މިނިސްޓަރ ޢަލީ އިޙްސާން މެދުގައި، ޗައިނާގެ ސީއެންއީއީސީ އާއިއެކު ބިންގާއެޅުމުގެ ރަސްމިއްޔާތު ތެރެއިން، ވިދާޅުވީ...

ހަބަރު

އައްޑޫސިޓީ، 2.2 ބިލިއަން ރުފިޔާގެ ހަންކެޑެ އިންވެސްޓެންޓާއިއެކު ރައްޔިތުންނަށް ހިނިތުންވުން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 އޭޕުރިލް 2024 , އަންގާރަ 11:04   730

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ބިންގާ ރޭ ސަރުކާރުން އަޅުއްވާދެއްވާފައިވާއިރު، އައްޑޫސިޓީގެ ރައްޔިތުންނަށް ވަނީ އަނެއްކާވެސް އާ އުއްމީދެއް ގެނެސްދީ ހިނިތުންވުން ގެނެސްދީފައެވެ.

ނިމިދިޔަ ސަރުކާރުން ހަންކެޑެ ތަރައްޤީކުރުމަށް ޗައިނާގެ ކުންޏަކާއިއެކު 2023 ވަނަ އަހަރުގެ މާޗް މަސްތެރޭގައި އެއްބަސްވުންތަކެއް ހެއްދެވި ނަމަވެސް ބޭނުންވާ ފައިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފައެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުގެ ކުންފުންޏެއްކަމުގައިވާ ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެން.އީ.އީ.ސީ) އާއި ގުޅިގެން ހިންގާ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ ތެރެއިން، ތިން ފަންތިއަކަށް ބަހާލެވިގެން، އައްޑޫގެ ފަތުރުވެރިކަމަށް ބޭނުންވާ 2،083 އެނދު ނުވަތަ 1،041 ކޮޓަރި ތަރައްޤީ ކުރެވިގެންދާނެކަމަށް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން މަޢްލޫމާތު ދެއްވާފައިވެއެވެ.

ޕްރޮޖެކްޓްގައި ހިމެނޭ ބައިތައް:

  • 2 ގްރޭންޑް ހޮޓާ
  • 2 ޑިލަކްސް ހޮޓާ
  • 10 ބުޓީކް ހޮޓެލް
  • 64 ސަރވިސްޑް އެޕާރޓްމަންޓް
  • 7 ބީޗް ވިލާ

ހިމެނިގެންދާ ޚިދުމަތްތައް:

  • ނޮލެޖް ސެންޓަރުތައް
  • މިކްސް ސްޕޯޓް ބިލްޑިންގއެއް
  • އައުޓްޑޯރ ބީޗް ސްޕޯރޓްސް ސެންޓަރެއް
  • ތިއޭޓަރެއް
  • އިތުރު މުނިފޫހިފިލުވުމުގެ ޙިދުމަތްތައް
  • ފުޑް ކޯޓާއި، ރެސްޓޯރެންޓްތައް (ކުދި ވިޔަފާރިތަކުގައި އާންމު ފަރުދުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިކޮށްދެވޭގޮތަށް ވަކި ޙާއްސަ އިމާރާތްތެއް)

ޒަމާނީ ފެންވަރަށް ކުރިއަށް ގެންދެވޭ މި މަޝްރޫޢު މެދުވެރިކޮށް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންނަށާއި އަދި ޖުމްލަކޮށް މުޅިރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިންޤިލާބީ ބަދަލުތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ރޭ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ އަލްފާޟިލް އަލީ އިޙްސާނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ "ޒަމާންވީ މި ހުވަފެން ހަޤީގަތަކަށް ވެގެން ދިއުމަކީ އައްޑޫގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ނުހަނު އުފަލާއިއެކު ރައީސް ޑރ. މުޢިއްޒުއަށް ޝުކުރުވެރިވާހާލު ބަލައިގަންނަކަމެއް" ކަމަށެވެ.

މިރަސްމިއްޔާތުގައި ޗައިނާކުންފުނީގެ ފަރާތުން ވެސް ވާހަކަދައްކަވައި ޕްރޮޖެކްޓާއި ޕްރެޒެންޓޭޝަނެއް އަރުވާފައިވެއެވެ.

ކުންފުނީގެ ފަރާތުން އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ސީނިއާރ ބިޒްނެސް މެނޭޖަރ ވިދާޅުވީ، އައްޑޫސިޓީ އަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ސަރަޙައްދަށް ވެފައި ކުރެވޭނެ އިޤްތިޞޯދީކަންކަން ގިނަކަމަށެވެ. އަދި ޗައިނާ އާއި ޗައިނާގެ ކުންފުނިތަކުން އެހީތެރިކަމާއި އެއްބާރުލުން އައްޑޫ އަދި ދިވެހި ރައްޔިތުންނަށް ދިނުމަށް ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

މި މަސައްކަތް ނިންމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުއެވެ.

މި ލިޔުމާއި ގުޅޭ ވީޑިއޯ:

ލިޔުމާއިގުޅޭ ފޮޓޯތައް:

ޓެގްސް: ހަންކެޑެ ލޯކަލް ޓޫރިޒަމް އައްޑޫގެ ޓޫރިޒަމް ދެކުނުގެ ޓޫރިޒަމް ޢަލީ އިހުސާން ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.