އެތްލެޓިކްސް މުބާރާތަށް އައްޑޫއަށް އައި ޓީމެއް، މި މުބާރާތަށް އައްޑޫސިޓީ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި

ހަބަރު

އައްޑޫސިޓީ: މޫސުން ތަން ނުދިނުމާއިއެކު ސްކޫލްތަކުގެ އެތްލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފަސްކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ފެބުރުއަރީ 2024 , އާދީއްތަ 15:42   917

މޫސުން ތަން ނުދިނުމާއިއެކު ސްކޫލްތަކުގެ އެތްލެޓިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފަސްކޮށްފިއެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރާ ވިއްސާރައިގައި، އައްޑޫސިޓީއަށް ވެސް އަންނަނީ ބޯ ވިއްސާރަ ކުރަމުންނެވެ.

މޫސުމް ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވެސް ވަނީ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މޫސުމް ތަން ދިނުމުން މި ޙަރަކާތާއި ގުޅޭ އިތުރު މަޢްލޫމާތު ފޯރުކޮށްދެއްވާނެ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ މިމުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މުބާރާތުގެ އެތްލީޓުންނަށް މަރުޙަބާކިޔުމުގެ ޚާއްޞަ ޙަރަކާތްތަކެއް ބާއްވާފައެވެ.

ޖުމްލަ 2،000 އަށްވުރެ ގިނަ އެތްލީޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ މިމުބާރާތަކީ 2017 ގެ ފަހުން އައްޑޫގައި ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ.

މިލިޔުމާއި ގުޅޭ:

މާލެސިޓީ މޭޔަރ މާދަމާ އައްޑޫއަށް، ސައިނާގެ ސްޓޭޖް ޙަރަކާތަކާއިއެކު އެތްލެޓިކްސް މުބާރާތް ފެށުން މާދަމާ ހަވީރު

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް: އެހެން ސަރަޙައްދުތަކުން ބައިވެރިވާ ޓީމުތަކަށް އައްޑޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

ޓެގްސް: ވިއްސާރަ އެތްލެޓިކްސް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.