ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ 1.5 މިލިއަން މީހުން ހިމާޔަތް ހޯދި ރަފާހުގައި

ދުނިޔެ

ފަލަސްތީނުގެ ދެ މަހުގެ ކުއްޖަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެއްޖެ

ދާނިޝް - މެދުއިރުމަތި | 26 ފެބުރުއަރީ 2024 , ހޯމަ 22:51   287

ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ ދެ މަހުގެ މަޙްމޫދު ފައްޠޫޙް އަލް ޝިފާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެކަމަށް ޝަހާބް ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ކުޑަކުދިން މަރުވާ މިންވަރު ކުއްލި ގޮތަކަށް އިތުރުވާނެ ކަމުގެ އިންޒާރު އދއިން ވަނީ މީގެ ކުރިން ދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ޕެރަމެޑިކްސް މީހަކު ބުނި ގޮތުގައި މަހްމޫދު މަރުވީ އެކިއުޓް ނިއުޓްރިޝަންގެ ސަބަބުންނެވެ. އަހަންނަށް ފެނުނީ އަންހެނަކު އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އެހީއަށް އެދި ހަޅޭއްލަވަމުން ދިޔަ މަންޒަރެވެ. ހީވަނީ އޭނާގެ ފިޔާތޮށި ތުއްތު ދަރިފުޅު އެންމެ ފަހު ނޭވާ ލާހެން،" ޕެރަމެޑިކް ވީޑިއޯގައި ބުނެފައިވެ އެވެ.

ފައްޠޫޙް ހޮސްޕިޓަލަށް ގެންދިޔަ ޕެރަމެޑިކް އާއި ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފައްޠޫޙް ހޮސްޕިޓަލަށް ގެންދެވުމާއި އެކު އައިސީޔޫ އިން ފަރުވާ ދޭން ފެށުނު ކަމަށެވެ. ނަމަވެސް ޣައްޒާގައި ބޭބީ ކިރު މުޅިން ނެތުމުން އެތައް ދުވަހެއް ވަންދެން އެ ކުއްޖާއަށް ކިރު ވެސް ނުދެވުނު ކަމަށް މި ރިޕޯޓްގައި ވެއެވެ.

މީގެ ކުރިން ޣައްޒާގައި މަސައްކަތް ކުރެއްވި ނޯވޭގެ ޑޮކްޓަރެއް ކަމަށްވާ ޑރ މެޑްސް ގިލްބާޓް ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ ދުވަސްވަރު ކާބޯތަކެއްޗާއި ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ އެންކްލޭވްގައި އިތުރު ތުއްތު ކުދިންނާއި ކުޑަކުދިން އަދި މާބަނޑު މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ހަމައެހެންމެ ސަލާމަތްވާ މީހުންނަށް ދިގު މުއްދަތަކަށް ތަރައްގީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އޭގެ ތެރޭގައި ސްޓަންޓްވުމާއި ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

"ނިއުޓްރިޝަން އާއި ބަނޑުހައިހޫނުކަމާއި، ފެނަށް ޖެހުން. މި ޓްރިއެންގަލްގެ ސަބަބުން އިތުރު މަރުތަކެއް އަންނާނެ،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ގިލްބާޓް ބުންޏެވެ.

"ޣައްޒާގައި ބޭނުންވަނީ ފެނާއި ކާބޯތަކެތީގެ ބާވަތްތައް - އަދި އެ ހުރިހާ އެއްޗެއް ވެސް ލިބެނީ އަވަށްޓެރި ގައުމުން،" ގިލްބާޓް ވިދާޅުވި އެވެ. "އެކަމަކު އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެން ވަނުން މިވަނީ ހުއްޓުވާފަ، އެއީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް. ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާ ކުދިން ބަލަހައްޓައިގެން ދުނިޔޭގައި ތިބޭނީ ކިހިނަކުން ހެއްޔެވެ؟. މިއީ ހިތާމަވެރި ހާދިސާއެއް ނޫން. މިއީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ މައްޗަށް މަޖުބޫރުކޮށް، އެމީހުން އުފެއްދި، ބަނޑުހައިހޫނުކަމުގެ ކާރިސާއެއް... އެއީ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމުގެ ސިޔާސީ މައިދާނުގައި ހިމެނޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 29،606 މީހުން ޝަހީދުވެފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 69،737 މީހުން ވަނީ ޒަޚަމްވެފައެވެ.

ޓެގްސް: ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.