ޖޯނީ ޑެޕް

ހަބަރު

ޖޯނީ ޑެޕް " ޕައިރެޓްސް އޮފް ދަ ކެރީބިއަން" ސީރީހުން ދެން ނުފެންނާނެ

ދާނިޝް - އެހެނިހެން | 25 އޭޕުރިލް 2022 , ހޯމަ 11:19   215

"ޕައިރެޓްސް އޮފް ދަ ކެރީބިއަން" ގެ ޖެކް ސްޕެރޯގެ އައިކޯނިކް ރޯލުން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި ތަރި ޖޯނީ ޑެޕް ދެން އެ ސީރީހުން ނުފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދީފިއެވެ.

ޑެޕް މިކަން ހާމަ ކުރުމުގެ ކުރިން ޑީޒްނީން ވަނީ ޑެޕް އެ ސީރީހުން ނުފެންނާނެ ކަން އިއުލާން ކޮށްފައެވެ. "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އައު ފިލްމުން ދެން ޖެކް ސަޕެރޯގެ ރޯލުން ފެންނާނީ މާގޯ ރޮބީ އެވެ. މި ފިލްމުގެ މަސައްކަތް 2019 ވަނަ އަހަރު ވަނީ ފަށާފައެވެ.

ޑެޕް ގެ މިވާހަކަތައް އަނެއްކާވެސް ދެކެވެން މިފެށީ ޑެޕްގެ ކުރީގެ އަންހެނުންނާއި ދެކޮޅަށް ކޯޓަށް ހުށަހަޅައިފައވާ މައްސަލާގެ އަޑުއެހުމުގައި ވާހަކަ ދައްކަމުންނެވެ.

ގާޒީ ކުރި ސުވާލަކަށް ޖަވާބުދެމުން ޑެޕް ބުނެފައިވަނީ އޭނާގެ ކުރިގެ އަންހެނުން އެމްބާ ހާޑް، 2018 ވަނަ އަހަރު އޭނާ ގެވެށި އަނިޔާވުރިކަމަށް ބުނެ ކުރި ތުހުމަތުގެ ސަބަބުން އޭނާގެ ފިލްމީ ކެރިއަރަށް ބޮޑެތި ލޮޅުންތަކެއް އެރި ކަމަށެވެ. މީގެ އިތުރުން ޑެޕް ބުނެފައިވަނީ ޑިޒްނީން ދެން ކިތަންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން"ގެ އެއްވެސް ފިލްމެއް ދެން ނުކުޅޭނެކަމަށެވެ.

ޑިޒްނީން ޑެޕްއަށް ރޯލު ނިލިބޭ ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި އޭނާގެ ާތީ ދިރިއުޅުމުގައި މިހާރު ދިމާވަމުނއ ދާ ކަން ކަން މިކަމުގެ ސަބަބަކަށް ވެދާނެއެވެ. ގިނަ ބަޔެއްގެ މެދުގައި މަގުބޫލު މި ރޯލުން އެހެން ތަރިއަކު ފެންނާނެ ގޮތެއް ތަސައްވަރުކުރަންވެސް ދައްޗެވެ.

ހޮލީވުޑްގެ މަޝްހޫރު ކަޕަލެއްގެ ގޮތުގައި މީގެކުރިން ފާހަގަވެފައިވާ ޖޯނީ އައި އެމްބާ ހާޑްގެ މި މައްސަލަގަނޑުގައި މި ވަނީ ވަރަށް ހޫނުވެފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.