ސެޓްލައިޓް ފޮޓޯއިން ދައްކާ މަންޒަރު، މެޓް އޮފީހުން ވަނީ ވަނީ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައި

ހަބަރު

ދެކުނުގެ މޫސުމް ގޯސްވެ ގުގުރުމާއިއެކު ބޯ ވިއްސާރަކުރަން ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ފެބުރުއަރީ 2024 , އާދީއްތަ 14:34   920

މުޅި ރާއްޖެއަށް ކުރާ ވިއްސާރައިގައި، ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކަށް ގަދަ ވަޔާއިއެކު ބޯ ވިއްސާރަކުރަން ފަށައިފިއެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ކުރިން ބުނެފައިވެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ.

ވިއްސާރަވާ ސަރަޙައްދުތަކުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެދުރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން އިރުއުތުރާއި އިރުން މެދުރާއްޖެތެރެއާޢި އިތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، އަދިއަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ މައުލޫމާތުދީފައެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކޮސްފައިވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.

ސެޓެލައިޓް ފޮޓޯތައް ދައްކާގޮތުން ކުރިއަށް އޮތް 3 ދުވަހު ވެސް ދެކުނު އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ.

މިލިޔުމާއި ގުޅޭ:

އައްޑޫސިޓީ: މޫސުމް ތަން ނުދިނުމާއިއެކު ސްކޫލްތަކުގެ އެތްލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފަސްކޮށްފި

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.