ޒީކް އަޝްރަފް ރަޝީދު، އިންޓަސްކޫލް އެތްލެޓިކްސް މީޓުގައި 2 ގޯލްޑް މެޑަލާއިއެކު 2 މީޓް ރިކޯޑު ހޯދާފައިވޭ.

ހަބަރު

އައްޑޫއަށް އުފަން، އިސްކަންދަރުގެ ހަމައެކަނި އެތްލީޓް ޒީކް އަށް 2 ގޯލްޑް މެޑަލާއިއެކު 2 މީޓް ރެކޯޑް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 ފެބުރުއަރީ 2024 , ހުކުރު 11:39   1468

އައްޑޫގައި ކުރިއަށްދާ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތް 2024 އިސްކަންދަރު ސްކޫލުން ބައިވެރިވި ހަމައެކަނި އެތްލީޓް ޒީކް އަޝްރަފް ރަޝީދު މުބާރާތުގައި ފަޚުރުވެރި ރަން ވަނަތަކެއް ހޯދައި ދެ މީޓް ރެކޯޑް ޙާޞިލްކޮށްފިއެވެ.

ޒީކް ބައިވެރިވެފައިވަނީ މިޑް ޑިސްޓެންސް ދުވުމުގައެވެ.

އޭނާ އަކީ އިސްކަންދަރު ސްކޫލްގައި ގްރޭޑް 9 އެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. މިއީ ޒީކް މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި އެތްލެޓިކްސް އަށް މަސައްކަތްކުރާތާ ދޮޅު އަހަރު ވެއްޖެެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަމުން ޒީކު ބުނީ ބޭނުންވީ ނޭޝަނަލް ރެކޯޑެއްކަަމަށާއި، ދެން ފަހަރަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރާނެކަމަށެވެ.

"އަޅުގަނޑު އައްޑޫ. އައްޑޫއަށް އަންނަން މަދުމަދުން. ވަރަށް އުފާވޭ. އެކަމު އަސްލު އުއްމީދުކުރީ ނެޝަނަލް ޔޫތް ރެކޯޑެއް ހެދޭނެކަމަށް. އެހެންވީމަ ނޮޓް ފުލީ ހެޕީ. ހަންރެޑް ޕަސެންޓެއް ނޫން. ދުވާ ގަޑީގައި ހިތަށް އަރާ، މިއީ އޭ އަހަންނަށް އެންމެ ރަނގަޅަށް ކުރެވޭކަމަކީ" ޒީކް ކިޔާދިނެވެ.

މިމުބާރާތުގެ ވަނައަށް ދިޔަ އެތްލީޓުންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް އައްޑޫސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަކަމަށް އެފަރާތުން މަޢްލޫމާތު ދެއްވައެވެ. މިރޭގެ ރަސްމިއްޔާތުގައި ހަވާ އަރުވައި ކުލަގަދަ ޙަރަކާތްތަކެއް ބޭއްވުމަށް ވެސް ރޭވިފައިވެއެވެ.

ޒީކްގެ އިންޓަވިއު

މިލިޔުމާއި ގުޅޭ:

އެތުލީޓް ޝާޔާ، ޑިސްކަސް އަދި ޝޮޓްޕުޓުން އިން އައު މީޓް ރިކޯޑެއް ގާއިމުކޮށްފި

ޓެގްސް: މީހުން އެތްލެޓިކްސް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.