26 އޮކްޓޯބަރު 2023، ޗައިނާގެ އޯބިޓަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކުރާ ތިން އެސްޓްރޮނޯޓުން ގޮވައިގެން ލޯންގް މާޗް-2އެފް ކެރިއާ ރޮކެޓެއް އިނަރ މޮންގޯލިއާގެ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުނ

ޓެކްނޯލޮޖީ

އެސްޓްރޮނޯޓުން ހަނދަށް ގެންދިއުމަށް ޗައިނާއިން ތައްޔާކުރާ އުޅަނދަށް "ޑްރީމް ވެސެލް" ގެ ނަން ދީފި

ދާނިޝް - އޭޝިއާ | 27 ފެބުރުއަރީ 2024 , އަންގާރަ 10:01   571

ޗައިނާގެ ޖައްވީ އިދާރާއިން ވަނީ މި ދިހައަހަރު ނިމުމުގެ ކުރިން ޗައިނާގެ އެސްޓްރޮނޯޓުން ހަނދަށް ގެންދާނެ ކަމަށް އުއްމީދުކުރާ ޖައްވީ އުޅަނދުގެ ނަން އެ ގައުމުން ހާމަކޮށްފިއެވެ.

ޗައިނާ މެންޑް ސްޕޭސް އެޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްޕޭސްޝިޕް މެންގްޒޫ ނުވަތަ ޑްރީމް ވެސެލް އާއި ލޭންޑާ، ލަންޑިއު ނުވަތަ އެގްލިންގް ދަ މޫން އަދި ލޯންގް މާޗް 10 ގެ ނަމުގައި ސުޕަ ހެވީ ލިފްޓް ކެރިއާ ރޮކެޓް ގެނައުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

މި ކްރާފްޓަކީ ޖައްވީ ބޮޑު ބާރެއްގެ ހައިސިއްޔަތު ކަށަވަރުކޮށްދޭނެ ކަމަށް ބެއިޖިން އިން އުއްމީދުކުރާ އުއްމީދީ ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދާ ކްރާފްޓެކެވެ.

ޗައިނާއިން އިންސާނުން ގެނައުމަށް ހަމަޖެހިފައިވާ ހަނދު މިޝަން ބާއްވާނެ ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް، ހަނދަށް އެސްޓްރޮނޯޓުން ޖައްސާ ދެވަނަ ގައުމަށް ވުމަށް އަމާޒު ހިފާފައިވާތީ، 2030 ވަނަ އަހަރު ހަނދު މިޝަން ބާއްވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

މެންގްޒޫ ޖައްވީ އުޅަނދު އެކުލެވިގެންވަނީ އެސްޓްރޮނޯޓުން ތިބޭ އަދި ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރީއެންޓްރީ މޮޑިއުލަކާއި ޕަވާ އެންޑް ޕްރޮޕަލްޝަން ސިސްޓަމްތަކުގެ ސާވިސް މޮޑިއުލަކުންނެވެ. މި ވެހިކަލްގެ ދިގުމިނުގައި ގާތްގަނޑަކަށް ނުވަ މީޓަރު ހުންނާނެ ކަމަށާއި ބަރުދަނުގައި 22 މެޓްރިކް ޓަނު ހުންނާނެ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ލަންޔޫ ލޫނާ ލޭންޑާގައި ދެ އެސްޓްރޮނޯޓުންނާއި 200 ކިލޯގެ ރޯވާއެއް ހުންނާނެ އެވެ.

އެ ގައުމުގެ ޖައްވީ އިދާރާއިން ބުނި ގޮތުގައި މި ކްރާފްޓްގެ ނަންތައް ނަގާފައި ވަނީ އާންމުންގެ ކިބައިން އެދުނު ގާތްގަނޑަކަށް 2،000 ޕްރޮޕޯސަލްގެ ތަޖުރިބާކާރުންގެ ގްރޫޕަކުންނެވެ.

"ލަންޔޫ" އެންމެ ފުރަތަމަ ޝާއިއުކުރީ 1965 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ބާނީ މާއޯ ޒޭޑޮންގް ލިޔުއްވި ޅެމަކުން ކަމަށާއި އެއީ "ދުނިޔެ ހޯދުމާއި ހަނދަށް ދަތުރުކުރުމުގައި ޗައިނާ ގެ ރައްޔިތުންގެ އުންމީދާއި ޔަގީންކަން ރަމްޒުކޮށްދޭ ޅެމެއް" ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި މެންގްޒޫ ގެ ނަން ގުޅިފައިވަނީ "ހަނދަށް ޖެއްސުމުގެ ޗައިނާ ގެ ގައުމުގެ ހުވަފެނާ" ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބެއިޖިންގެ ޖައްވީ ޕްރޮގްރާމަކީ ޒަމާނުއްސުރެ ޗައިނާގެ ލީޑަރު ޝީ ޖިންޕިންގެ "ޗައިނާގެ ހުވަފެން" އާ ގުޅިފައިވާ ކަމެކެވެ.ޗައިނާގެ އަމާޒަކީ ސައިންޓިފިކް ފައިދާއާއި، ގައުމީ ޝަރަފާއި ވަސީލަތްތައް ހޯދުމަށާއި، ހަނދުގެ ކާމިޔާބު މިޝަންތަކާއި އެހެނިހެން ކުރިއެރުންތަކުގެ ސަބަބުން ޖައްވީ ތަހުލީލުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުވުމަށެވެ.

އެމެރިކާއިން ހަނދުގެ ޕްރޮގްރާމް ވަރުގަދަ ކުރަމުން އަންނައިރު، ނާސާއިން މިދިޔަ މަހު ވަނީ 2026 ވަނަ އަހަރު ހަނދަށް އެސްޓްރޮނޯޓުން ޖައްސަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. މިއީ 1960 ގެ އަހަރުތަކުގެ ފަހުކޮޅާއި 1970 ގެ އަހަރުތަކުގެ ކުރީކޮޅު އެމެރިކާއިން އެޕޯލޯ މިޝަންތަކަށް ފަހު އެމެރިކާއަށް ލިބުނު ފުރަތަމަ ފަހަރެވެ.

އިންޓިޓިއުޓް މެޝިންސް އިން އުފެއްދި ކޮމާޝަލް އޮޑިސިއަސް ލޫނާ ލޭންޑާ މިދިޔަ ހަފުތާގައި ވެގެން ދިޔައީ ފާއިތުވި 50 އަހަރުގެ ތެރޭގައި ހަނދަށް އަތްލި އެމެރިކާގެ ފުރަތަމަ ޖައްވީ އުޅަނދަށެވެ.

މިދިޔަ ޖެނުއަރީ މަހު ޖަޕާނުގެ "މޫން ސްނައިޕަރ" ރޮބޮޓިކް އެކްސްޕްލޯރާ ވަނީ ހަނދުގެ ބިމަށް ޖައްސާފައެވެ. މި ޓަޗްޑައުންގެ ސަބަބުން ޖަޕާނަކީ މި ގަރުނުގައި ހަނދަށް ޖެއްސި ތިން ވަނަ ގައުމެވެ.

އެ ލިސްޓުގައި އިންޑިއާ ހިމެނުނީ މިދިޔަ އަހަރު އެވެ. ފާއިތުވި އަހަރުތަކުގައި ބެއިޖިންއިން ވަނީ ހަނދުގެ އެންމެ ދުރު ފަރާތަށް ކާމިޔާބުކަމާއެކު ޖެއްސި ފުރަތަމަ ގައުމަށް 2019 ވަނަ އަހަރު ތާރީޚް ހެދި، އިންސާނުން ނެތް ޗަންގީ މިޝަންތަކާއެކު ހަނދު ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

އިންސާނުން ނެތި ކުރިއަށް ގެންދާ މިޝަން ކަމަށްވާ ޗަންގޭ-6 މި އަހަރުގެ ފަހުކޮޅު ލޯންޗްކޮށް ހަނދުގެ ދުރު ފަރާތުން ނެގި ފުރަތަމަ ސާމްޕަލްތައް އަނބުރާ ގެންނާނެ ކަމަށް ބެލެވެ އެވެ. އަދި ކުރިއަށް އޮތް މިޝަންތަކުން ހަނދުގެ އިތުރު އަމާޒަކަށް ޑޭޓާ އެއްކުރާނެ ކަމަށް ޗައިނާއިން އުންމީދު ކުރެއެވެ- 2040 ވަނަ އަހަރުގެ ނިޔަލަށް ހަނދުގެ ދެކުނު ޕޯލްގައި ދާއިމީ އިންޓަނޭޝަނަލް ރިސާޗް ސްޓޭޝަނެއް އެޅުމެވެ.

ޓެގްސް: ޗައިނާ ޖައްވީ ހޯދުންތައް ހަނދަށް ދިއުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.