ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއިއެކު

ހަބަރު

ރައީސް މުޢިއްޒު ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވައފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ޖެނުއަރީ 2024 , ބުދަ 20:09   376

ރައީސް މުޢިއްޒު ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވައި ދެ ސަރުކާރު ދެމެދުގައި ރަސްމީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައފިއެވެ.

ޗައިނާގެ ރައީސް ޝީ ގެ ދެކަނބަލުން ވަނީ ރައީސް މުޢިއްޒުގެ ދެ ކަނބަލކުންނަށް 21 ބަޑީގެ ސަލާމަކުން މަރުޙަބާ ދަންނަވާފައެވެ. އަދި މިލިޓަރީ ބޭންޑުގެ ފަރާތުން ދެޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. އެއަށްފަހު ދެ ފަރާތުން ވަފްދުތަކުގެ ތަޢާރަފެއް އެރުވުނެވެ. ރައީސް މުޢިއްޒު އާއިއެކު މި ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ ހަ ވަޒީރަކު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިއީ ރައީސް ޝީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މި ގޮތުން މިހާތަނަށް 20 އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވެއެވެ.

ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ޗައިނާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއާއި އުމްރާނީ ތަރައްޤީގެ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުމާއި ގުޅޭ:

ހަ ވަޒީރަކާއިއެކު ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި، އިންޑިއާ ނުރުހިފައި

ޓެގްސް: ޑރ. މުއިއްޒު ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.