ރާއްޖޭގެ ހޮސްޕިޓަލެއްގައި ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް ގޮސް

ހަބަރު

އޭއީއެޗް ބޮޑުކުރުމަށް 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުއެއްގައި ސަރުކާރުން މިހަފްތާގައި ސޮއިކުރަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 އޭޕުރިލް 2024 , ހޯމަ 10:20   859

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ބޮޑުކުރުމަށް 1.2 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު) ގެ މަޝްރޫޢުއެއްގައި ސަރުކާރުން މިހަފްތާގައި ސޮއިކުރަނެކަމަށް އެކްޕްރެސް ނިއުސްއަށް މަޢްލޫމާތު ލިބިއްޖެއެވެ.

މި މަޝްރޫޢުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރާ 5.5 ބިލިއަން ރުފިޔާ (370 މިލިއަން ޑޮލަރު) ގެ އަގުހުރި ހޮސްޕިޓާ އެޅުގެ މަޝްރޫޢުތަކުގެތެރެއިންނެވެ. އަދި މަސައްކަތް ޙަވާލުކުރުމަށް ސަރުކާރުން ވާހަކަދައްކަމުން އަންނަނީ ޗައިނާގެ ކުންފުންޏަކާއިއެކުގައެވެ. އޭގެ ފަހުން އެކުންފުނިން އިންވެސްޓްކުރުމަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރާ ގޮތަށެވެ.

ހުޅުމާލޭގައި މަދާ އެންޑު ޗައިޑް ހޮސްޕިޓަލެއް އެޅުމަށް 2.3 ބިލިއަން ރުފިޔާ ހަމަޖައްސަވާފައިވާއިރު. ނިލަންދޫ އާއި ލ. ފޮނުދޫގައި ވެސް ސަރުކާރުން ދެ ހޮސްޕިޓަލެއް އެޅުމަށް 2 ބިލިއަން ރުފިޔާ ހޯދުމަށް އެދިފައިވެއެވެ. ނިލަންދޫ އަކީ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، ފާތުމަތު ސައުދާ ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. އަދި ފޮނަދޫ އަކީ ރައީސް މުއިއްޒުގެ އެންމެ އިސް ވަޒީރު، އަބްދުއްރަހީމް އަބްދުﷲ ކުރިމަތިލައްވާފައިވާރަށެވެ.

މީގެ ތެރެއިން ހުޅުމާލޭގައި އަޅާ ހޮސްޕިޓަލަކީ 30 ޕްރައިވެޓް ބެޑް އާއިއެކު ޖުމްލަ 130 އެނދު ހިމެނޭ ހޮސްޕިޓަލެއް ކަމަށް ވެސް މަޢްލޫމާތުލިބެއެވެ.

ނިލަންދޫގައި ހޮސްިޓަލެއްގެ އިތުރުން އެއަރޕޯޓެއްގެ އިތުރުން އެއަޕޯޓެއް ވެސް ޤާއިމުކޮށްދެއްވާނެކަމަށް ސަރުކާރުން ބުނެއެވެ.

އައްޑޫގައި ހަދާފައިވާ އޭއީއެޗް ހޮސްޕިޓަލަކީ ޓާޝަރީ ޚިދުމަތް ދިނުމަށް ޓާގެޓްކުރެވިގެން ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެއްޓެވި މަޝްރޫޢުއެކެވެ. މިއަދާއި ހަަމައަށް އައިއިރު، ގިނަ ވަޞީލަތްތަކެއް ޤާއިމުކުރެވިފައި ވީނަމަވެސް އެކަށީގެންވާ ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމާއި ބޭނުންވާ ޚިދުމަތްތައް ނުލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

އެ ހޮސްޕިޓަލިގައި ސީޓީ ސްކޭން އާއި އެމްއާރުއައި ވެސް ހެދެއެވެ. އަދި ދާދިފަހުން ވަނީ ކެތްލެބެއް ވެސް ޤާއިމުކޮށްފައެވެ. ނަމަވެސް ޚިދުމަތް ފެށިފައިނުވެއެވެ.

ނިމިދިޔަ ސަރުކާރުން ވެސް ވަނީ އެހޮސްޕިޓަލުގެ އާ ޢިމާރާތެއް އެޅުމުގެ ޕްލޭންތަކެއް ޙިއްސާކުރައްވާފައެވެ. ޖާގައިގެ ދަތިކަން އޮތްކަމަށް ބުނެ އެ ހޮސްޕިޓަލުން ވަނީ ޕްރައިވެޓް އެނދުތަކުގެ ޚިދުމަތްދިނުން ވެސް ހުއްޓާލާފައެވެ.

ޓެގްސް: އޭއީއެޗް ސިއްޙަތު ސިއްޙީ ފަރުވާ ހޮސްޕިޓާތައް ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.