ރައީސް ބިލްގައި ސޮއިކުރައްވަނީ، އިންތިޚާބު މިހާރު އޮންނާނީ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު

ހަބަރު

ބަންޑާރަނައިބުގެ ލަފަޔާއިއެކު ރައީސް އިންތިޚާބީ ބިލް ތަސްދީގުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 މާރޗް 2024 , ހުކުރު 14:31   360

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިގުޅޭ ބިލް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް އަށް ފޮނުއްވުމުން، ބަންޑާރަނައިބުގެ ލަފަޔާއިއެކު ރައީސް އިންތިޚާބީ ބިލް ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފިއެވެ.

ރައީސް ތަސްދީގުކުރެއްވި ބިލްގައިވާގޮތުން، އިންތިޚާބު ބާއްވާނީ، ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.

މި ނިންމެވުމާއިއެކު ދެން އެ އިންތިޚާބު ކުރިން ބާއްވަން އިލެކްޝަނުން ކަނޑައެޅުއްވި ތާރީޚް ކަމުގައިވާ މާޗްމަހުގެ 17ގައި ނުބާއްނެއެވެ.

އަދި މި ބަދަލާއިއެކު އިލެކްޝަންސް ކަމިޝަނުން މިހާރު ވަނީ އިންތިޚާބު ދެން ބާއްވާނެ ތާރީޚެއްގެ ގޮތުގައި އޭޕްރިލް މަހުގެ 21 ވަނަ ދުވަސް ކަނޑައަޅާފައެވެ. މިއީ އެންމެ އަވަސްކޮށް އިންތިޚާބު ބޭއްވޭ ތާރީޚެވެ.

ރައީސް މުޢިއްޒު ފުރަތަމަ ބިލް އަނބުރާ ފޮނުވާލެއްވީ، ބިލް ޤާނޫނު އަސާސީ އާއި ފުށުއަރާކަމަށް ފާހަގަކުރެއްވުމަށްފަހުއެވެ. ނަމަވެސް، މަޖިލީހަށް ލިބިގެންވާ އިޚްތިޔާރާއިއެކު ދެވަނަ ފަހަރަށް ބިލް ފާސްކުރުމުން، ދެން ބިލް ތަސްދީގުކުރުމުގައި ލަސް ކުރުމުގެ އިޚްތިޔާރު ރައީސް އަށް ލިބިގެން ނުވެއެވެ. އަދި ރަޢީސް މުޢިއްޒު ވަނީ މިކަމުގައި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބިލް އެންމެ ފަހުން ތަސްދީގުކުރެއްވީ ބަންޑާރަ ނައިބުގެ ލާފަޔާއިއެކުކަމަށް ރައީސް އޮފީހުން މަޢްލޫމާތު ދެއްވައެވެ.

މިލިޔުމާއިގުޅޭ

އިންތިޚާބަށް 18 ދުވަސް، ބިލް ތަސްދީދުކުރުމަށް ޤާނޫނުގައި ވަކި މުއްދަތެއް ނެތްނަމަވެސް ތަސްދީދުކުރުން ލާޒިމްކުރޭ

ޓެގްސް: މަޖިލީސް އިންތިޚާބު ޑރ. މުއިއްޒު ޤާނޫނަށް ބަދަލުގެނައުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.