އިއްޔެ ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ހަބަރު

އައްޑޫސިޓީ، 282 މިލިއަނަށް ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 އޭޕުރިލް 2024 , އާދީއްތަ 10:57   408

އައްޑޫސިޓީ، ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީ އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކުންފުންޏާއި އެކު ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ހަވީރު އައްޑޫ ހައިސްކޫލްގައި ބޭއްވުނު ޚާއްސަ ރަސްމިޔާތެއްގައެވެ.

މިމަސައްކަތުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ޖުމްލަ 282 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭ މިމަޝްރޫއު އާއިއެކު އާ އާރުއޯ ޕްލާންޓަކާއި ފެން ރައްކާކުރާ އިތުރު ތާނގީތަކާއި ސޯލާ ޕެނެލްތައް ހަރުކުރެވޭނެކަމަށް މިނިސްޓްރީ އިން މަޢްލޫމާތު ދެއްވައެވެ.

މަސައްކަތް އެއް އަހަރުތެރޭ ފުރުހަމަކޮށް ނިންމަން ޖެހެއެވެ.

ޓެގްސް: އައްޑޫ ތަރައްޤީގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.