އެމްޑީޕީގެ ރައީސް، ރައީސް ސޯލިޙް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕް) އާޢި ބައްދަލުކުރައްވަނީ

ހަބަރު

އެމްޑީޕީ، މަޖްލިސް ޕްރައިމަރީ ނިންމާލައިފި، ރޮޒޭ ފިޔަވައި މިހާރުގެ ގިނަ މެމްބަރުން ވަނީ ޓިކެޓް ހޯއްދަވާފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ފެބުރުއަރީ 2024 , އާދީއްތަ 00:09   418

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބޭއްވި މަޖްލިސް ޕްރައިމަރީ ނިންމާލައިފިއެވެ.

މި އިންތިޚާބުގައި، މީދޫ/ފޭދޫ ދެކުނު ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ފިޔަވައި މިހާރުގެ ގިނަ މެމްބަރުން ވަނީ ޓިކެޓް ހޯއްދަވާފައެވެ.

އޭގެ ރޮޒޭ ފިރިކަލުން މުޙައްމަދު ނާޝިޒް އާއި، އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު (ބިގޭ)، މިހާރު ވެސް ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސައުދު ހުސެއިންނާއި، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގައްފޫރު މޫސާ އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، އަދި ކާށިދޫ ދާއިރާގެ މެމްބަރުކަމުގައި މިހާރު ވެސް ހުންނެވި އަބްދުﷲ ޖާބިރު ހިމެނިވަޑައިގަނެއެވެ.

މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މޫސާ އަލި މަނިކު (މޫކޭ)، އަދި މާޒް ސަލީމް ވެސް ވަނީ ޓިކެޓް ހޯއްދަވާފައެވެ.

ފުވައްމުލަކު ދެކުނު ދާއިރާއިން ޓިކެޓް ލިބިވަޑައިގެންނެވީ، ކުރީގެ މިނިސްޓަރު އަހުމަދު މަޚްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އެވެ. ނަޒޫއަށް 434 ވޯޓް ލިބިވަޑައިގެންނެވިއިރު ދެން އެންމެ ގާތުން ވާދަކުރެއްވި އަފީފަށް ލިބިވަޑައިގެންނެވީ 70 ވޯޓެވެ.

އައްޑޫސިޓީ ހިތަދޫއަށް ބަލާއިރު، ޕްރައިމަރީ ބާއްވަން ޖެހުނީ ހިތަދޫ މެދު ދާއިރާގައި އެކަންޏެވެ. އެދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ މިހާރުގެ އައްޑޫސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާރ މުޙައްމަދު ޝުޢާއުއެވެ.

ރޮޒޭ މައްޗަށް ކުރިހޯދައި، ފޭދޫ ދެކުނު ދާއިރާގެ ޓިކެޓް ހޯއްދެވީ ކުރީގެ ފުޓުބޯޅަ ތަރި އަހުމަދު ޝަރީފް (ޑުންގާ) އެވެ.

ހދ. ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި އަލީ ވަހީދުއަށް ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުވެފަ އެވެ.

މި އިންތިޚާބަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ އިންތިޚާބު ނިމުނީ ވަރަށް އަމަން އޮމާންކޮށް ކަމަށާއި އެދިވަޑައިގަންނަވަނީ، ބަލިވީ ކެންޑިޑޭޓުން ވެސް މޮޅުވީ ކެންޑިޑޭޓުންގެ ފަހަތުގައި ނިކުމެ ގޮނޑި ކާމިޔާބުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިލިޔުމާއި ގުޅޭ:

މަޖިލީސް 2024، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ޕްރައިމަރީގައި ވޯޓުލާން ފަށައިފި

ޓެގްސް: އެމްޑީޕީ އެތެރޭގެ އިންތިޚާބު މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.