އައްޑޫސިޓީ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުން، ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުން މި ބައްދަލުވުމުގައި....

ހަބަރު

ކުޅިވަރާއިބެހޭ ވުޒާރާ އަށް އެއްބާރުލުން ނުދޭން އައްޑޫސިޓީ ކައުންސިލުން ނިންމައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 1 އޭޕުރިލް 2024 , ހޯމަ 16:30   969

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ޒުވާނުންގެ މަރުކަޒުތައް (ޔޫތް ސެންޓަރުތައް) އަނބުރާ ކުޅިވަރާއިބެހޭ ވުޒާރާ އާއި ޙަވާލުކުރުމަށް ކައުންސިލްތަކަށް އަންގައި، މިނިސްޓްރީ އިން ނެރެފައިވާ ސާކިއުލާ އަކީ ޢައިރު ޤާނޫނީ ސާކިއުލާއެއްކަމަށް ކަނޑައަޅައި، އެއްބާރުލުން ނުދޭން ނިންމައިފި އައްޑޫސިޓީކައުންސިލުން ނިންމައިފިއެވެ.

މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ މޭޔަރ ޢަލީ ނިޒާރުއެވެ.

މައްސަލަ ހުށަހަޅުއްވަމުން ނިޒާރު ވިދާޅުވީ މިނިސްޓްރީގެ އެންގުމަކީ ޤާނޫނު އަސާސީގެ 64 ވަނަ މާއްދާއާއި ފުށުއަރާ އެންގުމެއްކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ކުޅިވަރާއިބެހޭ ވުޒާރާއަށް ލިޔުމުން އަންގަން ބޭނުންފުޅުވާކަމަށެވެ.

މި ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވާ 3 ކައުންސިލަރުން ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ވެސް ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރައްވައި، މޭޔަރުގެ ހުށަހެޅުއްވުމަށް ތާޢީދުކުރައްވާފައިވެއެވެ.

ކައުންސިލަށް ނުބެލެހެއްޓޭތީ އޭބުނެ މި ގޮތަށް މިކަންކުރަން ނުޖެހޭ. ބަޖެޓް ނުދިނުމަކީ ކައުންސިލްގެ ކުށެއް ނޫން... އަޅުގަނޑުމެން ބަހާއި ޢަމަލުން މި ސަރުކާރަށް އެއްބާރުލުން ދެމުން ގެންދަނިކޮށް މިކަން މިގޮތަށް ކޮށްފައި މިއޮތީ... ކައުންސިލް ބަދުނާމު ވާގޮތަށް.

~ މޭޔަރ ޢަލީ ނިޒާރު

މޭޔަރ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން އައްޑޫއަށް ވަޑައިގަންނަވަނީ ދަންވަރު ވަޤުތުތަކުގައި ނަމަވެސް، އެބޭފުޅުން ރިސީވްކުރުމުގައި ވަރުބަލިކަމެއް ނެތި ޙަރަކާތްތެރި ވެވޭތޯ ބައްލަވާކަމަށެވެ.

ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުންކަމުގައިވާ އާމިނަތު ސަލްމާ، އާމިނަތު ސާލިހާ، އަދި މުޙައްމަދު ފައިސަލް އެއްވެސް ޚިޔާލެއް ހުށަހަޅުއްވާފައިނުވާއިރު ވޯޓުގައި ވެސް ބައިވެރިވެވަޑައިނުގަނެއެވެ. ބައްދަލުވުމުގައި ބައިވެރިވި 12 މެމްބަރުންގެ ތެރެއިން 9 މެމްބަރުންގެ ވޯޓާއިއެކު އިއްތިފާގުން ފާސްކޮށްފައިވަނީ މޭޔަރު ހުށަހެޅުއްވިގޮތަށް ފާސްކުރުމަށެވެ.

އިތުރު ހުށަހެޅުއްވުމެއްގެ ގޮތުގައި، ރަސްގެދަރު ދާއިރާގެ ކައުންސިލަރ ހުސެން ޒަރީރު ހުށަހެޅުއްވީ މިނިސްޓްރީން އިން ބަޔާންކޮށްފައިވާ ހުރިހާތަނެއްގެ ރަޖިސްޓްރީ ވަޤުތުން ވަޤުތަށް ކައުންސިލްގެ ނަމަށް ބަދަލުކުރުމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް ވޯޓަށް އަހާފައި ނުވެއެވެ.

ބައްދަލުވުމުގައި ގިނަ ކައުންސިލަރުން ވިދާޅުވީ ސަރުކާރަށް ސަނާކިޔާ، ފާޑު ނުކިޔަން މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް މިހާރު އިޙްސާސްވަމުންދަނީ ކުރިން ވާހަކަދެއްކި ގޮތާއި އިދިކީލަކޮށް ކަންކަން ކުރަމުންދާކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ސަސްޕެންޑް ކުރިޔަސް ފަރުވާލެއް ނެތްކަމަށާއި، މިމައްސަލަ ރައްޔިތުންގެ މަޖިލީހާއި، ސިޓީސް މިނިސްޓްރީ އާއި އެލްޖީއޭގެ ސަމާލުކަމަށް ވެސް ގެންނަވާނެކަމަށެވެ.

ސަރުކާރުގެ ވިސްނުން

ސަރުކާރުން، ކުޅިވަރާއިބެހޭ ވުޒާރާއިން ބުނެފައިވަނީ ކައުންސިލްތަކުން މި ތަންތަން އަނބުރާ ގެންދަވަން ނިންމެވީ އެކަމަކީ ވުޒާރާގެ މެންޑޭޓްތެރޭގައި ހިމެނޭ [މައިގަނޑު މަސައްކަތެއްގެ އޮތުގައި އޮތް] ކަމަކަށް ވާތީކަމަށާއި، އެތަން ކައުންސިލްތަކަށް ނުބެލެހެއްޓި ވީރާނާ ވަމުންދާތީކަމަށެވެ.

އެ ތަންތަނަކީ ވުޒާރާ ޚަރަދުކޮށްގެން ޢިމާރާތްކޮށް، ވުޒާރާގެ ދަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަންތަނެވެ. އެތަންތަން ބެލެހެއްޓުމަށާއި ޒުވާނުންނާއި ގުޅޭކަންކަން ޕްރޮމޯޓްކުރުމަށް ބަޖެޓްގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަކަމަށް މިނިސްޓްރީ އިން މަޢްލުމާތު ދެއްވާފައިވެއެވެ.

ކައުންސިލްތަކާއި ނިމިދިޔަ ސަރުކާރުން އެތަންތަން ޙަވާލުކޮށްފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ރިޢާޔަތްކޮށް ހަމަ ސާކިއުލާރއަކުން ކައުންސިލްތަކަށް އަންގައިގެންނެވެ. އެމްޑީޕީ ސަރުކާރުން ބޭނުންވީ ކައުންސިލްތަކުގެ ބަޖެޓްގެ ތެރެއިން އެތަންތަން ބެލެހެއްޓުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެތަންތަނުގެ ބެލެނިވެރި ފަރާތަކީ އޭރުވެސް އަދި މިހާރުވެސް ވުޒާރާއެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކުރީގެ ޔޫތް މިނިސްޓްރީ އާއި ކުޅިވަރުތައް އެއްތަނެއްގައި އޮތްއޮތުން ބަދަލުކުރައްވައި ދެއިދާރާގެ މަސައްކަތުގެ ގޮތުގައި ހަމަޖައްސަވާފައެވެ. ކުޅިވަރާއި ބެހޭވަޒީރު ވަނީ ދާދިފަހުން އައްޑޫސިޓީއަށް ވެސް ވަޑައިގެންފައެވެ. އަދި އެ މިނިސްޓްރީގެ އިސް މުވައްޒަފުންގެ ގޮތުގައި ޙަރަކާތްތެރިވާނެ މުވައްޒަފުން ކަނޑައަޅުއްވާފައެވެ.

ވަޒީރާއި ޙަވާލާދީ މިނިސްޓްރީ އިން ބުނެފައިވަނީ މި ސަރުކާރުން ޒުވާނުންގެ ކަންކަމަށް ޚާއްޞަ ސާމާލުކަމެއް ދެއްވާކަމަށާއި، ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އެ ވުޒާރާއި އިސްދައުރެއް އަދާކުރައްވަން ރައީސް މުޢިއްޒު ބޭނުންފުޅުވާކަމަށެވެ.

އެހެން ސިޓީ ކައުންސިލްތަކުގެ ވިސްނުން

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ތިނަދޫ ސިޓީކައުންސިލްގެ މޭޔަރ ސަޢުދު ޢަލީ އާއި ފުވައްމުލަކު ސިޓީކައުންސިލުން ވެސް ވިދާޅުވީ މިކަމުގައި ސަރުކާރަށް އެއްބާލުން ދެއްވަން ބޭނުންނުވާކަމަށެވެ.

މިލިޔުމާއިގުޅޭ:

ނުބެލެހެއްޓި ވީރާނާވާތީ، ޔޫތްސެންޓަރުތައް މިނިސްޓްރީގެ ބެލުމުގެދަށަށް ގެންދަނީ

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ސަޢުދު ޢަލީ ލޯކައުންސިލްތައް ކުޅިވަރާއިބެހޭ ވުޒާރާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.