިހާތަނަށް 200 މީހަކަށް ވީނުވީއެއް ނޭގި ވަނީ ނުފެނިފައެވެ.

މި ބިންހެލުމާއިއެކު އެ ސަރަޙައްދުތަކުން ކަރަންޓާއި ފެން ކެނޑިފައިވެއެވެ. އެކަމަކު އެޤައުމުގެ ސަރުކާރުން އަންނަނީ މަޑުމަޑު އެސަރަޙައްދުތަކަށް އަލުން އަނބުރާ އެޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

މި ބިންހެލުމާއިއެކު އެސަރަޙައްދުގެ އައްސޭރިފަށަށް ކުޑަ ބިންހެލުމެއް ވެސް އައިސްފައިވެއެވެ. އަދި ބިންގަނޑުކަނޑައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޓެގްސް: ޖަޕާން ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.