ރައީސް ޔާމީން ގެއަށް ބަދަލުކުރެވުނު ފަހުން، ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިޢްނާފްގެ މައްސަލަ ކުރިއަށް ނުދާތީ...

ހަބަރު

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ މަޖިލީހުން ޖޭއެސްސީ ހުށަހެޅުަމަށް ތައްޔާރުވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 އޭޕުރިލް 2024 , ހޮނިހިރު 09:23   435

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ އެމްޑީޕީއިން ޖުޑިޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޖެއެސްސީ އަކީ ކޯޓުތަކާއި ފަނޑިޔާރުންގެ ކަންކަމާއިގުޅޭ ބެލެނިވެރި ފަރާތެވެ.

އަސްލަމް ތުހުމަތުކުރައްވާގޮތުގައި، ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވައި ދިގުލައިގެންދަނީ ސަރުކާރުން ޝަރިޢަތަށް އަތްބާނައި ނުފޫޒުފޯރުވާތީއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީގައި، ރައީސް ސޯލިޙްވެސް ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ" އަސްލަމް ވިދާޅުވިއެވެ.

އިތުރަށް އަސްލަމް ވިދާޅުވީ ވަކި ވެރިއަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭކަމަށެވެ. އަދި ކުރީގެ ރައީސުންނަށް ދޭންޖެހޭ ފުރިހަމަ އިޙްތިރާމާއި ޤަދަރު ދޭންޖެހޭނެކަމަށެވެ.

އަސްލަމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރައްވާ ޕީއެންއެފް ޕާޓީގެ އިފްތިތާޙީ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅުއްވައި ޖަލްސާ ހުއްޓުވާފައިވެއެެވެ.

މައްސަލަ އޮތީ ހައިކޯޓުގައި

ރައީސް ޔާމީންގެ ޚިޔާނާތާއި ރިޝްވަތުގެ ޙުކުމް ހައިކޯޓުގައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ކުރިންވެސް މައްސަލަ އޮތީ އެގޮތުގައެވެ.

އޭރު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް މުޢިއްޒ ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނާއި މެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. ސަރުކާރުގެ އެއްވެސް މަޤާމެއްގައި ރައީސް ޔާމީނުގެ ރުހުން އޮތް ފަރާތެއް ހިމަނާފައިނުވާއިރު، އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތައް ވަނީ ވަރަށް ބޮޑަށް އެކަހެރިކޮށްފައެވެ. ހަމައެހެންމެ، ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައި، ސަރުކާރަށް ސީދާގޮތެއްގައި ފާޑުކިޔުއްވަން ފެއްޓެވިއެވެ.

ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ އިސްތިޢުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މައްސަލަ އޮތީ ޙުކުމް އިއްވުމުގެ މަރުޙަލާގައެވެ. މައްސަލައިގައި ގޮތެއް ހައިކޯޓުން ނިންމާގޮތެއްގެ މަތިން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ރައީސް ޔާމީން އަށް ވެސް ސަރުކާރަށް ވެސް އޮންނާނެއެވެ. މައްސަލައިގައި ނިހާއީ ޙުކުމެއް އިއްވޭނީ ސުޕްރީމް ކޯޓަށެވެ.

ޓެގްސް: ކޯޓުތައް ރައީސް ޔާމީން އެމްޕީ އަސްލަމް ރައްޔިތުންގެ މަޖިލިސް ހައިކޯޓް ކޮރަޕްޝަން އެމްއެމްޕީއާރުސީ ކަރަޕްޝަން ޖޭއެސްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.