އިންޑިއާ ސިފައިން އައްޑޫގައި ޙަރަކާތްތެރިވާ މަންޒަރު

ހަބަރު

ސ.ފޭދޫގައި އެކަނިވެސް 200 އިންޑިއާ ސިފައިން އެބަތިބިކަމަށް ރ.ޔާމީން ވިދާޅުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 މާރޗް 2024 , ހޮނިހިރު 10:41   855

އައްޑޫސިޓީ ފޭދޫގައި އެކަނިވެސް 200 އިންޑިއާ ސިފައިން އެބަތިބިކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ނިމިދިޔަ ސަރުކާރާއި މިސަރުކާރުން ދައްކާވާހަކަތަކާއި ތަފާތެއްނެތް ކަމަށާއި، ޢަމަލުތައް ހުރީ ދާދި އެއްގޮތަކަށް ކަމަށެވެ.

އަދި ސަރުކާރުން އެއްބަސް ނުވިނަމަވެސް އެކި ނަންނަމުގައި ތިބި 200 އަށްވުރެ ގިނަ އިންޑިއާ ސިފައިން އައްޑޫގައި އެކަނިވެސް އެބަތިބި ކަމަށާއި، 87 ސިފައިންކަމަށް ދައްކާ ވާހަކަތަކަކީ ޙާޤީގަތާއި ޚިލާފު ވާހަކައެއް ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެސް ތަކުރާރު ކުރަނީ ނިމިދިޔަ ސަރުކާރުގެ ޢަދަދުތައް ކަމަށާއި، އެއީ ރަނގަޅު ޢަދަދެއް ނޫންކަމަށެވެ. ހަމައެހެންމެ މިސަރުކާރުން ޙަޤީޤީ ޢަދަދު ޢާއްމުކުރަން ބޭނުންނުވާކަމަށެވެ.

"ހައްދުން މަތީގައި އެބަތިބި އިންޑިއާ ސިފައިން. ދެން ކިހިނެއް ވެގެންތޯ މި 87ގައި އަޅައިގަނެގެން ނުނެއްޓި މި އުޅެނީ." ޔާމީން ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވަނީ މެއި 10ގެ ކުރިން އިންޑިއާ ހުރިހާ ސިފައިން ބާލާނެކަމަށް ބުނެފައެވެ. އެއީ މިސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ވެސް ހިމެނޭކަމެކެވެ. އަދި މިކަމަށްޓަކައި އައްޑޫއަށް އިންޑިއާގެ މަނަވަރެއް އިތުރު މީހުންނާއިއެކު ބަނދަރުކޮށްފައިވެއެވެ.

އިންޑިއާ އާއިއެކު ދެކެވުނު ވާހަކަތަކަށްފަހު ސަރުކާރުން އެއްބަސްވީ ޔުނިފޯމް ނާޅާ މީހުން ބަދަލުގައި ގެނައުމަށެވެ. އިދިކޮޅު އެމްޑީޕީ އިން ތުހުމަތު ކުރާގޮތުގައި ޔުނިފޯމް ނާޅައި އަންނަނީ ވެސް އިންޑިއާ ސިފައިންނެވެ.

މިލިޔުމާއިގުޅޭ:

ބްރޭކިންގ ނިއުސް : އިންޑިއާ ސިފައިން އައްޑޫގައި ޙަރަކާތްތެރިވާކަން ކަށަވަރުކުރެވިއްޖެ

ޓެގްސް: އިންޑިއާ-ރާއްޖެ ގުޅުން އިންޑިއާ ސިފައިން ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.