ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ

ހަބަރު

އައްޑޫސިޓީ، ހުޅުމީދޫ އިން 32 ހެކްޓަރުގެ ބިން ހިއްކުމަށް 180 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި މަސައްކަތް ޙަވާލުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 އޭޕުރިލް 2024 , އާދީއްތަ 09:49 1   432

އައްޑޫސިޓީ، ހުޅުމީދޫގައި 32 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހައުސިންގ މިނިސްޓްރީ އިން މަޢްލޫމާތު ދެއްވައިފިއެވެ.

އައްޑޫގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަކީ އިދާރީގޮތުން ދެ ރަށް ނަމަވެސް ޤުދްރަތީގޮތުން އެއްރަށެކެވެ. އެރަށުގެ ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުދޫއިން 11.7 ހެކްޓަރު އަދި މީދޫ އިން 20.6 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާޜުން ޙަވާލުކުރައްވާފައިވަނީ 180 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާއި އެވެ. އެއީ ހެކްޓަރަކަށް އެވްރެޖްކޮށް 5.63 މިލިއަން ރުފިޔާގެ މަގުންނެވެ.

މަސައްކަތަށް ހޭދަވާނެ ދުވަސް ހާމަކޮށްފައިނުވެއެވެ.

ޓެގްސް: ބިން ހިއްކުން އައްޑޫ ހުޅުމީދޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.