ރައީސް ސޯލިޙް، ބިލް ތަސްދީދުނުކުރައްވައި ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވޭ

ހަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުގައި އޮންނަން ސަރުކާރުން ބޭނުން ނުވޭ - ރައީސް ސޯލިޙް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޭޕުރިލް 2024 , ހޯމަ 09:41   374

ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް އޮންނަށް ސަރުކާރުން ބޭނުން ނުވާކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އަދި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް (އެންޓި ޑިފެކްޝަން) ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ފޮނުވާފައިވާއިރު، އެބިލް މިހާތަނަށް ތަސްދީދުކުރައްވާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. މަޖިލީހުން ފާސްކުރާ ބިލްތައް ޤާނޫނަކަށް ބަދަލުވަނީ ރައީސުލްޖޫމްހޫރިއްޔާ އެބިލެއް ތަސްދީދުކުރައްވައި ގެޒެޓްކުރުމުންނެވެ.

ބިލެއް ތަސްދީދުކުރެއްވުމަށް ރައީސް އަށް އިޚްތިޔާރީ 15 ދުވަސް ލިބިވަޑައިގަނެއެވެ. އެ 15 ދުވަސް ތެރޭގައި އަނބުރާ މަޖިލީހަށް ބިލް ފޮނުއްވުމުގެ އިޚްތިޔާރު ވެސް ލިބިވަޑައިގަނެއެވެ. ނަމަވެސް ދެވަނަ ފަހަރަށް އެބިލެއް މަޖިލީހުން ފާސްކޮށްފިނަމަ އޮޓެމެޓިކުން [ރައީސްގެ ތަސްދީދުކުރެއްވުމުކާއި ނުލައި] ޤާނޫނަކަށް ބަދަލުވެގެންދެއެވެ.

މި ބިލަށް ސަރުކާރުން އެއްވެސް ގޮތަކުން ތާޢީދުކުރައްވާފައި ނުވާއިރު، އެމްޑީޕީގެ 13 މެމްބަރަކު ވަނީ ކުއްލިގޮތަކަށް ޕާޓީދޫކުރައްވައި ސަރުކާރާއި ގުޅިވަޑައިގެންފައެވެ.

އެމްޑީޕީ އިން ތުހުމަތު ކުރާގޮތުގައި ކުރިއަށް އޮތް ދައުރުގައި ވެސް ސަރުކާރުން އިތުރު ގޮނޑިތައް ސަރުކާރުކޮޅަށް ގެންދެވުމަށް ވަނީ ޕްލޭންކުރެވިފައެވެ.

ރަޢީސް މުޢިއްޒު ބިލް ތަސްދީދު ނުކުރައްވައި ލަސްކުރައްވައިފިނަމަ އެމްޑީޕީ އެދޭގޮތަށް މިދައުރު ތެރެއިން އެންޓި ޑިފެކްޝަން ބިލް ފާސްވުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ.

ޓެގްސް: އެމްޑީޕީ ޤާނޫނަށް ބަދަލުގެނައުން މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.