ޕީއެންއެފް އިން 3060 ފޯމު އިލެކްޝަންސް އާއި ޙަވާލުކުރަނީ، ފޯމްތައް ރަނގަޅުކުރަން 3 މަސް، އާފޯމެއް މިމުއްދަތުގައި ނުހުށަހެޅޭނe

ހަބަރު

ޔާމީންގެ އާ ސިޔާސީޕާޓީ އުފައްދަން ބޭނުންވާ 3،000 މީހުން ހަމަނުވެ ރަޖިސްޓްރީކުރުން މަޑުޖެހިފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 މާރޗް 2024 , ބުރާސްފަތި 10:49   632

ކުރީގެ ރައީސް ޔާމީން އިސްވެހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ އާ ސިޔާސީޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ބޭނުންވާ 3،000 މީހުންގެ ފޯމު ހަމަނުވެ، ޕާޓީ ރަޖިސްޓްރީކޮށްދިނުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޑުޖައްސައިފިއެވެ.

ރައީސް ޔާމީންގެ ހަމައެކަނި ދަރިކަލުން ޒެއިން ޢަބްދުއްﷲ ޔާމީން ގެ ނަމުގައި ޕީއެންއެފް އުފައްދަން އީސީ އިން ހުއްދަދެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މީހުން ސޮއިކޮށްފައިވާ ފޯމު އީސީއަށް ހުށަހަޅަަން ލިބޭ 3 މަސްދުވަހުގެ މުހުލަތު، މިދިޔަ ފެބްރުއަރީމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ޕީއެންއެފް އިން މީގެކުރިން ބުނެފައިވަނީ، އިލެކްޝަނަށް ފޯމުތައް ހުށަނާޅައި މަޑުޖައްސަނީ ގިނަ ޢަދަދެއްގެ ބަޔަކު ފޯމު ފުރަން އެދޭތީކަމަށެވެ. ނަމަވެސް، މުހުލަތު ހަމަވެގެން ފޯމުތައް ހުށަހެޅިއިރު ހުށަހަޅާފައިވަނީ ފުރަތަމަ 3،060 ފޯމަކާއި އޭގެފަހުން 310 ފޯމަކާއިއެކު ޖުމްލަ 3370 ފޯމެވެ.

އީސީ މިފޯމްތަކުގެ ސައްޙަކަން ޗެކްކުރިއިރު އޭގެތެރެއިން ސައްޙަކަމަށް ބަލާފައިވަނީ އެންމެ 1976 ފޯމެވެ. އަދި 88 ފޯމެއް ބާޠިލްކޮށްލާފައިވާއިރު، ބާކީހުރިފޯމްތަކުގެ މަޢްލޫމާތު ފުރިހަމަ ނުވާތީ އާއި މަޢްލޫމާތުތަކުގައި ފުށުއެރުންތައް ހުރުމާއިއެކު ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން އިލެކްޝަންސް ކަމިޝަނުން ބުނެފައިވަނީ، ފޯމްތައް ރަނގަޅުކުރުމަށްފަހު އަނބުރާ ހުށަހެޅުމަށް އެޕާޓީއަށް 3 މަސްދުވަހުގެ މުއްދަތެއްލިބޭކަމަށެވެ. ނަމަވެސް، އިތުރު އާ ފޯމްތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށެވެ. އެހެންކަމުން މިވަޤުތަށް ޕީއެންއެފް ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

ޕީއެންއެފް އަށް އީސީ އިން އަނބުރާ ފޮނުވާލި 1306 ފޯމުގެ ތެރެއިން މަދުވެގެން 1024 ފޯމް ސައްޙަކުރުމަށްފަހު، މޭއި މަސް ނިމުމުގެ ނުރިން އަލުން ހުށަހެޅުމަށް އެޕާޓީއަށް މަޖުބޫރުވާނެއެވެ.

ސިޔާސީ ގިނަ ފަރާތްތަކުން ދެކޭގޮތުގައި މިކަން ޙާޞިލްކުރުމަކީ ޕީއެންއެންއެފް އަށް ފަސޭހަކަމަށްނުވާނެއެވެ.

މިލިޔުމާއިގުޅޭ:

ޕީއެންއެފް އުފައްދަން 3،000 ފޯމް ހުށަހަޅައިފި

ޓެގްސް: ޕީއެންއެފް އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.