ކޭބަލް ކާރެއް ހޮޅިދަނޑިއެއްގައި ޖެހުމަށްފަހު، އެތައްބަޔަކު އަނިވެ ތާށިވެފައި ތިބެން ޖެހުނު

ހަބަރު

ތުރުކީގައި ކޭބަލްކާރު އެކްސިޑެންޓްގައި އެކަކު މަރުވެ 10 މީހަކަށް އެކވިަރުގެ އަނިޔާ، ކާރުތައް ވައިގެތެރޭގައި ތާށިވެފައި ތިބެންޖެހުނު

އަލީ އަޒްޔަން - ޔޫރަޕް | 14 އޭޕުރިލް 2024 , އާދީއްތަ 10:03   414

ތުރުކީގެ ދެކުނުގެ އަންޓަލިއާ ޕްރޮވިންސްގައި ހުކުރު ދުވަހު ކޭބަލް ކާރެއްގެ ކެބިންއެއް ފަޅައިގެން ގޮސް ދަނޑިއެއް ޖެހިގެން އެކަކު މަރުވެ 10 މީހަކު ޒަހަމްވެފައިވާ ކަމަށް އެޤައުމުގެ އިންޓީރިއާ މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފި އެވެ.

އެކްސިޑެންޓަށްފަހު ވައިގެ ތެރޭގައި ތާށިވެފައި ވަނީ 24 ކެބިން [ކާރު] އެވެ. އޭގެ 16 ގަޑިއިރު ފަހުން ވެސް ވައިގެ ތެރޭގައި ބާކީ ހުރި ނުވަ ކެބިންގައި 60 އަށް ވުރެ ގިނަ މީހުން ތާށިވެފައި ތިބި ކަމަށް މިނިސްޓްރީން ބުންޏެވެ. ސަތޭކަ ބާރަ މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ސަލާމަތް ކުރަން އިންތިޒާރު ކުރަމުން ދިޔަ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވަތަ ސިއްހީ ހާލަތު ދަށް ނޫން ކަމަށް ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ ޗެއާމަން އޯކޭ މެމިސް ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތް ހެލިކޮޕްޓަރާއި 500 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޓީރިއާ މިނިސްޓްރީން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ސޭފްޓީ ރޯޕުތަކުގައި ބަނދެފައި ތިބި ރެސްކިއު މުވައްޒަފުން ކެބިންތަކަށް އަރާ މަންޒަރު ފެނެ އެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޭބަލް ކާރުގައި ކޮންމެ ކެބިނެއްގައި ހަ މީހުންގެ ޖާގައިގެ 36 ކެބިން ހުންނައިރު، އެންޓަލިއާ ސިޓީގެ ޕެނޮރަމިކް މަންޒަރުތައް ފެންނަ ޓޫނެކްޓެޕޭ ފެސިލިޓީއަށް ދިއުމަށް އެވްރެޖްކޮށް ނުވަ މިނެޓް ނަގަ އެވެ.

ޓެގްސް: ތުރުކީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.